ބަނދަރުތަކުގެ މައްސަލަ - އެންމެ ފަހުން ރައްޔިތުންގެ ބޮލަށް!
ބަނދަރު ހެދުމުގެ މަސައްތަކުގައި އުޅޭ އިންޖިނިއަރުންގެ މަސައްކަތަށް ރައްޔިތުން ގޮތް ކިޔާތީ ވަރަށް ދަތިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ފައިކަށީގައި އޮންނަ ހުސްތަންކޮޅެއްގެ ސަބަބުން ބަނދަރު ތިލަވަމުންދާ ކަމަށް ވިދާޅުވެ މޮސްޓާ ކުރެއްވި ސުވާލަށް ޖަވާބު ދެއް...