ބޮޑު ތިލަދުންމަތި: ރާއްޖޭގެ އެންމެ ބޮޑު ޤުދުރަތީ އަތޮޅު
ބޮޑު ތިލަދުންމައްޗަކީ އެންމެ އިހުޒަމާނުގައި 13 އަތޮޅަކަށް ރާއްޖެ ބަހާފައި އޮތް އިރު، މަލިކު އަތޮޅާ ޖެހިގެން ރާއްޖޭގެ އެންމެ އުތުރަށްވާ އަތޮޅެވެ. މި 13 ބަޔަކީ ޤުދުރަތީ ގޮތުން ރާއްޖޭގެ ރަށްތަށް އުފެދިފައިވާ ގޮތަށާއި މީހުން އާބާދުވެފައިވާ ގޮތަށް ބަލައި ބަހާފައިވާ ބައިތަކެކެވެ. ހަމައެކަނި ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާނަމަ މިއަށްވުރެ ކުދި ބައިތަކަށް އަތޮޅުތައް ބެހެއެވެ. ޖުމްލަކޮށް 26 ބަޔަކަށް ޤުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅުތައް ބެހިގެންވެއެވެ. ޤުދުރަތީގޮތުން އަތޮޅަކީ ކޮބައިތޯ ބަލާއިރު،...