Skip to main content
Editorial Archives

Explore News Archive

ބޯކޮށް ވާރޭ ވެހި ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެ
Thiladhunmathi News

ބޯކޮށް ވާރޭ ވެހި ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނީ އެރަށު ޗައިނާ ސައިޓުގައި ފެންބޮޑުވެފައިވާ ކަމަށާއި އެތަނުގައި ދިރިއުޅޭ މީހުންނަށް އެހީވެ، ފެންހިއްކުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދަށް ވީހާވެސް ގިނަ މީހުން ގޮސްދިނުމަށް އެދޭ ކަމަށެވެ. ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ރެޔާއި މިއަދު ހެނދުނު ރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންބޮޑުވެ...

ހޯރަފުށީ އަރުހަމަށް އިންސާފު ލިބުމަށް އިތުރު ހުރަސްތައް!
Report

ހޯރަފުށީ އަރުހަމަށް އިންސާފު ލިބުމަށް އިތުރު ހުރަސްތައް!

ތިލަދުންމަތީ ހޯރަފުއްޓަށް އުފަން މުހައްމަދު އަރުހަމް، ރަހުމް ކުޑަ ގޮތަކަށް މަރާލީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. ވަޅިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވީ އޭނާވީ ލޮރެންޒޯ ޕާކް ތެރޭގަ އެވެ. އެ ހިތާމަ އަރުހަމްގެ އާއިލާއާ ބައްދަލުކުރީ 2012 ވަނަ އަހަރު އެވެ. އަދިވެސް އެމީހުން ތިބީ ހަމަ އެ ހިތާމާގައި އޭނާއަށް އިންސާފު ލިބޭނެ ދުވަހެއްގެ އުއްމީދުގަ އެވެ. އޭނާގެ މަރާ ގުޅިގެން ދައުވާ ކުރީ ހަތަރު މީހަކަށެވެ. ލައްކަ ދުވަހު ކުރިމިނަލް […]

ބޮޑު ތިލަދުންމަތިން ފެށިގެން އދ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި
Raajje

ބޮޑު ތިލަދުންމަތިން ފެށިގެން އދ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 8:00 އިން ހެނދުނު 11:00 އަށް ހއ އިން ފެށިގެން އދ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން […]

ޒުވާނުންނަށް 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް
News

ޒުވާނުންނަށް 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް

ވަޒީފާ އަށް ޒުވާނުން ޝައުގުވެރިކުރުވޭނެ ގޮތްތަކާއި ތަފާތު ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރު ބޮޑު ޕްރޮޖެކްޓެއް އިއްޔެ ފަށައިފި އެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 10 މިލިއަން ޑޮލަރު ދީފައި ވެ އެވެ. ބާކީ 10 މިލިއަން ޑޮލަރު ދީފައި ވަނީ ލޯނުގެ ގޮތުގަ އެވެ. އެ ޕްރޮޖެކްޓް ލޯންޗުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހަޔަ […]

ރ. އަތޮޅުގައި ތަރައްގީކުރާ އޮނިކްސްގެ "އޯޒޯ" އަންނަ އަހަރު ހުޅުވަނީ
Business

ރ. އަތޮޅުގައި ތަރައްގީކުރާ އޮނިކްސްގެ "އޯޒޯ" އަންނަ އަހަރު ހުޅުވަނީ

ރ. އަތޮޅުގައި ތަރައްގީކުރާ އޮނިކްސްގެ “އޯޒޯ” އަންނަ އަހަރު ހުޅުވާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. ތައިލޭންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ރާއްޖޭގައި ތަރައްޤީކުރާ ދެވަނަ ރިސޯޓް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ. ރ. އަތޮޅުގައި އޯޒޯ މޯލްޑިވްސްގެ ނަމުގައި ތަރައްޤީކުރާ ރިސޯޓަކީ އިންޑިއާގެ ޕަންޝިލް ރިއަލްޓީއާ ގުޅިގެން ތައިލޭންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ތަރައްޤީކުރާ ރިސޯޓެކެވެ. މިރިސޯޓަކީ ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ އާއިލާތަކާއި ގްރޫޕް ގްރޫޕަށް ދަތުރުކުރާ ފަތުރުވެރިންނަށް ބޭނުންވާ ހ...

ރަސްމީ ލިޔުންތަކުގައި ދާއިރާގެ ހުރިހާ ރަށެއްގެ ނަން ހިމަނަން ޖެހޭ ގޮތަށް އިސްލާހެއް
Parliament

ރަސްމީ ލިޔުންތަކުގައި ދާއިރާގެ ހުރިހާ ރަށެއްގެ ނަން ހިމަނަން ޖެހޭ ގޮތަށް އިސްލާހެއް

ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި މަޖިލީހުގެ ދާއިރާތައް ލިޔާއިރު، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ނަންތައް ހިމަނަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށަހަޅުއްވައި މި އިސްލާހުގައި އިންތިހާބީ ދާއިރާގެ ނަން ލިޔެވިފައި އޮންނަން ވާނީ އާބާދީގެ ތަރުތީބުން، އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިއަށް އޮންނަ ގޮތަށް، އާބާދީގެ ބޮޑު މިނުގެ ތަރުތީބުން ކަމަށް ބުނެފައިވެއެވެ. އަދި އެންމެ...

Report

ހިދުމަތްތައް އަދިވެސް "ވޯކީ ޓޯކީ" ޒަމާނުގެ އުސޫލުން!

ސަރުކާރުގެ ހިންގުމުގެ ނިޒާމްތަކަށް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންނެވެ. ކުރީ ޒަމާނުގައި ހެދިފައި ހުރި ޤާނޫނާއި ޤަވައިދުތައްވެސް އެދަނީ މިޒަމާނާއި ގުޅޭ ގޮތުން ބަދަލުވަމުންނެވެ. ބައިސްކަލާއި ރެޑިއޯ ފަދަ އެއްޗެހި ރަޖެސްޓްރީ ކުރަންޖެހުނު ޒަމާން މިހާރު ވަނީ މާޒީވެފައެވެ. އެހެނަސް މިދެންނެވުނު ބަދަލުތަކުގެ ތެރެއިން ބަދަލުވަމުން އަންނަނީ މަރުކަޒީ ސަރުކާރާއި ގުޅުންހުރި ކަންކަމަށެވެ. އަތޮޅުތެރޭގެ ކަންކަމަށް މިދެންނެވި ޒަމާނީ ބަދަލުތައް އައުމުގައި އުނދަގޫ ގޮތްތަކެއް އެބަހުއްޓެވެ. މާ ބޮޑު ޤާނޫނަކުން...

އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި
International

އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި

އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި އެވެ. ޕާކިސްތާންގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ސިފައިން ދިން ހަމަލާއެއްގައި ޕާކިސްތާންގެ އާއްމުންގެ މީހަކާއި ކުޑަކުއްޖަކު ޝަހީދު ވެފައިވާ ކަމަށެވެ. އެއީ ތިން އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. ދެމީހުން ވެސް ޝަހީދުވީ އިންޑިއާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އ...

ނެޝަނަލް ޗެސް އާކޭޑް ހުޅުމާލޭގައި ހުޅުވައިފި
Sports

ނެޝަނަލް ޗެސް އާކޭޑް ހުޅުމާލޭގައި ހުޅުވައިފި

ރާޒުވާ ކުޅުންތެރިނަށް ރާޒުވާ ކުޅޭނެ ތަނެއް ނެތުމުގެ މައްސަލަ އަށް ހައްލެއް ގެނެސް، ރާޒުވާ ކުޅުމަށް ހާއްސަ ޗެސް އާކޭޑްއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައި ދެއްވީ މިކަމަށްޓަކައި ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސް ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމެންޓް އަހުމަދު މަހުލޫފް އަދި ނެޝަނަލް ޗެސް އެސޯސިއޭޝަންގެ އިސްވެރިންވަނީ...

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި
Thiladhunmathi News

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި އެވެ. ފުލުހުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ކުމުންދޫ ގެއެއް ބަލައި ފާސްކުރި އިރު ސިޙުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުން ތަކެއް ފެނިފައިވާކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން މީހަކު ޙައްޔަރުކޮށްފައިނުވާއިރު، ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މިމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ތިލަދުންއަށް މަޢުލޫމާތު ދީފައެވެ. ކުމުންދޫއިން ވާހަކަ ދެއްވިމީހަކު...

ހަނިމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖޭއެސްސީއިން ނަސޭހަތް ދެނީ
Thiladhunmathi News

ހަނިމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖޭއެސްސީއިން ނަސޭހަތް ދެނީ

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން މެޖިސްޓްރޭޓް ހަނީފް އާ ގުޅިގެން ޖޭއެސްސީއިން ތަހުޤީގު ކުރަމުން ދިޔަ ޝަކުވާ، ތަހުގީގު ކޮމިޓީން ތަހުގީގުކުރަމަށް ފަހު ރިޕޯޓެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ޝަކުވާގައި ހިމެނޭ ފަނޑިޔާރު ހަނީފުއަށް ތައުބީދީ ފިޔަވަޅުގެ ގޮތުން ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމ...

ހަނިމާދޫ ފަޅުގައި އޮތް ޑިންގީއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ
Thiladhunmathi News

ހަނިމާދޫ ފަޅުގައި އޮތް ޑިންގީއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ

ހދ. ހަނިމާދޫ ފަޅުގައި އޮތް ހދ. ކުރިނބީ ޑިންގީއެއްގައި އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ. މިހާދިސާގައި އަނިޔާވިމީހާގެ މޫނުމައްޗާއި އަތުގެ ވަކިހިސާބެއްފިހި ފޮޅުލާފައިވާކަމަށާއި މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް މިހާދިސާގައި އަނިޔާވި ފަރާތުގެ އާއިލާމީހަކު މިނޫހަށް މަޢުލޫމާތުދެއްވިއެވެ. އެފަރާތުން ވާހަކަ ދައްކަމުން އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ގަބޫލުކުރެވެނީ ޕެޓްރޯލް ޓޭންކުގެ ބޭރުގައި ކޮންމެވެސް ވަރަކަށް ޕެޓްރޯލް ހުރު...

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް
Sports

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް

ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ބައިވެރިވާ ޓީމްތައް އިއުލާން ކޮށްފިއެވެ. “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމެއްވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ޓީމް ތަކަކީ ހއ. އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕޮލިސް، ހއ. އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ. […]

ނ. އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް 1 ލައްކަ ރުފިޔާގެ އެހީ
News

ނ. އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް 1 ލައްކަ ރުފިޔާގެ އެހީ

ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް 100,000/-  (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެއްގެ ފައިސާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ. އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް ފައިސާގެ އެހީ ދިނުމަށް ހަދާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހަޅާ ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށެވެ. ނ. އަތޮޅު...

"ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބަޖެޓް ކުރުމަކީ ވައުދު ފުއްދާނެ ކަމުގެ ހެއްކެއް"
Parliament

"ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބަޖެޓް ކުރުމަކީ ވައުދު ފުއްދާނެ ކަމުގެ ހެއްކެއް"

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފިނޭސް މިނިސްޓްރީން ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ތެރޭގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބަޖެޓް ހަމަޖެހިގެން ދިއުމަކީ މި ސަރުކާރުން ވައުދު ފުއްދާނެ ކަމުގެ ހެއްކެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނ...