Skip to main content
Editorial Archives

Explore News Archive

ރަސްމާލެއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއި 15،000 ވަޒީފާ ފަހިވާނެ: މުއްތަލިބު
Raajje

ރަސްމާލެއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއި 15،000 ވަޒީފާ ފަހިވާނެ: މުއްތަލިބު

ރަސްމާލެ މަޝްރޫޢު އެއްކޮށް ނިމުމުން އެތަނަށް އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމުގެ އިތުރުން އަމިއްލަ ދާއިރާއިން 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއަކީ ދިވެހި ދައުލަތަށް...

ޒުވާން އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފި
Raajje

ޒުވާން އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފި

އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނުވަ މީހަކު ހައްޔަރުކޮށް، އެ މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވައިފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ފޮނުވި ހާއްސަ ޓީމުން މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުން...

300 ވަނަ ލަނޑާއެކު ތާރީޚު ލިޔަން 46 އަހަރުގައި ރޮނާލްޑީނިއޯ އެނބުރި ކުޅުމުގެ ތެރެއަށް
Sports

300 ވަނަ ލަނޑާއެކު ތާރީޚު ލިޔަން 46 އަހަރުގައި ރޮނާލްޑީނިއޯ އެނބުރި ކުޅުމުގެ ތެރެއަށް

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ، ވާދަވެރި ފުޓްބޯޅަ މެޗަކަށް އަންނަ މަހު އަލުން ކުޅުމުގެ ތެރެއަށް ނުކުންނަން ނިންމައިފިއެވެ. އުމުރުން 46 އަހަރުގައި އޭނާ އެނބުރި ކުޅުމަށް ނުކުންނަނީ އިޓަލީގެ ތިންވަނަ ޑިވިޝަން ނުވަތަ ސެރީ ސީ ގައި ވާދަކުރާ ކްލަބެއް ކަމަށްވާ ރަވެންނާއަށެވެ. ރަވެންނާއިން ހުކުރު ދުވަހު އިއުލާނުކުރި ގޮތުގައި، އެ ކްލަބުގެ ވާދަވެރި ޓީމެއް ކަމަށްވާ ފޯލީއާ ދެކޮޅަށް އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކުޅޭ ޑާބީ މެޗުގައި ރޮނާލްޑީނިއޯ ބައިވެރިވާނެއެވެ. […]

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި
Thiladhunmathi News

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި

ހއ. ކެލާ ބަނދަރުގެ ސަރަހައްދަކަށް ވެލިއަރައި ތިލަވުމާ ގުޅިގެން، ބަނދަރު ފުންކުރުމުގެގޮތުން އާންމުންގެ ބޭނުންތަކަށް ވެލި ނެގުމުގެ ފުރުސަތު އެއްމަސް ދުވަހުގެ މުއްދަތަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކެލާ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރައި ތިލަވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުންކުރުމުގެ ގޮތުން، އާންމުންގެ ބޭނުންތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ރަށު ބަނދަރުން ވެލި ބޭނުންވާ...

ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި
Thiladhunmathi News

ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށާއި، ނޮޅިވަރަންފަރުގެ ބޮޑު ސަރަހައްދަކުން ފެން ހިނދި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން އާންމުކުރި ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ނޮޅިވަރަމަށް ވާރޭ ވެހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ވާރޭ ހުއްޓުނު ނަމަވެސް، އެ ރަށުގެ ގިނ...

''ކާނެ ޕާންކޮޅެއް ފަދަވެސް ނެތް''، އެހީ ކަނޑާލުމުން ފަލަސްތީނުގެ ރައްޔިތުންގެ ބަނޑުހައިހޫނުކަން އިންތިހާއަށް
Report

''ކާނެ ޕާންކޮޅެއް ފަދަވެސް ނެތް''، އެހީ ކަނޑާލުމުން ފަލަސްތީނުގެ ރައްޔިތުންގެ ބަނޑުހައިހޫނުކަން އިންތިހާއަށް

އިސްރާއީލުގެ ލާއިންސާނީ އަސްކަރީ ހަމަލާތަކާ ގުޅިގެން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް، އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ދެމުން އައި ކާބޯތަކެތީގެ އެހީގެ ދެބައިކުޅަ އެއްބައި ކަނޑާލުމާ ގުޅިގެން އެ މީހުން އިންތިހާއަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން ފޯރުކޮށްދޭ ފައިސާގެ އެހީ މަދުވުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހު ޑަބްލިއުއެފްޕީން އެހީ ލިބޭ މީހުންގެ އަދަދު 50 އިންސައްތައަށް ދަށްކުރިއިރު،...

ކުޅުދުއްފުށީގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސަލާމަތްކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސަލާމަތްކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގެ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ވަނީ އެ އުޅަނދަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ...

އިބްރާހީމީ މިސްކިތުގައި ބަންގި ގޮވުން މަނާކޮށް، އިސްރާއީލުން މިސްކިތް ފޭރިގަންނަން އުޅޭ ކަމުގެ އިންޒާރު
International

އިބްރާހީމީ މިސްކިތުގައި ބަންގި ގޮވުން މަނާކޮށް، އިސްރާއީލުން މިސްކިތް ފޭރިގަންނަން އުޅޭ ކަމުގެ އިންޒާރު

ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހެބްރޮން (އަލްޚަލީލް) ސިޓީގައި ހުންނަ މުހިންމު ބިނާއެއް ކަމަށްވާ މަސްޖިދުލް އިބްރާހީމީ (އިބްރާހީމީ މިސްކިތް) މުޅިން އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުމަށްޓަކައި އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށާއި، ވޭތުވެދިޔަ 10 ދުވަހު އެ މިސްކިތުގައި ބަންގި ގޮވުން ވެސް މަނާކޮށްފައިވާ ކަމަށް ފަލަސްތީނުގެ ހެބްރޮންގެ ގަވަރުނަރު ޚާލިދު ދޫދީން އިންޒާރު ދެއްވައިފިއެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދޫދީން ވިދާޅުވީ، އިސްރާއީލުން ހ...

އެލް ކްލެސިކޯ ކަވަރުކުރަން 40 ކެމެރާ: މުޅި ދުނިޔޭގެ ލޯ ޔަމާލާއި އެމްބާޕޭ އަށް
News

އެލް ކްލެސިކޯ ކަވަރުކުރަން 40 ކެމެރާ: މުޅި ދުނިޔޭގެ ލޯ ޔަމާލާއި އެމްބާޕޭ އަށް

ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުރިމަތިލާ ފޯރިގަދަ އެލް ކްލެސިކޯ މެޗު މި އަންނަ އާދީއްތަ ދުވަހު ކުޅުމަށް ތައްޔާރުވަމުން އަންނައިރު، މި މެޗު ޓީވީން ކަވަރުކުރުމަށް 40 ކެމެރާ ބޭނުންކުރުމަށް ވަނީ ނިންމައިފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޭ ބެލަންޑިއޯ އެވޯޑު އިއުލާނުކުރުމުގެ އެއް ދުވަސް ކުރިން ކުޅޭ މި މެޗުގައި، މުޅި ދުނިޔޭގެ ލޯތައް މައިގަނޑު ގޮތެއްގައި ހުއްޓޭނީ ވާދަވެރި ދެ ޓީމުގެ ދެ ތަރިން ކަމަށްވާ ލަމީން ޔަމާލާއި ކީލިއަން އެމްބާޕޭގެ […]

ހިޓްލަރުގެ މަޝްހޫރު 'އީގަލްސް ނެސްޓް' ގައި އަލިފާން ރޯވެއްޖެ، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
International

ހިޓްލަރުގެ މަޝްހޫރު 'އީގަލްސް ނެސްޓް' ގައި އަލިފާން ރޯވެއްޖެ، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖަރުމަނުވިލާތުގެ ކުރީގެ ނާޒީ ލީޑަރު އަޑޮލްފް ހިޓްލަރު އަލްޕްސް ފަރުބަދަމަތީގައި ބޭނުންކުރި ރިޓްރީޓް، “ކެލްސްޓައިންހައުސް” ނުވަތަ އާންމު ނަމުން ނަމަ “އީގަލްސް ނެސްޓް” ގައި އަލިފާން ރޯވެ އަނދަމުންދަނިކޮށް، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖަރުމަނުގެ ދެކުނުގައި އޮންނަ ބަވޭރިއާ ސްޓޭޓުގައެވެ. ޓްރައުންސްޓައިންގެ ކަމާބެހޭ ފަރާތްތަކަށް މި އިމާރާތުގައި އަލިފާން ރޯވެގެން ރިޕޯޓު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ ލޯކަލް ގަޑިން 21:15 (ޖީއެމްޓީން 19:15) ގައެވެ. އަލ...

125 ރަށަކުން 352 ޒުވާނުން: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗު އިފުތިތާޙުކޮށްފި
Raajje

125 ރަށަކުން 352 ޒުވާނުން: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗު އިފުތިތާޙުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ ޒުވާނުން މި ތަމްރީނުގައި ބައިވެރިވާ ކަމަށެވެ. އެގޮތުން މި ބެޗުގައި 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުން ހިމެނެއެވެ. އެމ...

ޕްރެކްޓިހުގެ ތެރެއިން ހޭނެތިގެން ވެއްޓި، ބަޔާންގެ ކޯޗު ކޮމްޕެނީ ހޮސްޕިޓަލަށް ގެންގޮސްފި
Sports

ޕްރެކްޓިހުގެ ތެރެއިން ހޭނެތިގެން ވެއްޓި، ބަޔާންގެ ކޯޗު ކޮމްޕެނީ ހޮސްޕިޓަލަށް ގެންގޮސްފި

ބަޔާން މިއުނިކްގެ ޕްރެކްޓިސް ސެޝަނެއް ކުރިއަށް ދަނިކޮށް ހޭނެތިގެން ވެއްޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން ހުކުރު ދުވަހު މިކަން ހާމަކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ވައިރަލް ރޯގާއެއް ޖެހި އޭނާ ހުރީ ބަލިވެއެވެ. މި ބަލީގެ ސަބަބުން މިދިޔަ ދުވަސްތަކުގައި އޭނާއަށް ޓީމުގެ ބައެއް ޕްރެކްޓިސްތައް ވެސް ވަނީ ގެއްލިފައެވެ. ބަޔާން މިއުނިކުން ނެރުނު ބަޔާނެއްގައި ބުނީ، ކޮމްޕެނީ ހޭނެތިގެން ވެއްޓި ސިއްހީ އެހީތެރިކަ...

ފްރާންސްގެ ހަމަނުޖެހުންތަކާ ހެދި ޕީއެސްޖީގެ މެޗު ފަސްކުރުމުން، ޑެމްބެލޭ އަށް ބެލޮންޑިއޯ ހަފުލާ ގެއްލިއްޖެ
Sports

ފްރާންސްގެ ހަމަނުޖެހުންތަކާ ހެދި ޕީއެސްޖީގެ މެޗު ފަސްކުރުމުން، ޑެމްބެލޭ އަށް ބެލޮންޑިއޯ ހަފުލާ ގެއްލިއްޖެ

ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ވަރުގަދަ އަދި އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން ފުލުހުން އެދުމުގެ މަތިން، އާދީއްތަ ދުވަހު ކުޅެން އޮތް ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އާއި ލިޔޯން ބައްދަލުކުރާ ލީގު 1 ގެ މެޗު ހޯމަ ދުވަހަށް ފަސްކުރުމާ ގުޅިގެން، އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑު ހާސިލްކުރި އުސްމާން ޑެމްބެލޭ އަށް ލަންޑަނުގައި ބާއްވާ މި އަހަރުގެ އެވޯޑު ދިނުމުގެ ހަފުލާ ގެއްލިއްޖެއެވެ. ފްރާންސްގެ ލީގު ހިންގާ އިދާރާ (އެލްއެފްޕީ) އިން ހުކުރު ދުވަހު ނެރުނު […]

ށ.އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި
Thiladhunmathi News

ށ.އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ށ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ނުވަތަ އެޕޮއިންޓްމަންޓް ހަދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފިއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، އަލަށް ގެނައި މި ބަދަލުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. އަލަށް ގެނެވުނު ބަދަލުތަކާ އެކު، ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މެންދުރުފަހު އެވެ...

ސިޔާސީ ވެރިއަކު ''މުސަޅަކަށް'' ހަދައިގެން ޖެހި ޖޯކަކުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް ޑީއެންއޭ ނަގައިފި
News

ސިޔާސީ ވެރިއަކު ''މުސަޅަކަށް'' ހަދައިގެން ޖެހި ޖޯކަކުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް ޑީއެންއޭ ނަގައިފި

އިނގިރޭސިވިލާތުގެ ލޯކަލް ކައުންސިލަރެއްގެ ފޮޓޯއަކަށް ބަދަލު ގެނެސް، މުސަޅެއްގެ ސިފަ ޖެހޭގޮތަށް ސޯޝަލް މީޑިއާގައި ހިއްސާކުރި 15 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށް، އޭނާގެ ފިންގަޕްރިންޓާއި ޑީއެންއޭ ފުލުހުން ނަގައިފިއެވެ. މި މައްސަލައިގައި ވެސްޓް މިޑްލެންޑްސް ފުލުހުން ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ “ރިފޯމް ޔޫކޭ” ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފްރޭޒާ ނަމަކަށް ކިޔާ ކުއްޖެކެވެ. ފްރޭޒާ އޭނާގެ ފޭސްބުކް މެދުވެރިކޮށް ފާޑުކިޔާފައިވަނީ ވުލްވަހެމްޕްޓަންގެ ކޮންޒަވޭޓިވް ކައުންސިލަރެއް ކ...