އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން!
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި އޮންނަ އެއާޕޯޓު ސަރަހައްދަށް އަރަމުންދާ އުދައިގެ ލޮނުގަނޑު، އެ އެއާޕޯޓު ރަންވޭ ހުރަސްކޮށް އަނެއް ފަރާތަށް ދާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފިއެވެ. ރާއްޖޭގެ އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފަވާއިރު، ގިނަ ރަށްތަކަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ލޮނުގަނޑު ރަށުތެރެއަށް ދެމިގަނެ ގޭތަކަށް ވެސް ދަނީ ލޮނު ވަންނަމުންނެވެ. ގޭތަކުގެ ފުރާޅުއެއްލާލައި، ރުއްގަހަށާއި، ދަނޑު ބިންތަކަށް ދަނީ ގެއްލުން ވަމުންނެވެ....