ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން
ށ. ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފަށައިފިއެވެ. މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ހިއްސާކުރަމުން ނަރުދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ޑެޕިއުޓީ މެނޭޖަރ އަލީ ރަމްޒީ ވިދާޅުވީ މިވަގުތު ސޯލާއިން ކަރަންޓު ދެމުންދަނީ ހެނދުނު 7:30 އިން ހަވީރު 5:30 އަށް ކަމަށެވެ. ސޯލާ ސިސްޓަމް ބޭނުން ކުރަން ފެށުމާއެކު ދުވާލަކަށް 200 ލީޓަރ ސޭވް ކުރެވޭނެކަމަށާއި އެއީ 130 ކިލޯ ވޯޓްކަމަށް ރަމްޒީ ވިދާޅުވިއެވެ. އަދި މިބަދަލުގެ ސަބަބުން އެރަށުގައި...