ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރާ ވަކާލާތަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ތައުރީފް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން އެކުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި، ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތާއި ދެމުންގެންދާ ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވާހަކަފުޅު ދައްކަވައިފިއެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އިއުލާނު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގ...