Skip to main content
Editorial Archives

Explore News Archive

Column

މައިންބަފައިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަކީ ކުދިންނަށް ލިބެންޖެހޭ ހައްގެއް

ޗައިލްޑް އެބިއުސް ގެ ވާހަކައަކީ މީހުންގެ ހޭލުންތެރިކަން ލިބިފައިވާ ވާހަކައެކެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި ޖިންސީ ފުރައްސާރައާއި އަނިޔާއަކީ ގިނަމީހުންނަށް އެނގި އޮޅުންފިލާފައިވާ ކަންތައްކަމުގައި ބެލެވިދާނެއެވެ. މިކަމާ ބެހޭގޮތުން ކުޑަކުދިންނާ އެތައް ފަހަރެއްގެ މަތީން ވާހަކަދައްކާ އެކުދިންގެ ވާހަކަ އަޑުއަހައިފީމެވެ. މިގޮތުން ވާހަކަ ދެކެވުނު ތަނެއްގައި ވަރަށް އާދަޔާ ޚިލާފު ކަމެއް އެއްފަހަރަކު ފާހަގަ ކުރެވުނެވެ. އާންމުކޮށް ގިނަފަހަރު ކުދިން އެންމެ ފާހަަގަ ކުރަނީ ޖިންސީގޯނާއާއި ބުލީކުރުމ...

Business

ރ އަތޮޅު މާމުނަގަައު "ދަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް" ރިސޯޓް ހުޅުވައިފި

ރ. މާމުނަގައުގައި ހެދި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ. ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެ ކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ. އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެ...

ހިތާއި ފުއްޕާމޭ ލިބޭނެކަމުގެ އިންތިޒާރުގައި 1 އަހަރު، އާދޭސްކުރަނީ އެހީއަކަށް!
News

ހިތާއި ފުއްޕާމޭ ލިބޭނެކަމުގެ އިންތިޒާރުގައި 1 އަހަރު، އާދޭސްކުރަނީ އެހީއަކަށް!

އައިމިނަތު އަސްރާ އަކީ ޏ.ފުވައްމުލަކަށް އުފަން، ޢުމުރުން 28 އަހަރުގެ ޒުވާނެކެވެ. މިޒުވާނާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އޭނާ ދިރިއުޅެމުން އެ ގެންދަނީ އިންޑިޔާގެ ބެންގަލޫރުގައެވެ. އަސްރާގެ އެއް ބަނޑު އެއްބަފާ ކޮއްކޮ އަކާއި އެކުގައެވެ. އަސްރާގެ ފިރިމީހާ އެއްއަހަރު އިންޑިޔާގައި ހުރުމަށްފަހު މިވަގުތު ހުރީ މާލޭގައެވެ. އަސްރާއަށް އެހީވުމަށް އިންޑިޔާގައި މިވަގުތު ހުރީ އަސްރާގެ ބައްޕަ އެވެ. އަސްރާ އިންޑިޔާގައި އެހާދުވަހު […]

17 އަހަރަށްފަހު ރާއްޖޭގެ ސާފިން ޓީމް ވޯލްޑް ސާފިން ގޭމްސްއަށް
Sports

17 އަހަރަށްފަހު ރާއްޖޭގެ ސާފިން ޓީމް ވޯލްޑް ސާފިން ގޭމްސްއަށް

2002 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ޤައުމީ ސާފިންޓީމް ވޯލްޑް ސާފިން ގޭމްސްގައި ބައިވެރިވެއްޖެއެވެ. މިމަހުގެ 7 ން 15 ގެ ނިޔަލަށް ޖާޕާނުގެ މިޔަޒާކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ސާފިން ގޭމްސް 2019 ގައި ބައިވެރިވާ ދިވެހި ޓީމްގައި ހިމެނެނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަލީ އަހްސަން، ސާފިން އެސޯސިއޭޝަންގެ ކޮންޓެސްޓް ޑިރެކްޓަރ އަހުމަދު ރިފާއީ އަބްދުއްސައްތާރު، ޓީމް ގެ މޭނޭޖަރ ނަހްޝަލް ނާސިރު، […]

Column

އުފެދުނީ އިތުރު ސުވާލުތަކެއް!

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން މިއަދުގެ ނޫސްވެރިނަގެ ބައްދަލުވުމުން އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަކަށް މިއަދު ގިނަ ޖަވާބުތަކެއް ލިއްބައިދީފިއެވެ. މިނޫސްވެރިންގެ ބައްދަލުވުމަކީ މައްސަލަތަކާއި ގުޅިފައިވާ ޢާއިލާތަކުން އިންސާފަށްއެދި ކުރަމުންދާ އާދޭހުގައި އުންމީދުގެ ކުލަ ޖެހެންފެށި ނޫސްވެރިންގެ ބައްދަލުވުމެކޭ ދެންނެވިދާނެއެވެ. ​​ނޫސްވެރިންގެ ބައްދަލުވުމުން ސާފުވި މައިގަނޑުދެކަމަކީ، ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ތިބ...

Sports

ދިރާގު ޔޫތުލީގު 2019: މާޒިޔާ އަދި ބީޖީގެ ތިންވަނަ މެޗްއިންވެސް މޮޅުވެއްޖެ.

ފުޓްބޯލް އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ”ދިރާގު ޔޫތުލީގު 2019 “ ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ. ރޭ ކުޅުނު މެޗްތަކުން ބީޖީ ސްޕޯޓްސް އެކެޑެމީ އަދި މާޒިޔާ ސްޕޯޓްްސް އެކެޑެމީ ވަނީ ކާމިޔާބު ކޮށްފައެވެ. ބީޖީ ސްޕޯޓްސް އެކެޑެމީން އީގަލްސް ސްޕޯޓްސް އެކެޑެމީގެ މަށްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އާލީޓަޗް ފުޓްބޯލް އެކެޑެމީއާއި ބައްދަލުކޮށް މާޒިޔާ ސްޕޯޓްސް އެކެޑެމީން މެޗް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި […]

Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އުތީމު އައްސަދު

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހއ އަތޮޅު އުތީމު، އަލިމަސް، އަބްދުﷲ އައްސަދު ހަމަޖައްސައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން އައްސަދު މިމަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އައްސަދު އެންމެ ފަހުން ހުންނެވީ އުތީމު ކައުންސިލްގެ ޒިންމާދާރުވެރިއެއްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ނޮޅިވަރަމް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އައްސަދު ވަނީ ވައިކަރަދޫ ހެލްތު ސެންޓަރުގައި ވެސް މަސައްކަތް ކޮށްފައެވެ. އައްސަދު ވަނީ...

އިންޓަރނެޓް އަގުހެޔޮކުރުން - އާންމު މިލްކިއްޔާތަށް ދިރާގު ގެންނަންޖެހޭ!
Column

އިންޓަރނެޓް އަގުހެޔޮކުރުން - އާންމު މިލްކިއްޔާތަށް ދިރާގު ގެންނަންޖެހޭ!

މިފަހަކަށް އައިސް އިންޓަރނެޓުގެ އަގުބޮޑުކަމުން ޢާންމުންގެ ޝަކުވާ ބޮޑުވެ ގިނަ ކެމްޕެއިންތަކެއް ހިންގެމުން އެބަދެއެވެ. އިންޓަރނެޓަކީ އަހަރުމެންގެ އެކަކު އަނެކަކާއި ގުޅުން ދަމަހައްޓަން އޮތް މެދުވެރިޔާއެވެ. އަދި އަހަރުމެންގެ އާންމު މަސްލަހަތާ ގުޅޭކަންކަމުގައި މަޝްވަރާ ކުރަން އޮތްވެސް މެދުވެރިޔާއެވެ. މިހެންކަމުން އިންޓަރނެޓުގެ ޚިދުމަތާއި މޮބައިލް ފޯނުގެ ޚިދުމަތަކީ އަސާސީ ޚިދުމަތްތައް ކަމަށް އ.ދ. ފަދަ ދުނިޔޭގަ ބޮޑެތި ޖަމިއްޔާތަކުންވެސް އެދެކެއެވެ. މިލިޔުމުގައި އާންމުން އެދޭގޮތަށް މިޚިދުމަތް ނުގެންދެވޭ...

Raajje

މެރީން ރިސަރޗް ސެންޓަރގެ ނަން "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް" އަށް ބަދަލުކޮށްފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ “މެރީން ރިސަރޗް ސެންޓަރ” ގެ ނަން، “މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް” މި ނަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 29 އޮގަސްޓް 2019 ވަނަ ދުވަހު ބަދަލުކުރައްވައި އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފިއެވެ. މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް ބެހިފައިވާ ގޮތަކީ ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކ...

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު
Parliament

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާގައި އެ ދެ ރަށުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ހިތްވަރާ ނަމޫނާ އަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތައުރީފުކޮށް ޝުކުރު ދަންނަވައިފިއެވެ. މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދެ ރަށުގެ ރައްޔިތުން ވެސް ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމަށް ޝުކުރާ ސާބަސް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސުނާމީ […]

Thiladhunmathi News

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސަމީރު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަނެއްކާވެސް ކުރިމަތިލައްވައިފި އެވެ. މިހާރު ސުޕްރީމް ކޯޓުގައި ހުސްވެފައި އޮތީ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރު އަލީ ސަމީރަކީ ހދ.ނައިވާދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު މާރޗް 26 ވަނަ ދުވަހު ހައި ކޯޓަށް އައްޔަން […]

Thiladhunmathi News

ކައުންސިލްގެ ރައީސް، ނަޝީދަށް: ކުޅުދުއްފުށީގެ ތަރައްޤީއަށް ނިކަމެތިކަން އަންނާނެ ވާހަކައެއް ބަލައެއްނުގަނެވޭނެ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަކީ “މޮޔަ ކަމެއް” ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ރައްދުދެއްވައިފި އެވެ. ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށް ނަޝީދު ވިދާޅުވީ އެމްޑީޕީން ފެށި ޒުވާންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި، މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ކުރެހުމަކީ ތަ...

ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅެގެން ކުށްވެރިވި، ސަލާމަތްވީ ފިލީމަ: ފިއްޓޭ
Parliament

ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅެގެން ކުށްވެރިވި، ސަލާމަތްވީ ފިލީމަ: ފިއްޓޭ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ފިއްޓޭ “ކުޑައިރު” ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅުއްވައިގެން ކުށްވެރިވިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ. މިހެން އެބޭފުޅާ ވިދާޅުވީ މިދިޔަ ހަފްތާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށައެޅުއްވި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މެންބަރު ޒިޔާދު ވިދާޅުވީ އިސްލާހިއްޔާ ހަދައިގެން ކުދިން ބަންދުކޮށްގެން އިސްލާހުކުރަން މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ނުވާނެކަމެއްކަމަށް...

ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅު ރައްޔިތުންވެސް ބޭނުންވޭ: ލަތީފް
Thiladhunmathi News

ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅު ރައްޔިތުންވެސް ބޭނުންވޭ: ލަތީފް

ދޮންވެލި ގޮނޑުދޮށްތަކުގެ ފައިދާވެސް ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ އިއްޔެ އެއިނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ލަތީފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހދ ގެ ކޮންމެ ރަށަކަށްވެސް ޓޫރިޒަމްގެ ފައިދާ ބޭނުންވާ ކަމަށާއި ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަމަށާއި އަދި ކަޅުބިލަމަހުގެ މަސްވެރިކަންވެސް ތަރައްޤީ ކޮށްދެއްވުން އެދޭކަމަށާއި މިކަންކަމަށް ދެކޮޅު ހަދާނެ ރައްޔިތަކު ނެތްކަން ލަތީފ...

Report

ހޮނޑާފުށި ރިސޯޓު، 21 ޑޮލަރާއި އެކު ސާވިސް ޗާޖް ލިސްޓްގެ ފުލުގައި

ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައިވަނީ 21 ޑޮލަރު (323.82 ރުފިޔާ) ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.maldivessc.com ގައި ބުނެފައިވެ އެވެ. މިވެބްސައިޓުގައި ބުނެފައިވާގޮތުން މިއީ އޮގަސްޓްމަހު އެންމެ މަދުން ސާވިސްޗާޖު ދީފައިވާ ރިސޯޓެވެ. އެ ވެބްސައިޓުގައި 55 ރިސޯޓުގެ ސާވިސްޗާޖް ހިމަނާފައިވާއިރު ދެވަނައަށް އެންމެ މަދުން ދިން ރިސޯޓުގެ ގޮތުގައި ހިމަނާފައިވަނީ އީކުއޭޓަރ ވި...