Skip to main content
Editorial Archives

Explore News Archive

އަންނަ އަހަރަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެއް ނޭޅޭނެ: ޣަފޫރު
Parliament

އަންނަ އަހަރަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެއް ނޭޅޭނެ: ޣަފޫރު

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ރޭ މަޖްލީހުގައި ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ރައީސް ސޯލިހު އުފެއްދެވި ބޯޑުގެ ވާހަކަތަކަށް ބަލާއިރު މި އަންނަ އަހަރުވެސް އެކަން ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި މިނިމަމް […]

ކުރިނބީއިން ގޯތި ލިބޭމީހުންގެ ލިސްޓާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ކުރިނބީއިން ގޯތި ލިބޭމީހުންގެ ލިސްޓާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުރިނބީ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަފްޞީލް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކައުންސިލް އިން ކޮށްފައިވާ އިއުލާންގައި ވަނީ ހދ. ކުރިނބީގައި ދިރިއުޅުމަށްޓަކައި، ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށްއެދި ކުރިނބީ ކައުންސިލަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތިލިބޭ މީހުންގެ ލިސްޓް، ޕޮއިންޓް ލިބުނު ތަފްސީލާއެކު ހާމަކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. ޝަކުވާ ހުށަހެޅުމު...

Thiladhunmathi News

އިހަވަންދޫ ސްކޫލުގެ ކުޅޭ ސަރަހައްދުގެ ވަށާފާރު ރާނާނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދޫ ސްކޫލުގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރާނާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި އިހަވަންދޫ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިނުވާތީ އެ ޢިލާން ބާޠިލްކުރުމަށްފަހު މިމަސައްކަތް ކުރުމަށް ދެވަނަ ވަނަ ފަހަރަށް އިޢުލާން ކުރާ ކަމަށެވެ. އިއުލާނުގައި ބުނެފައި ވަނީ މި މަސައް...

އެމްއެމްއޭގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
News

އެމްއެމްއޭގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްއެމްއޭ އިން ކުރި އިއުލާނުގައި ވަނީ ސްކޮލަޝިޕްގެ ދަށުން އިކޮނޮމިކްސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ފަސް އަހަރުގެ ބޮންޑެއް ހިމެނޭ މި ސްކޮލަޝިޕްގެ ދަށުން އޯއީސީޑީގެ ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ހޮވޭ ކުއްޖަކު ކިޔަވާނެ ޔުނިވަސިޓީ ކަނޑައަޅާނީ އެމްއެމްއޭ އިންނެވެ. އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސ...

ހަނިމާދޫ ފުލުހުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހަނިމާދޫ ފުލުހުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަނީ

ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުނ...

އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމަށްވެސް ފުރުސަތު ލިބިގެން: ވަހީދު
Parliament

އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމަށްވެސް ފުރުސަތު ލިބިގެން: ވަހީދު

ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމައީ މަސްވެރިކަމަށްވެސް ފުރުސަތު ލިބިގެން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، މަޖިލީހަަށް ހުށަހަޅާފައިވާ ޕެސްޓިސައިޑްސް ބިލާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަު ވަހީދު ވިދާޅުވީ، ދަނޑުވެރިކަމަކީ ދިވެހިންނަށް މުހިންމު ސިނާޢަތެއްކަމަށާއި ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފަތުރުވެރިކަމާއި އެއްވަރަ...

ދިވެހި ފިލްމް "ބަވަތި" ތިލަދެކުނު ސިނެމާގައި އަޅުވަނީ
News

ދިވެހި ފިލްމް "ބަވަތި" ތިލަދެކުނު ސިނެމާގައި އަޅުވަނީ

ދިވެހި ފިލްމު “ބަވަތި” ކުޅުދުއްފުށީ ތިލަދެކުނު ސިނަމާއި އަންނަމަހު ފަހެއް އަދި ހަ ވަނަ ދުވަހު އެޅުވުމަށް ހަމަޖެހިއްޖެ އެވެ. ދިވެހި ފިލްމު އިންޓަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ އައި ފިލްމްސް ގެ މި އުފެއްދުމަކީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރި ނުޒުހަތު ޝުއައިބު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެން ދާއިރާ މިދާއިރާއަށް މުޅިން އާ އަހުމަދު އިފްނާޒެވެ. ލޯބި، ބިރުވެރި އަދި މަޖާ ކަންކަން ފެނިގެންދާ މި […]

ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް އިއުލާނު ކޮށްފި
Thiladhunmathi News

ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް އިއުލާނު ކޮށްފި

ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް ކުރިމަތިލުމަށް އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި ރީޖަނަލް އެއާޕޯޓްސް އިން މިމަހުގެ 25 ވަނަ ދުވަހު ކުރި އިއައުލާނުގައި ފުނަދޫ އެއާޕޯޓުގެ 13 މަގާމަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މި 13 މަގާމަކީ ސަބް އޮފިސަރ، ލީޑީން ފަރަރމަން، ޑިރެކްޓަރު، ފަޔަރ އޮފިސަރ، އެކައުންޓްސް އޮފިސަރު، އެޑްމިނިސްޓްރޭޓިވް އޮފިސަރ، އެސިސްޓެންޓް އޮޕަރޭޓިން އޮފިސަރ، އެއިސްޓެންޓް އެއަރފީލްޑް އޮފިސަރ، އެސްޓެންޓް ފަޔަރ ފައިޓަރ، އެސިސްޓެންޓް ސޭފްޓީ އޮފިސަރ، ޑްރައިވަ...

ހޮނޑާފުށި މުވައްޒަފުންނަށް ރިސޯޓުން ހިތްހަމަޖެހުމެއް ނެތް!
Report

ހޮނޑާފުށި މުވައްޒަފުންނަށް ރިސޯޓުން ހިތްހަމަޖެހުމެއް ނެތް!

ޒަމާނުއްސުރެ ހދ. އަތޮޅުގެ ގިނަބަޔަކު ދެކެމުންދިޔަ އެއް ހުވަފެނަކީ އެއަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން ދިއުމެވެ. އެ ހުވަފެނުގައި އެ ސަރަހައްދުގެ ރައްޔިތުން ދިގު އިންތިޒާރެއްގައި ތިއްބައި އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ހދ. ހޮނޑާފުށީގައި ތަރައްގީކޮށް ހުޅުވި ރިސޯޓެވެ. މި ރިސޯޓްވެސް ހުޅުވިގެން ދިޔައީ އެ ރިސޯޓް ހެދުމަށް ރަށް ހަވާލުކުރިތާ 12 އަހަރު ފަހުންނެވެ. ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި […...

އަންހެން ފަނޑިޔާރުންނާ ދެކޮޅު ޤަރާރުން، މޮސްޓާ ހޫނުފެނަށް!
Parliament

އަންހެން ފަނޑިޔާރުންނާ ދެކޮޅު ޤަރާރުން، މޮސްޓާ ހޫނުފެނަށް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ކަނބަލުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުކަމެއް ކަމަށް ބުނެ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ. ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މައްސަލަ ހުށަހެއްވީ ރާއްޖޭގެ ގިނަ ދީނީ އިލުވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ފަހުގައި ކަމަށެވެ. އަދި މި މައްސ...

މިނިވަން ޗެމްޕިއަންޝިޕްގެ ހަނިމާދޫ ޓިމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
News

މިނިވަން ޗެމްޕިއަންޝިޕްގެ ހަނިމާދޫ ޓިމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

މިނިވަން ޗެމްޕިއަންޝިޕްގައި ހދ ހަނިމާދޫ ކައުންސިލްގެ ފަރާތުން ބައިވެރިވުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަނިމާދޫ ކައުންސިލްއިން ކޮށްފައިވާ އިއުލާންގައި ވާގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށް އަންނަ ސެޕްޓެމްބަރ ފުރަތަމަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ މިނިވަން ޗެމްޕިއަންޝިޕް ގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކައުންސިލްގެ ފަރާތުން ބައިވެރިވާ ޓީމްގައި ކުޅުންތެރިން އަދި އޮފިޝަލުންނާއި ކޯޗުންގެ ގޮތ...

އަންހެނުން ފަނޑިޔާރުކަމަށް: އުއްމަތުގެ ޢިލްމުވެރިންގެ ބަސް
Religion

އަންހެނުން ފަނޑިޔާރުކަމަށް: އުއްމަތުގެ ޢިލްމުވެރިންގެ ބަސް

އަންހެނުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމުގައި މިއުންމަތުގެ އެންމެ ބޮޑެތި އިމާމުންނާއި ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ބަލާލާނަމެވެ. އަލްއިމާމް އަލްމާވަރްދީ: އެކަލޭގެފާނުގެ އަރިހުން “الأحكام السلطانية والولايات الدينية” މިފޮތުގައި ވިދާޅުވެފައި ވެއެވެ. ވެރިކަމުގެ އެއް ޝަރުޠަކީ ފިރިހެނަކަށް ވުމެވެ. އެހެންކަމުން އަންހެނާއަށް ވެރިކަމާއި ފަނޑިޔާރު ކަން ހުއްދަ ނުވާނެއެވެ. އެއީ އޭނާއަށް އިމާމަތުކަން ނުކުރެވުމާއި ކައިވެނި ޢަޤުދުކޮށް ނުދެވުމާއި ހުރިހާ މަޤާމެއްގައި ހެކިބަސް ޤަބޫލު ނުކުރެވޭތީއެވެ. އަލްއިމާމ...

އަލީ އާރިފް ޕީޕީއެމުން ވަކިވެއްޖެ
News

އަލީ އާރިފް ޕީޕީއެމުން ވަކިވެއްޖެ

ކެލާ ދާއިރާގެ ކުރީގެ މެންބަރު، އަލީ އާރިފު ޕީޕީއެމް އިން އިސްތިއުފާދެއްވައިފި އެވެ. އާރިފްގެ އިތުރުން ކުރީގެ ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އަދިި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލު ވަނީ ޕީޕީއެމް ވަކިވެފައެވެ. އަލީ އާރިފް ޕީޕީއެމުން އިސްތިއުފާދެއްވިކަން، ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހުމަދު ނިހާން ވަނީ ޓްވީޓެއްގެ ޒަރިއްޔާއިން ހާމަކުރައްވާފައެވެ. އާރިފް ދެން ގުޅޭނެ ކަމަށް އެންމެ […]

މަސްވެރިކަމު ނިކުމެއުޅުނު ބަންގްލަދޭޝް މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ
News

މަސްވެރިކަމު ނިކުމެއުޅުނު ބަންގްލަދޭޝް މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

ހއ. ތުރާކުނާ ދިމާލު ހަ މޭލު ބޭރުގައި މަސްވެރިކަން ކުރަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބަންގްލަދޭޝް މީހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އއ. ތޮއްޑޫ، ނަސްރު 2 ދޯނިން މަހަށް ނިކުމެ އުޅެނިކޮށް ކުއްލިގޮތަކަށް މަރުވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ހއ. ތުރާކުނާދިމާލު ހަ މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ވެއެވެ. މަރުވި މީހާގެ އިތުރުން ނުވަ މީހުން އެ […]

ބޮޑު މޮޅަކާއިއެކު ބާސެލޯނާއަށް ހިތްހަމަޖެހުން
Sports

ބޮޑު މޮޅަކާއިއެކު ބާސެލޯނާއަށް ހިތްހަމަޖެހުން

ސްޕްނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުޅުނު ދެވަނަ މެޗުން ރެއާލް ބެޓިސް 5-2 ގެ ބޮޑުތަފާތަކުން ބަލިކޮށް ސްޕޯޓަރުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދީފިއެވެ. ބާސެލޯނާގެ ދަނޑު ކަމަށްވާ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ރިއަލް ބެޓިސްއިންނެވެ. މިގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަބީލް ފެކިރް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބާސެލޯނާގެ […]