އެލް ކްލެސިކޯގެ ކުރިން ރެއާލްގެ ވަރުގަދަ އިންޒާރެއް، ލައިޕްޒިގް ކޮޅަށް ހަތަރު ލަނޑު
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އާރްބީ ލައިޕްޒިގް އަތުން 4-1 ގެ ބޮޑު މޮޅެއް ހޯދައި، ރެއާލް މެޑްރިޑުން މި މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ރެކޯޑް 15 ފަހަރު ހޯދާފައިވާ ރެއާލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު، މި ކާމިޔާބީއާއެކު އަންނަ އާދީއްތަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން އެ ޓީމުން ވަނީ ވަރުގަދަ މެސެޖެއް ދީފައެވެ. ކޯޗު ހޯސޭ […]