އެއް މިސްކިތުގައި ހުކުރު ނަމާދުކުރީ، މުވައްޒަފުން ނެތުމުން: މަކުނުދޫ ކައުންސިލް
ހދ. މަކުނުދޫގައި އެއް މިސްކިތުގައި މިއަދު ހުކުރު ނަމާދުކުރީ، މުވައްޒަފުންގެ ދަތިކަން ދިމާވެ، މިސްކިތް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމުން ކަމަށް މަކުނުދޫ ކައުންސިލުން ބުނެފިއެވެ. މަކުނުދޫގައި ހުކުރު ނަމާދު ކުރަމުން އަންނަނީ ދެ މިސްކިތެއްގައެވެ. އޭގެ ތެރެއިން މިސްކިތަކީ މިއަދު ހުކުރު ކުރި މަސްޖިދުލް ތަޤްވާއެވެ. އަނެއް މިސްކިތަކީ މިއަދު ހުކުރު ކުރެވޭގޮތް ނުވި ސިއްދީގު މިސްކިތެވެ. މަކުނުދޫ ކައުންސިލުން މިއަދު ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދު އެރަށުގަ...