Skip to main content
Editorial Archives

Explore News Archive

ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޝަމޮންޑާ' ވައިރަސް އިންސާނަކަށް ޖެހި މަރުވެއްޖެ
News

ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޝަމޮންޑާ' ވައިރަސް އިންސާނަކަށް ޖެހި މަރުވެއްޖެ

ޖަނަވާރުންގެ މެދުގައި ފެތުރޭ ނުރައްކާތެރި ވައިރަހެއް ކަމަށްވާ “ޝަމޮންޑާ” ވައިރަސް ތާރީޚުގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުން ފެނި، އެމީހާ މަރުވެއްޖެއެވެ. މިއީ މުޅި ދުނިޔޭގައިވެސް މި ވައިރަސް އިންސާނެއްގެ ގައިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ފްރާންސްގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މި ވައިރަސް ޖެހި މަރުވެފައި ވަނީ ފްރާންސް މީހެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް...

ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައި، މުސްލިމުންގެ ދިފާއުގައި ކްލިންޓަން ވާހަކަދައްކަވައިފި
International

ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައި، މުސްލިމުންގެ ދިފާއުގައި ކްލިންޓަން ވާހަކަދައްކަވައިފި

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ތަޢައްޞުބު ކުށްވެރިކުރައްވައި، ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައިގެން މުސްލިމުންގެ ދިފާޢުގައި ވަކާލާތު ކުރައްވައިފިއެވެ. އެމެރިކާގެ ފްލޮރިޑާގައި ބޭއްވި އެކި ދީންތަކުގެ މީހުން ބައިވެރިވި އިވެންޓެއްގައި ވާހަކަދައްކަވަމުން ކްލިންޓަން ވަނީ، މީހުންގެ ދީނީ އަޤީދާގެ ސަބަބުން އެ މީހުންގެ އަގު ވައްޓާލަން މަސައްކަތްކުރާތީ އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ދީނީ މުޖުތަމަޢުތަކުގެ މެދުގައި އެކަކު...

ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
Thiladhunmathi News

ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި

ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 22 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ މަ...

ޣައްޒާގެ ވޭނީ ހާލަތު ދުނިޔެއަށް ދައްކުވައިދޭ ފަލަސްތީނުގެ ނިސްރީން ބައިނަލްއަގުވާމީ އެވޯޑެއްގެ ފައިނަލަށް
International

ޣައްޒާގެ ވޭނީ ހާލަތު ދުނިޔެއަށް ދައްކުވައިދޭ ފަލަސްތީނުގެ ނިސްރީން ބައިނަލްއަގުވާމީ އެވޯޑެއްގެ ފައިނަލަށް

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި އެ ސަރަހައްދުގެ އާންމު ދިރިއުޅުމުގެ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔެއަށް ހާމަކޮށްދިން ފަލަސްތީނުގެ ކޮންޓެންޓް ކްރިއޭޓަރު ނިސްރީން ސްކައިކް، ބައިނަލްއަގުވާމީ އެވޯޑެއްގެ ފައިނަލަށް ހޮވިއްޖެ އެވެ. ޣައްޒާއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ނިސްރީން ފައިނަލަށް ހޮވިފައިވަނީ “ޑިޖިޓަލް ކްރިއޭޓާ އެވޯޑްސް 2026” ގެ ޖޫނިއާ ކެޓަގަރީންނެވެ. މިއީ ހަނގުރާމައިގެ ސަބަބުން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިފައިވާ މާހައުލެއްގައި، ކެމެރާ ނ...

ހޯރަފުށި، ގޮއިދޫ، އޭދަފުށި އަދި ފުވައްމުލަކު ކޯޓަށް އައު މެޖިސްޓްރޭޓުން ހަމަޖައްސައިފި
Thiladhunmathi News

ހޯރަފުށި، ގޮއިދޫ، އޭދަފުށި އަދި ފުވައްމުލަކު ކޯޓަށް އައު މެޖިސްޓްރޭޓުން ހަމަޖައްސައިފި

ޙޢ. ހޯރަފުށި، ބ. ގޮއިދޫ، އެ އަތޮޅު އޭދަފުށި އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އައު މެޖިސްޓްރޭޓުން ޢައްޔަންކުރައްވައި، އެ ބޭފުޅުން މިއަދު މަޤާމުގެ ހުވައި ކުރައްވައިފިއެވެ. މި ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވީ ހޯމަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 2026/031 ވަނަ ޖަލްސާގައެވެ. މި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، […]

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ތަށި ޒިގްޒެގަށް، އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް އަށް
Sports

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ތަށި ޒިގްޒެގަށް، އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް އަށް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026″ގެ ރިހެން ޑިވިޝަންގެ ތަށި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް (ޒެޑްވައިއެލް) އަދި އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް ހޯދައިފިއެވެ. ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު 2026ގެ ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަކީ މަގުލަސް ކްލަބެވެ. އަންހެން ޑިވިޝަންގެ ރަނަރަޕް ޓީމަކީ ”ފައިވް”އެވެ. އިއްޔެ އާއި ރޭގައި ކުޅުނު ފައިނަލް މެޗުތަކުގައި ޒެޑްވައިއެލް އިން ތަށި […]

ހުކުރު، ހޮނިހިރުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގެ އިންޒާރު!
Raajje

ހުކުރު، ހޮނިހިރުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގެ އިންޒާރު!

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ހާއްސަކޮށް ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. […]

ޑްރަގް ކާޓެލްތަކުން ޔޫރަޕަށް ޑްރަގް އެތެރެކުރަން ''ބޮން ހަރުކުރި'' ސަބްމެރިންތައް އަންނީ ބޭނުންކުރަމުން: ރިޕޯޓް
International

ޑްރަގް ކާޓެލްތަކުން ޔޫރަޕަށް ޑްރަގް އެތެރެކުރަން ''ބޮން ހަރުކުރި'' ސަބްމެރިންތައް އަންނީ ބޭނުންކުރަމުން: ރިޕޯޓް

ޔޫރަޕަށް ގިނަ އަދަދަކަށް ކޮކެއިން އެތެރެކުރުމަށްޓަކައި ޑްރަގް ކާޓެލްތަކުން ގޮވާތަކެއްޗާއި ދަންތުރަ ނުވަތަ “ބޫބީ-ޓްރެޕް” ހަރުކޮށްފައިވާ ސަބްމެރިން ފްލީޓެއް ބޭނުންކުރުމަށް ރާވަމުންދާ ކަމަށް ކޮލަމްބިއާގެ ކަނޑުގެ ސިފައިންގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެއެވެ. ލެޓިން އެމެރިކާގެ ގޭންގުތަކުން އަމިއްލައަށް ބަންނަ މިފަދަ “ނާކޯ-ސަބްމެރިން” ތަކަކީ އަހަރަކު ގާތްގަނޑަކަށް 1،500 ޓަނުގެ ކޮކެއިން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ވަގަށް އެތެރެކުރުމަށް އެ ފަރާތްތަކުން ބޭނުންކުރާ މައިގަނޑު ވަސީލަތަށް ވާނެ ކަމަށް އެރިޕޯ...

ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް މުބާރާތުގައި ވާދަކުރުމަށް ހުއްދަ ލިބިފައި ނުވާތީ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
Thiladhunmathi News

ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް މުބާރާތުގައި ވާދަކުރުމަށް ހުއްދަ ލިބިފައި ނުވާތީ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވުމަށް ތައްޔާރުވި “ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448” މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރުގެ މުބާރާތް ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް އެ މުބާރާތުގައި ވާދަކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިފައި ނުވާތީ ކަމަށެވެ. އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް ތާވަލުކުރި މި މުބާރާތުގައި މައި...

ޑްރަގާއެކު ފިލްމީ ތަރިން ހައްޔަރުކުރި މައްސަލަ: ތަހުގީގު ފުރިހަމަކުރުމަށްފަހު ތިން މީހަކު ދޫކޮށްލައިފި
Raajje

ޑްރަގާއެކު ފިލްމީ ތަރިން ހައްޔަރުކުރި މައްސަލަ: ތަހުގީގު ފުރިހަމަކުރުމަށްފަހު ތިން މީހަކު ދޫކޮށްލައިފި

ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުންގެ ތެރެއިން، ތަހުގީގު ފުރިހަމަކުރުމަށްފަހު ތިން މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންގެ ތަހުގީގު ފުރިހަމަވެފައިވާތީ އެ މީހުން މިހާރު […]

މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް
Thiladhunmathi News

މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް

ހއ. ކެލާގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 17 އިން 21 އޮކްޓޯބަރަށެވެ. ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ބުނީ، އެ ވުޒާރާއިން ކެލާގައި ހިންގި މި ތަމްރީނުގައި ޖުމްލަ 13 މީހަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށ...

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ރައީސް މުޢިއްޒުގެ އަރިހަށް
Raajje

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ރައީސް މުޢިއްޒުގެ އަރިހަށް

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރައްވައި، އެ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަ...

ފުނަދޫ ދައްފަޅަށް ވެލިވަންނަ މައްސަލައަށް ހައްލެއް ހޯދުމަށާއި އައު ނެރެއް ކެނޑުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ފުނަދޫ ދައްފަޅަށް ވެލިވަންނަ މައްސަލައަށް ހައްލެއް ހޯދުމަށާއި އައު ނެރެއް ކެނޑުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ

ށ. ފުނަދޫގެ ދައްފަޅުގެ އެތެރެއަށް ވެލިވަނުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ބެލުމަށާއި، އެ ރަށުގެ އިރުމަތީ ފަރާތުން އައު ނެރެއް ކެނޑުމުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ފުނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ ރަށުގެ ދައްފަޅުގެ އެތެރެއަށް ވެލިވަންނަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކަކީ ކޮބައިތ...

ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި
Sports

ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި

ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު ފެސްޓިވަލް ރީބްރޭންޑްކޮށް، “ނެވި ސްޕޯޓްސް ފިއެސްޓާ 2026” ގެ ނަމުގައި އެ މުބާރާތް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަން އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރަޖިސްޓަރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 5 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 1:00...

މަންފާ ދަތުރު މިފަހަރު ކޮމަންޑޫ އަށް
Thiladhunmathi News

މަންފާ ދަތުރު މިފަހަރު ކޮމަންޑޫ އަށް

ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ “މަންފާ ދަތުރު”ގެ މިފަހަރުގެ ދަތުރުގެ ޚާއްޞަކޮށްފައި ވަނީ ށ. ކޮމަންޑޫ އަށެވެ. ކޮމަންޑޫ ކައުންސިލުން ބުނިގޮތުގައި މިއަދު އެރަށުގައި މަންފާ ދަތުރުގެ ހަރަކާތްތައް ފެށޭނެއެވެ. މަންފާ ޖަމިއްޔާއާއި ކޮމަންޑޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދާ މި ދަތުރުގައި ކޮމަންޑޫގެ އެހެން ގިނަ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ. ކޮމަންޑޫ މަންފާ ދަތުރުގައި މިއަދު ފުރަތަމަ އޮންނާނީ 13:30 ގައި ފ...