Skip to main content
Editorial Archives

Explore News Archive

މަލިކު ކައިރިން ހިފެހެއްޓި "އަންބަރީ" މަސްދޯނި ދޫކޮށްލައިފި
Raajje

މަލިކު ކައިރިން ހިފެހެއްޓި "އަންބަރީ" މަސްދޯނި ދޫކޮށްލައިފި

އިންޑިއާ ކަނޑުގެ ސަރަހައްދު، މަލިކު ކައިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި އެވެ. ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ. “Anbaree” dhoanyaai falhuverin miadhu dhookollaane kamah dhemme India Sarukaarun alhugan’dah angavaifi. Masverikan kurumugai ehen qawmthakuge sarahadhdhah nuvanumah ilthimaaskuran! — […]

އެމް.ޓީ.ސީ.ސީއިން "ހިނިތުންވުމާއެކު" ކެންޕެއިނެއް ފަށައިފި
Business

އެމް.ޓީ.ސީ.ސީއިން "ހިނިތުންވުމާއެކު" ކެންޕެއިނެއް ފަށައިފި

7 އޮކްޓޯބަރ އިން މިމަހުގެ 11 އަށް ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން “ހިނިތުންވުމާއެކު” ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ. މިއަދު “ހިނިތުންވުމާއެކު” ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނިންދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކަސްޓަމަރުންނާ...

60 މީހަކަށް ބީއެމްއެލް އިން "ވީލްޗެއާ" ހަދިޔާކޮށްފި
Raajje

60 މީހަކަށް ބީއެމްއެލް އިން "ވީލްޗެއާ" ހަދިޔާކޮށްފި

ހިނގާ ބިނގާވެ އުޅުން ދަތިވެފައިވާ 60 މީހަކަށް ބީއެމްއެލް އިން ވީލްޗެއަރ ހަދިޔާ ކޮށްފިއެވެ. ހިނގާ ބިނގާވެ އުޅުމަށް ދަތި ފަރާތްތަކަށް ވީލްޗެއާ ހަދިޔާކުރީ ބީއެމްއެލްގެ އަހަރެންގެ ބޭންކް ޕްރޮގްރާމުގެ ދަށުންނެވެ. އެގޮތުން މިއަހަރު 60 މީހަކަށް ބީއެމްއެލް އިން ވަނީ ވީލްޗެއާ ހަދިޔާ ކޮށްފައެވެ. މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ 76 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފައެވެ. ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު […]

ނުރަސްމީ ތަޢުލީމުގެ މަހާސިންތާ ފަށައިފި
Raajje

ނުރަސްމީ ތަޢުލީމުގެ މަހާސިންތާ ފަށައިފި

“ނުރަސްމީ ތަޢުލީމުގެ މަހާސިންތާ” ފަށައިފިއެވެ. މި މަހާސިންތާ ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ނުރަސްމީ ތަޢުލީމުގެ މަހާސިންތާ އަކީ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ ފެށުމަށް މިއަދު ހެނދުނު ވަނީ ރައްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމުގައިވާ މުހައްމަދު މުސްތަފާ ހުސެއިން އެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ، އަލްފާޟިލާ އައިޝަތު އަލީ ވެސް ބައިވ...

އޭޑީއެސް އަލިފުށި ޕޮލިސް ހިޔަލަ ވޮލީ މުބާރާތް ފަށައިފި
Sports

އޭޑީއެސް އަލިފުށި ޕޮލިސް ހިޔަލަ ވޮލީ މުބާރާތް ފަށައިފި

އޭޑީއެސް އަލިފުށި ޕޮލިސް ހިޔަލަ ވޮލީ މުބާރާތް ފަށައިފިއެވެ. އަލިފުށި ޑިވޮލޮޕްމެންޓް ސޮސައިޓީއާއި، އަލިފުށީގައި މަސައްކަކުރާ ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި މުބާރާތް މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަލިފުށީ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ އަލިފުށި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެންމެންގެ ތެރޭގައި […]

ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް ރަށްތަކަށް ފޮނުވައިފި
Raajje

ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް ރަށްތަކަށް ފޮނުވައިފި

ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، 14 ފަޔަރ ސްޓޭޝަނަށް ފޮނުވައި ނިންމާލައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ 14 ފަޔަރ ސްޓޭޝަނަށް ފޮނުވިފައިވަނީ 24 ވެހިކަލް އަދި 05 ލޯންޗު ކަމަށެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަރ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯރމް ޓެންޑަރ ވެހިކަލްގައި 200 ލީޓަރު ފޯރމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލެއެވެ. […]

ހިލޭ ލެޑް ބޮކި ބޭނުން ނަމަ ދާންވީ ސްޓެލްކޯއަށް!
Raajje

ހިލޭ ލެޑް ބޮކި ބޭނުން ނަމަ ދާންވީ ސްޓެލްކޯއަށް!

ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 2 ލެޑްބޮކި ދިނުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން ލެޑްލައިޓް ދޫކުރަން ފަށައިފިއެވެ. ލެޑް ބޮކި ދޫކުރަމުން ދަނީ ކަރަންޓު މީޓަރަކަށް 2 ބޮކީގެ ރޭޓުން ކަމަށާއި އެ ކުންފުނިން ލެޑް ބޮކި ދޫކުރަމުން ދަނީ ކުރިން ދޫކޮށްފައި ނުވާ ގޭބީސީ ތަކަށް ކަމަށް އެކުންފުނިންވަނީ ބުނެފައެވެ. ހުރިހާ ގޭބީސީއަކަށް ބެހުމަށް ހަމަޖެހިފައިވާ ލެޑް ބޮކިތައް ބެހުމަށް ސަރުކާރުން ވަނީ  ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި (ސްޓެލްކޯ) އާއި ފެނަކަ […]

އެމްޑީއެންގެ ރިޕޯޓާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
Parliament

އެމްޑީއެންގެ ރިޕޯޓާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުން ވަނީ ފާސްކޮށް ބަހުސް ފަށާފައެވެ. އެމައްސަލައަށް ބަހުސް ކުރަން 55 މެންބަރުން ވޯޓް ދެއްވިއެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުގެ...

Raajje

އެމްޑީއެން އުވާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަންގައި 14000 މީހުން ސޮއިކޮށްފި

އެމްޑީއެން އުވާލުމަށް ގޮވާލާ ހަދާފައިވާ އޮންލައިން ޕެޓިޝަންގައި 14000 މީހުން ސޮއިކޮށްފިއެވެ. 3 ދުވަސްކުރިން ފެށި މި ޕެޓިޝަންގައި މިހާތަނަށް ޖުމްލަ 14000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެ، އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލާފައެވެ. ޤުރުއާން އަށް ފާޑުކިޔާ، މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށް އިސްލާމް ދީނަށް އިހާނެތިކޮށް ބަސް ބުނާ ލާދީނީ އެމްޑީއެން އުވާލުމަށް، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އަށް ގޮވާލަން! އެމްޑީއެން […]

Raajje

ގުޅީ ފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރު 2022 ގައި ނިންމައި ހުޅުވަނީ

މާލެ ވިޔަފާރި ބަނދަރު ގުޅި ފަޅަށް ބަދަލުކޮށް 2022 ގައި ނިންމައި، ހުޅުވާނެ ކަމަށް ސަރުކާރުން މިހާރު އާއްމުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން ގުޅިފަޅު ބަނދަރު 2022 ގައި އެއްކޮށް ނިންމާނެ އެވެ. އެސްއޭޕީގެ “ނޫ އިގްތިސޯދު” ބައިގައިވަނީ މީގެ އިތުރުން ލައިޓް އިންޑަސްޓްރިއަލް މެންފެކްޗަރަލް ދެ ޒޯނެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ހަދާނެ ކަމަށެވެ. ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށް ކޮންސަލްޓަންސީ ހެދުމަށް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލ...

ދައުލަތުގެ ޖުމްލަ ހަރަދު ދަށަށް، މުސާރަ އާއި އިދާރީ ހަރަދުތައް މައްޗަށް
Raajje

ދައުލަތުގެ ޖުމްލަ ހަރަދު ދަށަށް، މުސާރަ އާއި އިދާރީ ހަރަދުތައް މައްޗަށް

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ދަށަށް ގޮސްފައިވީ ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދު މި އަހަރުގެ ތެރޭގައި މައްޗަށް މައްޗަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. 2019 ވަނައަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުން ޖުމްލަ ހަރަދުކޮށްފައި ވަނީ 16.342 ބިލިއަން ރުފިޔާ އެވެ. އެއީ 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 16.907 ބިލިއަން ރުފިޔާ އަށް ވުރެ ގާތްގަނޑަކަށް 500 މިލިއަން […]

ތަފްޞީލް: 12 އަހަރުން ނުނިމުނު "އުލިގަމު ސިޓީ ހޮޓާ"
Thiladhunmathi News

ތަފްޞީލް: 12 އަހަރުން ނުނިމުނު "އުލިގަމު ސިޓީ ހޮޓާ"

އުލިގަމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް 36 ހެކްޓަރުގެ ބިން ދޫކޮށްފައިވެ އެވެ. މީގެ 12 އަހަރު ކުރިން ސިޓީ ހޮޓަލެއް އެ ރަށުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވީ ނަމަވެސް އެ ތަނުގައި ސިޓީ ހޮޓަލެއް ތަރައްގީކުރެވިފައެއް ނުވެ އެވެ. އެހެންކަމުން މިރިޕޯޓުގައި ބަލައިލާނީ އުލިގަމު ސިޓީ ހޮޓަލަށް ވީގޮތުގެ ތަފްޞީލަށެވެ. އުލިގަމު ސިޓީ ހޮޓެލް މިއަދާހަމައަށް އައިއިރުވެސް ނުނިމި ދިގުލައިގެން ދިޔަ ސަބަބުތަކާއި އެކަމުގައި އެކި ސަރުކާރުތަކުން ކަންކޮށްފައިވާ ގޮތުގެ މައްޗަށެވެ. ހއ. އުލިގަމުގައި 4 […]

އިސްލާމްކަމުގެ މަތިވެރި ނިޢުމަތް
Religion

އިސްލާމްކަމުގެ މަތިވެރި ނިޢުމަތް

ޝައްކެއްވެސް ނެތްގޮތުގައި އިންސާނަކަށް މިދުނިޔެމަތީގައި މާތް ﷲ ދެއްވަވާނޭ އެންމެ މަތިވެރި އަދި އެންމެ ބޮޑު ނިޢުމަތަކީ ޙައްޤުގޮތުގައި މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް އެމީހަކަށް ދެއްކެވުމެވެ. މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން ކައުއިތުރު މާތް ނަބިއްޔާ  صلى الله عليه وسلم ގެ އަތްޕުޅުމަތިން މުޅި އިންސާނީ އުންމަތުގެ މައްޗަށް އިސްލާމްދީން ފުރިހަމަކޮށް ދެއްވާފައިވަނީ ދުނިޔެ ޖަހާލަތުގެ އަނދިރިކަމުގައި ވަނިކޮށެވެ. އެ އަނދިރިކަން އިސްލާމްދީނުގެ ނޫރުން އަލިވެ އުޖާލާވެގެން ދިޔައެވެ. އޭރު...

ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް "ތިލަދުން"
Thiladhunmathi News

ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް "ތިލަދުން"

ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތެ މީޑިޔާ ޕާރޓްނަރަކަށް “ތިލަދުން” ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކާ އިއްޔެ ބޭއްވުނު ހަފްލާއެއްގައި ފިނޭ ވައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ގެފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް މުޙައްމަދު ޝިހާމްއެވެ. “ތިލަދުން” ގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ ފައުންޑަރ ޙުސައިން ޝަޤީފް އެވެ. މި މުބާރާތަކީ ހދ އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރު މިމުބާރާތުގައި ހދ. އަތޮޅުގެ 6 ރަށަކުން...