Skip to main content
Editorial Archives

Explore News Archive

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ އަވަހާރަވެއްޖެ
International

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ އަވަހާރަވެއްޖެ

އުމުރުފުޅުން 100 އަހަރުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ މުހައްމަދު އަލީ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ 2026 ސެޕްޓެމްބަރު 28 ވީ ހޯމަ ދުވަހުއެވެ. ޑރ. ސިތީ ހަސްމާ އަވަހާރަވީ ކުއާލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށް އެކަމަނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އަވަހާރަވި ސަބަބުގެ ތަފްސީލެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބ...

ކެމިކަލް ވިއްކާ ތަންތަން ރަޖިސްޓްރީ ކުރަން އިތުރު ފުރުސަތެއް ދީފި
Raajje

ކެމިކަލް ވިއްކާ ތަންތަން ރަޖިސްޓްރީ ކުރަން އިތުރު ފުރުސަތެއް ދީފި

ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން “ކެމިކަލް ވިއްކުމުގެ ހުއްދަ” ނެގުމަށާއި، އެފަދަ ކެމިކަލްތައް ބަހައްޓާ ނުވަތަ ސްޓޯރ ކުރާ ތަންތަން ރަޖިސްޓަރ ކުރުމަށް ދީފައިވާ މުއްދަތު މިއަދުން ފެށިގެން އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފިއެވެ. މި ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާކަން ހާމަކުރައްވާފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އިތުރުކޮށްދެވުނު އެއް މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ހުއްދަ ނެގުމުގެ އިތުރުން...

މާރަންދޫ ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ އޮރެންޖް ސްޓާ
Sports

މާރަންދޫ ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ އޮރެންޖް ސްޓާ

ހއ. މާރަންދޫ ކައުންސިލްގެ “އެލްމޯބައިލް ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓް 2026” ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން އޮރެންޖު ސްޓަރ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗުގައި އޮރެންޖު ސްޓަރ ޓީމުން ވައިޓް ސްޓަރ ޓީމުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮރެންޖު ސްޓަރ ޓީމަށް އެ ކައުންސިލުން ދީފައިވަނީ މެޑަލް، ގިފްޓްޕެކް އަދި މުބާރާތުގެ ޓްރޮފީއެވެ. ރަނަރަޕް ޓީމަކަށް ވައިޓް ސްޓަރ ހޮވި […]

60،000ރ. ގެ އިނާމެއް، ހޯރަފުށީ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް
Thiladhunmathi News

60،000ރ. ގެ އިނާމެއް، ހޯރަފުށީ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް

ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމް ކުރި “ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2026″ގެ ޗެމްޕިއަންކަން،  22 ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމް، 22 ސްޕޯޓްސް ކްލަބަށް އެ ކައުންސިލުން 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މީގެއިތުރުން މި މުބާރާތުގެ ރަނަރަޕް މަޤާމު ހޯދި ދަންމަރު ޔުނައިޓެޑަށް އެ ކައުންސިލުން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. 13 ސެޕްޓެމްބަރ 2026ގައި ފެށި، މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ […]

ތައިލެންޑުގެ 1.7 މިލިއަން މީހުންނަށް އަސަރުކުރި ކާރިސާ: ރައީސް މުޢިއްޒުގެ މެސެޖެއް ތައިލެންޑުގެ ބޮޑުވަޒީރަށް
Parliament

ތައިލެންޑުގެ 1.7 މިލިއަން މީހުންނަށް އަސަރުކުރި ކާރިސާ: ރައީސް މުޢިއްޒުގެ މެސެޖެއް ތައިލެންޑުގެ ބޮޑުވަޒީރަށް

ތައިލެންޑަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ޙާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު ހިޒްއެކްސަލަންސީ އަނުތިން ޗާންވިރަކުލްއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ތައިލެންޑުގެ މެދުތެރެއަށް ކުރަމުންދާ ބޯވިއްސާރައިގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ރައީސްގެ މެސެޖުގައި، ތައިލ...

ބެން-ގްވީރު ޖަލު ގޮޅިއަށް ވަދެ ފަލަސްތީނު މީހަކަށް މަރުގެ އިންޒާރުދިނުމަށްފަހު ވީޑިއޯ އާންމުކޮށްފި
International

ބެން-ގްވީރު ޖަލު ގޮޅިއަށް ވަދެ ފަލަސްތީނު މީހަކަށް މަރުގެ އިންޒާރުދިނުމަށްފަހު ވީޑިއޯ އާންމުކޮށްފި

އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް ކާމާންޑަރެއް ކަމަށްވާ ހަސަން ސަލާމާ ހުންނަ ގޮޅިއަށް ވަދެ، އޭނާ މަރާލާނެ ކަމަށް ބުނެ އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތާމާރް ބެން-ގްވީރު އިންޒާރު ދީފިއެވެ. މި ހާދިސާ ފެންނަ ވީޑިއޯއެއް ބެން-ގްވީރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. މޫނުމައްޗާއި ހަތިޔާރު އަޅައިގެން ތިބި ސެކިއުރިޓީ ގާޑުންނާއެކު ޖަލު ގޮޅިއަށް ވަދެ ބެން-ގްވީރު، ސަލާމާއާ ކުރިމަތިލައި ބުނެފައިވަނީ އޭނާ ސަލާމާ މަރާލަން ބޭނުންވާ ކަމަށާއި، އޭ...

ކޭއާރުއެޗުގެ ''ހަށިހެޔޮ ޕްރޮގްރާމް''ގެ ހަވަނަ ބުރު 279 ބައިވެރިންނާއެކު ފަށައިފި
Thiladhunmathi News

ކޭއާރުއެޗުގެ ''ހަށިހެޔޮ ޕްރޮގްރާމް''ގެ ހަވަނަ ބުރު 279 ބައިވެރިންނާއެކު ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ހަށިހެޔޮ ޕްރޮގްރާމް” ގެ 6 ވަނަ ބުރު، ރޭ ރަސްމީކޮށް ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އާންމުންގެ މެދުގައި ޤަވާއިދުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ބާރުއެޅުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެއިތުރުން ގައިންގަޔަށް ނާރާ ބަލިތަކުން (އެންސީޑީ) ރައްކާތ...

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި
Thiladhunmathi News

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތަކުން، ހދ. ނައިވައިދޫއާއި ށ. ކަނޑިތީމު ކުރި ހޯދައިފިއެވެ. ނައިވައިދޫގައި ކުރިއަށް ދާ މި މުބާރާތް ފެށުމުގެ ގޮތުން، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހއ. ފިއްލަދޫގެ މައްޗަށް ނައިވައިދޫ ކުރި ހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ނައިވައިދޫގެ މުޙައްމަދު ޝާއިނެވެ. ފިއްލަދޫއަށް […]

ހުޅުމާލެ ސިންތެޓިކް ޓްރެކް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކޮށް ޖަނަވަރީއަށް ނިންމަނީ
Raajje

ހުޅުމާލެ ސިންތެޓިކް ޓްރެކް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކޮށް ޖަނަވަރީއަށް ނިންމަނީ

ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާތީ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ. ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގެ ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި، މުޅި ސިންތެޓިކް މެޓީރިއަލް އެއްކޮށް ބަދަލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އަނ...

ކްލޮޕާއެކު ޖާމަނީއަށް ފުރަތަމަ ނާކާމިޔާބީ، އަމިއްލަ ދަނޑުގައި ގްރީސް އަތުން ތާރީޚީ ބައްޔެއް
Sports

ކްލޮޕާއެކު ޖާމަނީއަށް ފުރަތަމަ ނާކާމިޔާބީ، އަމިއްލަ ދަނޑުގައި ގްރީސް އަތުން ތާރީޚީ ބައްޔެއް

ޔޫއޭފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ގްރީސް އަތުން 1-0 އިން ބަލިވެ، ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުންއަންނަ ޖާމަނީ ގައުމީ ފުޓްބޯޅަ ޓީމަށް ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ގްރީސް އަތުން ޖާމަނީ ބަލިވި ފުރަތަމަ މެޗެވެ. ޖާމަނީގެ އޮގްސްބާގްގައި ކޯޗުގެ ހައިސިއްޔަތުން ކްލޮޕް އަމިއްލަ ދަނޑުގައި އިރުޝާދުދިން ފުރަތަމަ މެޗުގައި ގްރީސްއިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން […]

މާރަންދޫ ''ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް''ގެ ހޭންޑްބޯލް ޗެމްޕިއަންކަން ޔެލޯ ސްޓާ އަށް
Sports

މާރަންދޫ ''ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް''ގެ ހޭންޑްބޯލް ޗެމްޕިއަންކަން ޔެލޯ ސްޓާ އަށް

މާރަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، “އެލްމޯބައިލް ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026″ގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ޚާއްޞަ ގިފްޓް ޕެކާއެކު، ޔެލޯ ސްޓާ ތަށި އުފުލާލައިފިއެވެ. މި މުބާރާތުގެ ރަނަރަޕްޓީމްގެ މަޤާމު ހޯދާފައިވާ މެރޫން ސްޓާއަށް ވެސް އެ ކައުންސިލުން ވަނީ ގިފްޓް ޕެކާއެކު މެޑަލް ޙަވާލުކޮއްފައެވެ. މީގެއިތުރުން މުބާރާތުގެ 3 ވަނައަށް ދިޔަ ޕިންކް ސްޓާއަށް ކައުންސިލުން ވަނީ ގިފްޓް ޕެކް ހަދިޔާކޮށްފައެވެ. މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު […]

ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް ކުއްލި ދަތުރެއްކޮށްފި
International

ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް ކުއްލި ދަތުރެއްކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ސިއްރިއްޔާތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތް ކޮށް، އެ ގައުމުގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައިވާކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ދަތުރުގެ މައުލޫމާތު އާންމުކޮށްފައިވަނީ އިސްރާއީލުގެ ޗެނަލް 12 (އެން12) އާއި އެ ގައުމުގެ އެހެނިހެން މީޑިއާތަކުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނަތަންޔާހޫ ޔޫއޭއީގެ އަބޫދާބީއަށް ދިޔައީ އަމިއްލަ އެގްޒެކެޓިވް ޖެޓެއްގައެވެ. އިސްރ...

ކަޅު އާމްބޭންޑާއެކު ފަލަސްތީނުގެ ހައްގުގައި ކުޅެ އައިރަލެންޑުން އިސްރާއީލު ބަލިކޮށްފި
International

ކަޅު އާމްބޭންޑާއެކު ފަލަސްތީނުގެ ހައްގުގައި ކުޅެ އައިރަލެންޑުން އިސްރާއީލު ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗު ބޮއިކޮޓްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލަމުންދަނިކޮށް، ކަޅު އާމްބޭންޑް އަޅައިގެން ކުޅެ ރިޕަބްލިކް އޮފް އައިރަލެންޑުން 3-0 އިން އިސްރާއީލުގެ މައްޗަށް ކުރިހޯދައިފިއެވެ. ހަންގޭރީގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އައިރަލެންޑުގެ ކުޅުންތެރިން ވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އިހުތިޖާޖީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި މެޗު ފެށުމުގެ ކުރިން އިސްރާއީ...

ރޮނާލްޑޯ ނުކުޅެ ބެންޗުގައި އިންދައި ރާމޯސް ޕޯޗުގަލް މޮޅުކޮށްދީފި
Sports

ރޮނާލްޑޯ ނުކުޅެ ބެންޗުގައި އިންދައި ރާމޯސް ޕޯޗުގަލް މޮޅުކޮށްދީފި

ޔޫއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހު އޮސްލޯގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތް ގޮންސާލޯ ރާމޯސް ވަނީ މެޗުން ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ. މިއީ ނޭޝަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ކެމްޕޭނުގައި ޕޯޗުގަލްއިން ޖެހިޖެހިޖެހިން ހޯދި ދެވަނަ މޮޅެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މުޅި މެޗުގައި ބެންޗުގައި އިނދެފައިވާ އިރު، މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު […]

މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް
Thiladhunmathi News

މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް

ހއ. މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތަކީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް، ކޮންމެ ހަތަރު މަހުން އެއްފަހަރު، ބޭއްވުމަށް ނިންމާފައިވާ ހަރަކާތެއްކަމަށެވެ. މި ހަރަކާތުގެ ތެރެއިން، ރަށުގައި މަދިރި އުފެދޭ ތަންތަން ނައްތާލައިފައިވާއިރު، ފެންބޮޑުވެ، ފެން ހެދޭ ތަންތަން ނައްތާލުމަށް އެކި ސައިޓްތަކުގެ...