ގަނާކުރުމަށް ނޫނެކޭ ބުނާށެވެ!
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކުދިންނަށް ލިބިފައިވާ ހުނަރުތަކާއި ކުރެވޭ ނުކުރެވޭ ކަންކަންވެސް ތަފާތެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި ދިރިއުޅެވޭނީ މިތަފާތުތަކަށް އިޙްތިރާމްކޮށްގެންނެވެ. ކުދިންގެ މެދުގައި ހުންނަ ތަފާތުތަކަށް އިޙްތިރާމްކުރުމާއެކު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރުމަށްޓަކައި ގަނާކުރުމާއި ދެކޮޅު ހަދައި އެކަމަށް ނޫނެކޭ ބުނަންޖެހެއެވެ. މަލާމާތްކުރުމާއި ފުރައްސާރަކުރުމުން ފެށިގެން ގޮސް ގަޔަށް އަތްލައި މާރާމާރީ ހިންގުން ފަދަ ނުރަނގަޅު އާދަތަ...