Skip to main content
Editorial Archives

Explore News Archive

Thiladhunmathi News

ތިލަދުންމަތީ ތިން ރަށެއްގެ ފެނާއި ނަރުދަމާގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަދުންމަތީގެ ތިން ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު، ޕްލޭނިންގ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ޕްލޭނިންގ މިނިސްޓްރީސް ސޮއިކޮށްފައިވަނީ ހއ. ފިއްލަދޫ އަދި ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ހދ. ނައިވާދޫގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއެވެ. މި ރަސްމިއްޔާތުގެ ތެރެއިން މަޝްރޫއުތައް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސްއީ ކޮންސްޓް...

Report

ހިތުގެ ދުވަހާއި ގުޅިގެން މުޅި މީސް މީޑިޔާވެސް ރަތްކުލައަށް!

ރަތްކުލައިގެ ހެދުންތައް ލައިގެން ތިބި ފޮޓޯތަކުން މުޅި މީސް މީޑިޔާ ފުރާލައިފިއިފިއެވެ. “އަހަރެންގެ ހިތް، ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ވައުދުވަމާ”، މި ޝީޔާރުން މުޅި މީސް މީޑިޔާ ގުގުމާލައިފިއެވެ. އެންމެން އެކުވެ އަދު މި ރަމްޒުކޮށްދެނީ އެކައްޗެކެވެ. އާދެ! މިއަދަކީ ބައިނަލްއަޤްވާމީ ހިތުގެ ދުވަހެވެ. އާދޭހެވެ. ދިވެހި މު ކުޑަކުޑަ މުޖުތަމައުގައިވެސް މިއަދު މި ވަނީ ހިތުގެ ބަލި، އާންމު ކަމަށްކަށް ވެފައެވެ. އިހަށް ހިތުގެ ބައްޔެއް ނުވަތަ ހާޓް އެޓޭކެއްގެ ވާހަކަ އިވެނީ ދަމަކުން ބަޑިއެއް […]

ނޭކުރެންދޫގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގެންގޮސްފި
Thiladhunmathi News

ނޭކުރެންދޫގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގެންގޮސްފި

ހދ. ނޭކުރެންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އާލާތްތައް އެރަށަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން، މި ތަކެތި އެރަށަށް ގެންގޮސްފައިވާކަން ހާމަކޮށްފައިވާއިރު، މި ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިއަދު ނޭކުރެންދޫ އަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، ކުޑަކުދިންގެ ޕާކުތަކުގައި ކުދިން ކުޅުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ. މި ކުޑަކުދިންގެ ޕާކަކީ، ނޭކުރެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ރަށު މާލިއްޔަތުން ޚަރަދުކޮ...

Raajje

އައްޑޫގައި ފަތުރުވެރިކަމަށް 4000 އެނދު ތަރައްޤީކުރަން މި އަހަރު ފަށަނީ

އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް، 4000 އެނދުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި، އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ޞާދިގެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ވަހީދެވެ. މި 4000 އެނދުގެ މަސައްކަތް މި އަހަރު ފެށުމަށް ނިން...

Thiladhunmathi News

ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒަލްހާ ޒާހިރު

2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މަރިޔަމް ޒަލްހާ ޒާހިރު ހއ. ކެލާ ބަށިމާގެއެވެ. ަރިޔަމް ޒަލްހާ ޒާހިރުވަނީ 2018 ވަނަ އަހަރުގެ ސްކޫލު ކެޕްޓަން ކަން ކުރުމުގެ އިތުރުން 2016، 2017 ގައި ސްކޫލުގެ ވައިސްކެޕްޓަންކަންވެސް ކޮށްފައެވެ. މީގެ އިތުރުން މަރިޔަމް ޒަލްހާ ޒާހިރުވަނީ އަދަބީ ޙަރަކާތްތަކާއި، ކޯކަރިކިއުލާ ޙަރަކާތްތަކުގައި ވެސް އަތޮޅާއި ޤައުމީ ފެންވަރުގައިވެސް ކާމިޔާބީތަކެއް ހޯދާފައެވެ. ތަޢުލީމީ ގޮތުން އެންމެ މޮޅުދަރިވަރުގެ މަޤާމު ޙާޞިލް ކޮށްފައިވަނީ ވޭތުވެ […]

Thiladhunmathi News

ކުޅުދުއްފުށީ އެއަރޕޯޓު ނުނިމިގެން އުޅޭނީ ތިން ގެއެއް ކޯޓު މަރުހަލާގައި ހުރުމުން: އެމްޓިސީސި

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅޭނީ ތިން ގެއެއްގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުން ކަމަށް އެމްޓިސީސި އިން ބުނެފިއެވެ. އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އެމްޓީސީސީ އިން ބުނީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނީ ފެންސް ޖެހުމުގެ މަސައްކަތުގެ ތެރެއިން، ފެންސުތަށް އެ ސަރަހައްދުގައި ހުރި އާންމުންގެ ތިން ގެއަކަށް އަރާތީ އެ ގެތަކުގެ މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭތީ ކަމުގައެވެ. ފެންސް ޖެހުމާއި ގެތަށް ތަޅާލުމަކީ ދެ މަސައްކަތް އެކަތި އަނެކައްޗާ ގުޅިގެން އަންނަ ޕްރޮޖެކްޓ...

ނެއްލައިދޫ ސްކޫލުގެ ދަރިވަރުުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި
Thiladhunmathi News

ނެއްލައިދޫ ސްކޫލުގެ ދަރިވަރުުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި

ނެއްލައިދޫ ސްކޫލުގެ ދަރިވަރުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި އެވެ. ނެއްލައިދޫ ސުކޫލުގެ ގުރޭޑު3 ގެ ދަރިވަރުން، އެރަށު އިންޖީނުގެއަށް އަދި ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސްވެރިކަން ކުރާ ތަންތަނަށް ވަނީ  ޒިޔާރަތްކޮށްފައެވެ. ނެއްލައިދޫ ސުކޫލުގެ ގުރޭޑު 3 ގެ ދަރިވަރުން މިއަދު އިންޖީނުގެއަށް ޒިރާތަތްކުރީ ޕްރޮޖެކްޓް ބޭސް ލާނިންގ ރިސޯސަސް ތީމް ގެ ދަށުން އިންޖީނުގޭގައި މަސައްކަތް ކުރިޔަށް ދާގޮތް ބެލުމަށެވެ. އަދި އެ ސުކޫލުގެ ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސައްކަތް ކުރާ […]

Raajje

ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

އދ. އިން އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި މިއަދު ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މުއާހަދާތަކުގައި ރަސްމީކޮށް ރާއްޖެއިން ބައިވެރޮވެފައިވާކަން ޚާރިޖީ ވުޒާރާއިން މިއަދުވަނީ ހާމަކޮށްފައެވެ. އެގޮތުން މިއަދު ރާއްޖެއިން ރަސްމީކޮށް ބައިވެރިވެފައިވާ މުއާހަދާތަކަކީ ޔޫއެން އާމްސް ތްރޭޑް ޓްރީޓީ، ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން އަދި ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދި ޗައިލްޑް އެވެ. މި ތިން މުއާހަދާގައިވެސް ބައިވެރިވުމަށް ރައްޔިތުންގެ މަޖި...

ސާފް ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ބްރޯންޒް މެޑަލް ހޯދައިފި
Sports

ސާފް ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ބްރޯންޒް މެޑަލް ހޯދައިފި

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭގެ ފުޓްބޯޅަ ޓީމް ބޫޓާން ބަލިކޮށް މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފިއެވެ. މިއަދު ކުޅުނު މެޗްގައި ރާއްޖެ އިން ބޫޓާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗްގައި ބޫޓާން ކޮޅަށް ލަނޑު ޖެހީ ރާއްޖޭގެ އިބްރާހިމް އިމްރާން އެވެ. ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ދިވެހި ޓީމުގެ އަމާޒަކީ ސެމީ އަށް ދަތުރުކުރުން ކަމުގައި ކަމަށާއި ޖުމްލަ […]

Business

120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކޮށްފި

120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް، ލޯނަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށާއި އެދޭ ހުރިހާ ފަރާތްތަކަށް ލޯން ދޫކުރެވޭ ވަރަށް ފައިސާ […]

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލްތައް މިއަދު
Sports

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލްތައް މިއަދު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މިއަދު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވޭނެއެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޓީމު ކުޅުދުއްފުށީ އަދި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ. އަދި މިރޭ 8 ޖަހާއިރު ކުޅޭ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި ޓީމު ނޮޅިވަރަމެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައި...

Raajje

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދަނީ

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާމެދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މި މަޝްވާރަތަށް ކޮށްފައެވެ. ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓް އެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި. pic.twitter.com/YvFCSa2vJr — Ministry of Tra...

ޓޫރިޒަމް މާސްޓަރ ޕްލޭންއާ އެއްގޮތަށް އަންނަ އަހަރު މަސައްކަތް ތަރުތީބު ވެގެންދާނެ: ޓޫރިޒިމް މިނިސްޓަރު
News

ޓޫރިޒަމް މާސްޓަރ ޕްލޭންއާ އެއްގޮތަށް އަންނަ އަހަރު މަސައްކަތް ތަރުތީބު ވެގެންދާނެ: ޓޫރިޒިމް މިނިސްޓަރު

ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ މައްޗަށް އެކުލަވާލެވޭ ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި އަންނަ އަހަރު އެ މަގުން އެސިނާޢަތުގެ މަސައްކަތް ތަރުތީބު ވެގެންދާނެކަމަށް ޓޫރިޒމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިހެން ވިދާޅުވީ މިދިޔަ މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއިގުޅިގެން ނެރުނު ބަޔާނުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަކީ ތަފާތު އެކި ޖަޒީރާވަންތަ ސިފަތަކާ، ބަވަނަވަމުންދާ ދުނިޔޭގެ ރަހަތަކާއި ކު...

ހއ. ބިލެތްދޫ ތިލަ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް
Column

ހއ. ބިލެތްދޫ ތިލަ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ދަރިފުޅަށް ދެވޭނެ އެންމެބޮޑު އަނިޔާއަކީ - ރުޅިއައުން، ހަޅޭއް ލެވުން، އެއްޗިހި ކިޔުން
Report

ދަރިފުޅަށް ދެވޭނެ އެންމެބޮޑު އަނިޔާއަކީ - ރުޅިއައުން، ހަޅޭއް ލެވުން، އެއްޗިހި ކިޔުން

ތިބާގެ ދަރިފުޅަށް ދެވޭނެ އެންމެބޮޑު އެއް އަނިޔާއަކީ – ރުޅިއައުމެވެ. ހަޅޭއް ލެވުމެވެ. އެއްިޗިހި ކިޔުމެވެ. އެއީ ހާދަހާ ވޭންހުރި ހިތްދަތި އިހްސާސްތަކަކާ ދަރިފުޅު ކުރިމަތިކުރުވާ ތަޖުރިބާއެކެވެ. މައިން ބަފައިންނާއި މުދައްރިސުންގެ އެންމެބޮޑު އުންމީދަކީ އެމީހުންގެ ދަރިން އެހެންމީހުންގެ ކުރިމަތީގައި އަގުހުރި، މީހުންގެ އިހްތިރާމް ލިބިގެންވާ ބަޔަކަށް ވުމެވެ. އެކަމަށް އެކިމީހުން މަސައްކަތް ކުރަނީ އެކިގޮތަށެވެ. ބައެއް މީހުން، އެމީހުންގެ އުންމީދުތައް ހާސިލުނުވެދާނެކަމަށް، ނުވަތަ އެކަމުގެ ސަބަބުން ތިމާމެން އަ...