Skip to main content
Editorial Archives

Explore News Archive

''މީ ކުޑަ މިންވަރެއް'': ހަމަލާތަކާއެކުވެސް އީރާނުން ބިމުއަޑީގައި މިސައިލް އުފެއްދުން އިތުރުކޮށްފި
International

''މީ ކުޑަ މިންވަރެއް'': ހަމަލާތަކާއެކުވެސް އީރާނުން ބިމުއަޑީގައި މިސައިލް އުފެއްދުން އިތުރުކޮށްފި

އީރާނުގެ ސިނާއީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވެފައިވީ ނަމަވެސް، އެ ގައުމުން ބިމުއަޑީގައި ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް އަލުން ފަށައި، އުފެއްދުންތެރިކަން އިތުރުކުރަން ފަށައިފިއެވެ. އެމެރިކާއާއި މެދުއެކުވެނިވި ގައުމުތަކުގެ މަސްއޫލުވެރިންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ދަނީ ކުރިން ރައްކާކޮށްފައި ހުރި ބައިތަކާއި ރޯ މެޓީރިއަލް ބޭނުންކޮށްގެން ދިޔާ ފިއުލް އަދި ސޮލިޑް ފިއުލް ބޭނުންކުރާ ބެލިސްޓިކް މިސައިލް އެސެމްބަލް ކުރަމުންނެވެ...

ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ.ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ “މަދަޙަ މުބާރާތް 2026” ނިންމާލައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެވިޑް އިންޓަނޭޝަނަލް ސްކޫލާއި އެ ރަށު ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރުމުގެ މަޤްޞަދުގައި، ބޭއްވި މުބާރާތެކެވެ. މި މަދަހަ މުބާރާތުގައި އިސްލާމީ އަޚުލާޤާއި، މާތްﷲ ގެ ކިބަފުޅަށް ޙަމްދާއި ސަނާ ދެންނެވުމަށާއި، ކީރިތި ރަސޫލާ ޞޢވ ގެ މާތް ސިފަފުޅުތަކަށް ތަޢުރީފުގެ މަދަހަތައް އިވިގެން ގޮ...

''ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން''
Raajje

''ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން''

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށ...

ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ
Sports

ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ

ދިވެހި ފުޓްބޯޅައިގެ އެންމެ ދިގު ތާރީޚެއް އޮތް ގަލޮޅު ދަނޑުގައި، ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗަށް ނިކުންނަން ބޮޑު ތިލަދުންމަތީގެ ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ތައްޔާރުވެއްޖެއެވެ. އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދިއްދޫ ޓީމު، 2026/2027 ދިވެހި ޕްރިމިއާ ލީގުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނިކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ދިއްދޫ ޓީމުގެ ފުރަތަމަ މެޗާ ދިމާކޮށް، ޓީމުގެ ފަރާތުން ވަނީ ބޮޑު ތިލަދުންމަތީގެ ހުރިހާ […]

މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ސަރުކާރުގެ ކުންފުންޏެއް
Raajje

މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ސަރުކާރުގެ ކުންފުންޏެއް

ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރ...

ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު ޕްރިންސެސް އަސްޓްރިޑް އަވަހާރަވެއްޖެ
International

ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު ޕްރިންސެސް އަސްޓްރިޑް އަވަހާރަވެއްޖެ

ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު، ޕްރިންސެސް އަސްޓްރިޑް އުމުރުފުޅުން 94 އަހަރުގައި އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވެފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ނޯވޭގެ ޝާހީ ގަނޑުވަރުން އާންމުކުރި ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ. ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ރަސްގެފާނު ހާކޮން 8 ވަނަ ވިދާޅުވީ، ޕްރިންސެސް އަސްޓްރިޑްގެ ދިގު ހަޔާތްޕުޅުގައި އެކަމަނާ ވަނީ އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު ނޯވޭގެ ޝާހީ އާއިލާ ތަމްސީލުކޮށްދެއްވާފައި ކަމަށެވެ. އުފަންވެވަޑައިގަތީ 1...

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 3ގެ ފުޓްސަލް ޗެމްޕިއަންކަން ޓީމު އޮރެންޖު ހޯދައިފި
Thiladhunmathi News

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 3ގެ ފުޓްސަލް ޗެމްޕިއަންކަން ޓީމު އޮރެންޖު ހޯދައިފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 3 ގެ ފުޓްސަލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް އޮރެންޖް ހޯދައިފިއެވެ. މުބާރާތުގެ ރަނަރަޕް ޓީމް، ޓީމް ގްރީންގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެ ގޮތުން އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އެ ޓީމުން އުފައްދާފައިވެއެވެ. ނަމަވެސް ވާދަވެރި ކުޅުމެއް ދައްކައި، ފުރުޞަތުތަކުގެ ބޭނުން ހިފައި، މެޗް ކާމިޔާބުކޮށް، ޓީމް […]

ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް
Thiladhunmathi News

ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް

މުޙިއްމު ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް، އެ ކުދިން ބެލެހެއްޓުމަށް ހއ. ދިއްދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ. ދިއްދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި އެއްވެސް ބޭނުމެއް ނެތި ހަރަކާތްތެރިވަމުންދާކަން އެ [...

ސައޫދީގެ އިރުމަތި-ހުޅަނގު ތެޔޮ ހޮޅިއަށް ދިން ހަމަލާތަކަކާ ގުޅިގެން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފި
International

ސައޫދީގެ އިރުމަތި-ހުޅަނގު ތެޔޮ ހޮޅިއަށް ދިން ހަމަލާތަކަކާ ގުޅިގެން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފި

ސައޫދީ އަރަބިއްޔާގެ ރިޔާޟް އަދި މަދީނާ ސަރަހައްދުން ދަތުރުކުރާ އެ ގައުމުގެ ސްޓްރެޓީޖިކް “އީސްޓް-ވެސްޓް” (އިރުމަތި-ހުޅަނގު) ތެޔޮ ހޮޅިއަށް ދިން އެކި ހަމަލާތަކަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހުއެވެ. އެނާޖީ މިނިސްޓްރީގެ ރަސްމީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ...

ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ބިނާކުރުމުގެ ތަމްރީނެއް
Thiladhunmathi News

ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ބިނާކުރުމުގެ ތަމްރީނެއް

ހދ. ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ތަމްރީންކޯށް ގާބިލުކަން އިތުރުކުރުމުގެ ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި ނައިވާދޫ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ”ޕަޑީ” ގެ ފަންނީ އެހީތެރިކަމާއެކުގ...

ވޯލްޑް ކަޕްގެ އޭއައި މީމްސްތަކުން އެނގެނީ މީހުންގެ ސިޔާސީ ހޭލުންތެރިކަން ކުޑަކަން: އެމްބާޕޭ
Sports

ވޯލްޑް ކަޕްގެ އޭއައި މީމްސްތަކުން އެނގެނީ މީހުންގެ ސިޔާސީ ހޭލުންތެރިކަން ކުޑަކަން: އެމްބާޕޭ

ވޯލްޑް ކަޕް މުބާރާތުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އޭނާއަކީ ހުދުމުޚުތާރު ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށް އުފައްދާފައިވާ މީމްތަކާ މެދު ފްރާންސާއި ރެއާލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ ނުރުހުން ފާޅުކޮށްފިއެވެ. އޭނާ ބުނީ މިފަދަ މީމްސްތަކުން ދައްކުވައިދެނީ އާންމުންގެ މެދުގައި ސިޔާސީ އަދި އިންސާނީ ހޭލުންތެރިކަން ކުޑަކަން ކަމަށެވެ. ‘ފްރާންސް ފުޓްބޯޅަ’ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވި މި މީމްސްތަކާ މެދު ދެ...

މުރައިދޫ ވެޓެރަންސް ވޮލީ: ހއ.އަތޮޅު ޓީމުތަކަށް ކާމިޔާބު ދުވަހެއް، ބާރަށާއި ފިއްލަދޫ މޮޅުވެއްޖެ
Thiladhunmathi News

މުރައިދޫ ވެޓެރަންސް ވޮލީ: ހއ.އަތޮޅު ޓީމުތަކަށް ކާމިޔާބު ދުވަހެއް، ބާރަށާއި ފިއްލަދޫ މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހުކުރު ދުވަހުގެ މެޗުތައް ބާރަށާއި، ފިއްލަދޫ ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި ހުކުރު ދުވަހު ހަވީރު ހއ. ބާރަށާއި ހދ. ކުޅުދުއްފުށީ ސިޓީގެ ކުރިމަތިލުމުގައި ބާރަށް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިއީ މުބާރާތުގައި ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ބައްޔެވެ. ކުޅުދުއްފުށީ ސިޓީން ވަނީ ކުރިން ކުޅުނު ތިން މެޗުން […]

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
Raajje

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މިއަދުގެ މޫސުން ލަފާކުރެވޭގޮތުގެ މައުލޫމާތު އާންމުކުރަމުން މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް މެޓުން ބުންޏެވެ. މިއަދު އާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަ...

ދެ މަސް ދުވަހުގެ ބަންދަށްފަހު ޔޫއޭއީގައި ތިބި އީރާނު މަސްވެރިން މިނިވަންވެއްޖެ
International

ދެ މަސް ދުވަހުގެ ބަންދަށްފަހު ޔޫއޭއީގައި ތިބި އީރާނު މަސްވެރިން މިނިވަންވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފައި ތިބި އީރާނުގެ 10 މަސްވެރިއަކު މިނިވަންކުރުމާ ގުޅިގެން، އެ މީހުން އެނބުރި ގައުމަށް ދިއުމަށް ދަތުރުފަށައިފިއެވެ. ދުބާއީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ޖެނެރަލުން ވަނީ، ޔޫއޭއީގެ ބަންދުގައި ތިބި އެ ގައުމުގެ ފަޅުވެރިން ހުކުރު ދުވަހު މިނިވަންވެ، ގައުމަށް އެނބުރި ދިއުމަށް ދަތުރުފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ ކޮންސިއުލޭޓުން ބުނި ގޮތުގައި، މިނިވަންވި މަސްވެރިން ޔޫއޭއީގެ ސަރަހައްދުން ނުކުމެ، ޕާޝިއަން ގަލްފު ހު...

ހައިވޭގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ
Raajje

ހައިވޭގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ، ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ރޭ 21:13 އެހައިކަންހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން […]