ސައުތުލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ލޭޑީ އީގަލްސްއަށް
ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020” ގެ ނަމުގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ލޭޑީ އީގަލްސްއިން ހޯދައިފިއެވެ. 07 ޑިސެމްބަރ 2020 ވީ ހޯމަ ދުވަހުގެ ރޭ މުރައިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލްމެޗު ލޭޑީ އީގަލްސްއިން ކާމިޔާބު ކޮށްފައިވަނީ، ޓީމް ބިޒީ […]