Skip to main content
Editorial Archives

Explore News Archive

Thiladhunmathi News

ސިއްރު ފެންފުށީގައި ހެދި އަންޑަވޯޓާ އާޓް ގެލެރީން ބުދުތައް ނަގައި އަލުން ހުޅުވައިފި

ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައި ހެދި އަންޑަވޯޓާ އާޓް ގެލެރީ، ތަފާތު ސްކަލްޕްޗާތަކަކާ އެކު އަލުން ހުޅުވައިފި އެވެ. ށ. އަތޮޅުގައި އޮންނަ ސިއްރު ފެންގުށި ހިންގާ ފެއާމޮންޓް ހޮޓަލްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ދަ ކޮރެލޭރިއަމް”ގެ ނަން ދީފައިވާ މި ގެލެރީ އަލުން ހުޅުވާފައި ވަނީ މުރަކަތަކެއް ސިފަވާ ގޮތަށް ހުންނަ ސްކަލްޕްޗާތަކަކާ އެކުގަ އެވެ. އެގޮތުން، މުރަކަތެއް ހެދި، ބޮޑުވަމުން އަންނަ ގޮތް ދައްކައިދޭ މި ސްކަލްޕްޗާތައް ހުންނަނީ އެ ތަނުގެ […]

Raajje

"މިނެއް، ހަމައެއް، ހައްދެއް ނެތި އޮތްހާކަމެއް މާލެއަށް ޖަމާ ކުރުމަކީ މާލޭގައި ހުރި ބޮޑެތި މައްސަލަ ތަކުގެ އަސްލު"

މިނެއް، ހަމައެއް، ހައްދެއް ނެތި އޮތްހާކަމެއް މާލެއަށް ޖަމާ ކުރުމަކީ މާލޭގައި ހުރި ބޮޑެތި މައްސަލަ ތަކުގެ އަސްލުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ ހުސައިން މިހެން ވިދާޅުވީ މާލޭ ސިޓި ކައުންސިލުން އިއްޔެ އޮތް ބައްދަލު ކުރެއްވުމަކަށް އިސާރާތް ކުރައްވައެވެ. އަލީ ހުސައިންގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި ލާމަރުކަޒީީ ނިޒާމު ޤާއިމު ކުރުމުގައި މާލޭ ސިޓީ ކައުންސިލަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ. ދިވެހިރާްއްޖޭގައި ލ...

Thiladhunmathi News

ވައިކަރަދޫ ދާއިރާގައި ހުރި ހައުސިންއާ ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރު އާތިފާއާ ހިއްސާކުރައްވައިފި

ހައުސިންއާ ގުޅޭ ކަންކަމުގައި ވައިކަރަދޫ ދާއިރާގެ ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ހައުންސިލް މިނިސްޓަރު އާތިފާއާ ހިއްސާކުރައްވައިފިއެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު(ފިއްޓޭ) ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގައި ހުރި ހައުސިން މިނިސްޓްރީއާ ގުޅޭ ދާއިރާތަކުގެ ކަންކަން މިނިސްޓަރު އާތިފާއާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ފިއްޓޭ ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ވައިކަރަދޫ ދާއިރާގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މ...

ރައީސް ރ. އަލިފުށްޓަށް ވަޑައިގެންފި
News

ރައީސް ރ. އަލިފުށްޓަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް މިއަދު ވަޑައިގެންފިއެވެ. ރ. އަތޮޅުގެ ދެރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅު އަލިފުށްޓަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަލިފުށީ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އެމަނިކުފާނުގެ މިޒިޔާރަތުގައި ރ. އަތޮޅު...

މާދަމާ މަޖިލީހުގެ ޖަލްސާއެެއް ބާއްވަނީ
Parliament

މާދަމާ މަޖިލީހުގެ ޖަލްސާއެެއް ބާއްވަނީ

ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ މަޖިލީޙުގެ ފުރަތަމަ ދައުރު ނިންމައި، ޗުއްޓީއަށް ގޮސްފައިވަނީ، މިދިޔަ ހަފްތާގައި ބުރާސްފަތި ދުވަހު އެވެ. ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތާވަލުކޮށް މާދަމާ އަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިފައިވަނީ  އެމްޑީޕީގެ ފަރާތުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) އެވެ. މ...

ހޯރަފުށި ކައުންސިލަށް ލައިސަންސް ކާޑު ހަދާ މެޝިނެއް ހަދިޔާ ކޮށްފި
Thiladhunmathi News

ހޯރަފުށި ކައުންސިލަށް ލައިސަންސް ކާޑު ހަދާ މެޝިނެއް ހަދިޔާ ކޮށްފި

ހއ. ހޯރަފުށީގައި ލައިސަންސު ކާޑު ހެއްދުމުގެ ބޭނުންވާ މެޝިނެއް އެ ރަށު ކައުންސިލަށް ހަދިޔަ ކޮށްފިއެވެ. ހޯރަފުށީގައި ކައުންސިލަށް މި މެޝިން އިއްޔެ ހަދިޔާ ކުރީ އެޓޯލް މާކެޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މެޝިން ކައުންސިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަފީޒެވެ. ހޯރަފުށި ކައުންސިލުން ބުނީ ދާދި އަވަހަށް ސީދާ އެ ރަށުން ލައިސަންސު ކާޑު ލިބިގެންދާނެެ ކަމަށެވެ. License card Hoarafushi gai hedhumah Atoll Market Pvt Ltd in Hoarafushi […]

އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ
Raajje

އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ

އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާތިޔާ ވިދާޅުވީ، ރާއްޖޭގައި ވަރަށް ބޮޑަށް އެހީވާންޖެހޭ ސްކޫލްތައް އެބަހުރި ކަމަށާއި، ހުރިހާ ސްކޫލެއް އޮތީ އެއް ފެންވަރެއްގައި ނޫން ކަމަށެވެ. އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ، ޓީޗަރުންނާއި ދަރިވަރުން ބޭނުންކުރާނެ ފާހާނާއެ...

ހޯރަފުށީގައި ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްގީކުރަނީ
Thiladhunmathi News

ހޯރަފުށީގައި ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްގީކުރަނީ

ހއ. ހޯރަފުށިގައި ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުށީގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިކަމަށެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ސަލީމު ހާމައެއް ނުކުރައްވައެވެ. މީ ހޯރަފުށި ޒުވާނުންނަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށް ވެސް ސަލީމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. Hoarafushi zuvaanunah varah ufaaveri khabareh!...

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން އެމްޑީޕީން އެދިއްޖެ
Parliament

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން އެމްޑީޕީން އެދިއްޖެ

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލިހުގެ އިދާރާގައި އެދިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ފަރާތުން މިހާރު […]

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައްވައިފި
News

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ސަރުކާރުން ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވައިފައި ވަނީ މިއަދުން ފެށިގެން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުޞަތު ހުޅުއްވާލައްވާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ...

ރައީސް ރ. މީދޫއަށް ވަޑައިގެންފި
News

ރައީސް ރ. މީދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރި ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށ...

International

މުގާބޭގެ ހަށިގަނޑު ޒިމްބާބްވޭ އަށް ގެންދަން ދަތުރު ފަށައިފި

ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވި ޒިމްބާބްވޭގެ ކުރޫގެ ރައީސް، ރޮބަޓް މުގާބޭގެ ހަށިކޮޅު، ޒިމްބާބްވޭ އަށް ގެންދިއުމަށް ދަތުރު ފަށައިފިއެވެ. މިއަދު ހެނދުނު، ސިންގަޕޫރުން މުގާބޭގެ ހަށިކޮޅު ފުރުވާލާފައިވާއިރު، އޭނާގެ ހަށިކޮޅު ލައިފައިވާ ސަންދޯއް، އެއަރޕޯޓަށް ގެންގޮސްފައިވަނީ ސިންގަޕޫރު ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި، މޮޓަކޭޑުގައެވެ. ހަށިކޮޅު ގެންދަނީ އެކަމަށްޓަކައި ހިފާފައިވާ މަތިންދާބޯޓެއްކަމުގައިވާއިރު، މުގާބޭ އަވަހާރަވުމާއެކު، އެޤައުމުގެ މިހާރުގެ ސަރުކާރުގެ ބައެއް އ...

އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބައްދަލުވުންތަކެއް ސިޓީ ކައުންސިލުން ބާއްވަނީ
Raajje

އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބައްދަލުވުންތަކެއް ސިޓީ ކައުންސިލުން ބާއްވަނީ

އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބައްދަލުވުންތަކެއް ސިޓީ ކައުންސިލުން ބާއްވަން ނިންމައިފިއެވެ. މިގޮތުބް ބޭއްވޭ ފުރަތަމަ ބައްދަލުވުން އޮންނާނީ މިރޭ މާލޭގެ މާބަލް ހޮޓަލުގައި ކަމަށެވެ. ދެވަނަ ބައްދަލުވުން މި މަހުގެ 15 ވަނަ ދުވަހު ހުޅުމީދޫގައި ބާއްވަން ހަމަޖެހިފައިވާ އިރު، ތިން ވަނަ ބައްދަލުވުން އޮންނާނީ 16 ވަނަ ދުވަހުގެ ރޭ ފޭދޫގަ އެވެ. އަދި ހަތަރު ވަނަ ބައްދަލުވުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އޮންނާނީ ހިތަދޫގަ އެވެ. މިދިޔަމަހުގެ24 ވަނަ ދުވަހު […]

Business

ކެމެރާއަށް ބަލާފައި އައިފޯން 11 ގަންނަވަރުވޭބާ؟

ރޭ އަނެއްކާވެސް ވެފައިވާ އެތައް ބައެއްގެ އިންތިޒާރުތަކަށް ނިމުން އައި ރެޔަކަށެވެ. އެތައް ބަޔަކު، އެ އެއްޗެއް ބަލާލުމަށްޓަކައި އިންތިޒާރުކޮށްގެން ތިބި އައިފޯން 11 ރޭ ވަނީ ދައްކާލާފައެވެ. ފޯނު ބާޒާރަށް ނެރޭއިރަށް ގަންނަން ތައްޔާރުވަމުންދާ މީހުންވެސް ބައިވަރެވެ. ސްމާޓްފޯނާއި ޓެކްނޮލޮޖީގެ ވާހަކަތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާގޮތުގައި އައިފޯން 11 އަކީ ގަންނަން ރަނގަޅު ފޯނެކެވެ. އެފަރާތްތަކުން އެކަމަށް ބާރުދޭ އެތައް ސަބަބެއްވެސް ދައްކަމުންދެއެވެ. ހަމައެހެންމެ، ފޯނުގެ އަގަށް ބަލާއިރުވެސް، މިއީ އެކ...

Thiladhunmathi News

ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓު މިހާރު އޮންލައިންކޮށް ގަނެވޭނެ

މިދިޔަ އަޟްހާ ޢީދު ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށި ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އޮންލައިން ކޮށް ޓިކެޓު ނެގޭނެ އިންތިޒާމު މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ. މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމު، އެ އެއަރލައިނުން ހަމަޖައްސާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ފަސިންޖަރ ސޭލްސް އެޖެންޓުން މެދުވެރިކޮށް އެ އެއަރޕޯޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ht...