Skip to main content
Editorial Archives

Explore News Archive

ޔާމީން ތަހުގީގުގައި ހުރީ ހަނު, މިހާރު ކޯޓުގައި ދިފާއީ ހެކި ހުށަނޭޅޭނެ: ދައުލަތް
Raajje

ޔާމީން ތަހުގީގުގައި ހުރީ ހަނު, މިހާރު ކޯޓުގައި ދިފާއީ ހެކި ހުށަނޭޅޭނެ: ދައުލަތް

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަހުގީގުގައި ހަނު ހުރެފައިވާތީ, ޝަރީއަތުގައި ދިފާއީ ހެކި ހުށަނޭޅޭނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު, އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. […]

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
Raajje

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރ. އަނގޮޅިތީމު ގެއަކަށް ވަދެ 72 އަހަރުގެ ދިވެހި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން 72 އަހަރުގެ އަންހެން މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ […]

މާލޭ ބަނދަރުން އަތުލައިގަތީ 4 ލައްކައަށްވުރެ ގިނަ ސިނގިރޭޓް ފޮއްޓާއެކު ބޮޑު ޝިޕްމަންޓެއް
Raajje

މާލޭ ބަނދަރުން އަތުލައިގަތީ 4 ލައްކައަށްވުރެ ގިނަ ސިނގިރޭޓް ފޮއްޓާއެކު ބޮޑު ޝިޕްމަންޓެއް

“ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއާކޮށްގެން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 8.5 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މާލެ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މި މަހުގެ 27 ވީ އާދިއްތަ ދުވަހުއެވެ. ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިންނެވެ. މާލެ ވިޔަފާރި ބަނދަރުގައި ހިންގި މި އޮޕަރޭޝަނުގައި “ޖެނެރަލް ކާގޯ”ގެ ގޮތުގ...

ޔުނިޓީ ސްޕޯޓްސް އެޑަމީން ފުނަދޫގެ ވަގުތީ މިސްކިތުގައި މުށިޖަހައިދީފި
Thiladhunmathi News

ޔުނިޓީ ސްޕޯޓްސް އެޑަމީން ފުނަދޫގެ ވަގުތީ މިސްކިތުގައި މުށިޖަހައިދީފި

ށ. ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެރަށު ވަގުތީ މިސްކިތުގައި މުށިޖެހުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސައްކަތަކީ އެ ރަށުގެ “ޔުނިޓީ ސްޕޯޓްސް އެކަޑަމީ” އިން އިސްނަގައިގެން، ހެޔޮއެދޭ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެ ކުލަބުން މައުލޫމާތު ދޭ ގޮތުގައި، މި މިސްކިތުގައި މުށިޖެހުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ ކުލަބުގެ މެންބަރުންގެ އިތުރުން ރަށުގެ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭ ގިނަ ފަރާތްތަކެއްގެ ފު...

އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދޭން ޓްރަމްޕް ވައުދުވެއްޖެ
International

އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދޭން ޓްރަމްޕް ވައުދުވެއްޖެ

ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި އެމެރިކާގެ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ލިބިއްޖެނަމަ، އެމެރިކާގެ ބޮޑެތި ކޮންމެ ރައްޔިތަކަށް 5،000 އެމެރިކާ ޑޮލަރުގެ ސީދާ ފައިސާގެ އިނާޔަތެއް ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފިއެވެ. ޓްރަމްޕް މި ހުށަހެޅުން ހުށަހެޅުއްވީ ޓެކްސަސްގެ ޑެލަސްގައި ބޭއްވި ރިޕަބްލިކަން މިޑްޓާމް ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވަނީ މި ހުށަހެޅުމަށް “ޓްރަމްޕް ޑިވިޑެން...

އޮލީސޭގެ ފަހުވަގުތުގެ ލަނޑާއެކު ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
Sports

އޮލީސޭގެ ފަހުވަގުތުގެ ލަނޑާއެކު ފްރާންސުން ބެލްޖިއަމް ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މައިކަލް އޮލީސޭ މެޗު ނިމެން ދަނިކޮށް ކާމިޔާބުކުރި ރީތި ލަނޑާއެކު 1-0 އިން ބެލްޖިއަމް ބަލިކޮށް ފްރާންސުން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ. ބެލްޖިއަމްގެ ބްރަސެލްސްގައި ހުންނަ ކިންގް ބޯޑޮއިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވުމާއެކު، އާ ކޯޗު ޒައިނުއްދީން ޒިދާނުގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ޖެހިޖެހިގެން ދެވަނަ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމެން ދަނިކޮށް […]

ގަސް އިންދުމުގެ ހަރަކާތާއެކު ސިއްރުފެންފުށިން މާއުނގޫދޫ ރައްޔިތުންނަށް 1،000 ފައިވާން ހަދިޔާކޮށްފި
Thiladhunmathi News

ގަސް އިންދުމުގެ ހަރަކާތާއެކު ސިއްރުފެންފުށިން މާއުނގޫދޫ ރައްޔިތުންނަށް 1،000 ފައިވާން ހަދިޔާކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ށ. މާއުނގޫދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ސިއްރުފެންފުށި ޕްރައިވެޓް ލެގޫން ރިސޯޓުން އިސްނެގުމާގުޅިގެން، މާއުނގޫދޫ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގުނު ހަރަކާތެކެވެ. މާއުނގޫދޫ ކައުންސިލް ރައީސް މުޙައްމަދު އިރުފާމް “ތިލަދުން”އަށް ވިދާޅުވީ، މި ހަރަކާތުގައި ޖުމްލަ 45 ގަސް އެ ރަށުގެ  ފުއްޓަރު ބީޗު ސަރަޙައްދުގައި އިންދާފައިވާނެކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، މަގޫގަހާއި ބޯށި ގަހުގެ އިތުރުން ކުރެދި ފަދަ، ރާއްޖޭ...

ގަރުނަކަށް ފަހު އިޓަލީގެ ފުރަތަމަ 11 އިން އެއްބަނޑު ދެބެއިން: ތާރީޚީ އާ ރެކޯޑެއް
Sports

ގަރުނަކަށް ފަހު އިޓަލީގެ ފުރަތަމަ 11 އިން އެއްބަނޑު ދެބެއިން: ތާރީޚީ އާ ރެކޯޑެއް

ޔޫއެފާ ނޭޝަންސް ލީގުގައި ހޯމަ ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ޕިއޯ އެސްޕޮސީޓޯއާއި އޭނާގެ ބޭބެ ސެބަސްޓިއާނޯ އެސްޕޮސީޓޯ ހިމެނި، ސައްތައަކަށްވުރެ ގިނަ އަހަރު ފަހުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ދެ ބެއިން ކުޅުނު ފުރަތަމަ މެޗަށް އެ މެޗު ވެއްޖެއެވެ. މި މެޗުން އިޓަލީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އުމުރުން 24 އަހަރުގެ ސެބަސްޓިއާނޯއަށް މިއީ ގައުމީ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ […]

ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފި
Thiladhunmathi News

ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، ރަށުގެ ޒުވާނުންނަށް މަރުކަޒުގެ ބޭނުން ހިފޭވަރު ވާނެ […]

ދިރުވާލައިގެން 142 ބްލެޓް ޑްރަގް އެތެރެކުރި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް ބަންދަސް 30 ދުވަސް
Raajje

ދިރުވާލައިގެން 142 ބްލެޓް ޑްރަގް އެތެރެކުރި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް ބަންދަސް 30 ދުވަސް

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ނިއްކަ ތަމަންގް (47އ) އާއި، އީތްރާނީ ގަލެ (40އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެއަށް އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި ދެ މީހުން ރާއްޖެއަށް އައުމުން، ހަށިގަނޑ...

ރަސްމާލެ މަޝްރޫއު ހިންގަން ލިބުމަކީ ފަޚުރެއް، ދިވެހިންގެ އުއްމީދާ އެއްގޮތަށް މަސައްކަތްކުރާނަން: އަލައްބާރު
Raajje

ރަސްމާލެ މަޝްރޫއު ހިންގަން ލިބުމަކީ ފަޚުރެއް، ދިވެހިންގެ އުއްމީދާ އެއްގޮތަށް މަސައްކަތްކުރާނަން: އަލައްބާރު

ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެގާ މަޝްރޫޢެއް ހިންގަން ލިބުމަކީ ކުންފުންޏަށް ލިބުނު ފަޚުރެއް ކަމަށާއި، އެ މަޝްރޫއު ކުރިއަށްދާނީ ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް ކަމަށް ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ” މަޝްރޫއު ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއެކު މީސް މީޑިއާގައި އާންމުކުރެއްވި މެސެޖ...

މަހާތީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި
Raajje

މަހާތީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން،ޑރ. ސިޓި ޙަސްމާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. އުމުރުފުޅުން 100 އަހަރުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ހަސްމާ އަވަހާރަވީ އެ ގައުމުގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދުއެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމާގައި ދިވެހި ސަރުކާރާއި ރައްޔިތ...

މެސީގެ ހިތްގައިމު ހިލޭޖެހުމުން ޖަހައިދިން ގޯލާއެކު ވެސް ކޮލަމްބަސް އަތުން މިއާމީ ބަލިވެއްޖެ
Sports

މެސީގެ ހިތްގައިމު ހިލޭޖެހުމުން ޖަހައިދިން ގޯލާއެކު ވެސް ކޮލަމްބަސް އަތުން މިއާމީ ބަލިވެއްޖެ

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މޭޖާ ލީގު ސޮކާ (އެމްއެލްއެސް) މެޗުގައި ލިއޮނަލް މެސީ ކާމިޔާބުކުރި ހިތްގައިމު ހިލޭޖެހުމާއެކުވެސް، އިންޓަ މިއާމީގެ މައްޗަށް 1-2 އިން ކުރިހޯދައި ކޮލަމްބަސް ކްރޫއިން މުހިންމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ކޮލަމްބަސް ކްރޫ މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައި ޖަމާލް ތިއާރޭ ކާމިޔާބުކުރި ނިންމާލުމުންނެވެ. މެޗުގެ ފަހުވަގުތު ބޮޑެތި ނުކުރެކުންތަކެއް ފެނިގެންދިޔައިރު، އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި މިއާމީގެ ސަންތިއާގޯ މޮރާލެސްއަށް ރީނދޫ ކާޑެއް ދެއްކުމަށްފަހު،...

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި
Raajje

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން އެކުލަވާލި ވިލަރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެކެވެ. މި ކެމްޕެއިން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ. އިހ...

ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި
Thiladhunmathi News

ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި

ހދ. ކުމުންދޫ ގޭގޭގެ ފުރާޅުތަކުގައި ރަނގަޅަށް ދިޔަދޮވި ހަރުކުރަން ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ރަށުގެ ބައެއް ގެތަކުގެ މަގުމައްޗަށް ވާގޮތަށް ދިޔަދޮވި ނާޅުވާ ހުރި ފުރާޅުތަކުންނާއި، މަގުމައްޗަށް ވާގޮތަށް ހުންނަ ދިޔަދޮވީގެ ހޮޅިތަކުން، ވިއްސާރަ މޫސުމުގައި މަގުތަކަށް ފެންފޭބުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ...