"ކަނޑާލިފިނޮޅު" ވަށަފަރުގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި
ހއ. ވަށަފަރު ފަޅުތެރޭ އޮންނަ “ކަނޑާލިފިނޮޅު”، އެރަށުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ނިންމެވުމާއެކު ކަނޑާލިފިނޮޅަކީ މިހާރު ވަށަފަރުގެ އިދާރީ ދާއިރާގެ ބައެކެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ކަނޑާލިފިނޮޅު ވަށަފަރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ނިންމެވީ ހއ. ވަށަފަރުގެ ރައްޔިތުން އެކަމަށް...