މިސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިއްޖެ
މި ސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިފައި ވާކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވަނީ މި ސަރުކާރު އައި ފަހުން ނިމުނު ޕްރޮޖެކްޓްތަކާއި ފައިސާ ދައްކައި ނިމުނު ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިހާތަނަށް މި ސަރުކާރުން އެއް ބިލިއަން ރުފިޔާގެ 42 މަޝްރޫއެއް ނިންމާފައިވާ […]