ޓީޗަރު ހުސެއިން އަކީ ނޮޅިވަރަންފަރު ސްކޫލްގެ ބައްޕަ – ރައީސް
ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ ކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު މަދަރުސާގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އޭނާއަކީ އެ މަދަރުސާގެ ބައްޕަކަމުގައި ސިފަކުރައްވާފައެވެ. ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަން...