Skip to main content
Editorial Archives

Explore News Archive

ގޮއިދޫ ''ކައުންސިލް ސްޕޯރޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ''އަޒުމް'' އަށް
Sports

ގޮއިދޫ ''ކައުންސިލް ސްޕޯރޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ''އަޒުމް'' އަށް

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026” ގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން “އަޒުމް” ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލްގައި އަޒުމްއާ ވާދަކޮށް މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ގްރީން ވިންގްސްއެވެ. އަދި ފެއާޕްލޭ ޓީމަކަށް  ހޮވިފައިވަނީ، އޯކިޑެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 5000 ރުފިޔާ އަދި ޓްރޮފީއެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަޤާމާއި، މުޅި […]

އޭއައި އާއި ސުމޭކީ އީޖާދުތަކާއެކު ފަތުރުވެރިކަން މުސްތަޤްބަލަށް ފައްކާކުރަންޖެހޭ: ރައީސް
Raajje

އޭއައި އާއި ސުމޭކީ އީޖާދުތަކާއެކު ފަތުރުވެރިކަން މުސްތަޤްބަލަށް ފައްކާކުރަންޖެހޭ: ރައީސް

ދިވެހިރާއްޖެއަށް ޚާއްޞަވެގެންވާ ޤުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަޤާފީ ސިފަތަކާއި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމާއެކު، ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްޤީކުރުމުގެ ޒަރީޢާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، “ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް”...

''ރަސްމާލެއިން ޕްރޮޕަޓީ ގަތަސް ބިން އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި، އޮޓޮމެޓިކުން ވާރުތައެއް ނުވާނެ''
Raajje

''ރަސްމާލެއިން ޕްރޮޕަޓީ ގަތަސް ބިން އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި، އޮޓޮމެޓިކުން ވާރުތައެއް ނުވާނެ''

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި ގުޅިގެން ރަސްމާލޭގައި ހިންގާ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫޢުގެ ދަށުން ރަސްމާލޭން ޕްރޮޕަޓީއެއް ގަތް ކަމުގައި ވިޔަސް، އެ ޕްރޮޕަޓީ ހިމެނޭ ބިން އޮންނާނީ ދިވެހި ދައުލަތުގެ މިލްކެއްގެ ގޮތުގައި ކަމަށާއި، އެއީ އޮޓޮމެޓިކުން ވާރުތަވާނެ އެއްޗެއް ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން އެ ތަނުގެ ބިނ...

ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި މިއަދު ފަށަނީ
Sports

ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި މިއަދު ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި ފަށާނެއެވެ، މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖޯޝުން ފުރިގެންވާ ވާދަވެރި މި މުބާރާތުގައި ވާދަކުރާނީ، ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫއާއި، އެ އަތޮޅުގެ ރަނަރަޕް ފިއްލަދޫ އާއި، ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ އާއި، އެ އަތޮޅުގެ ރަނަރަޕް ނައިވާދޫ އަދި ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމެވެ. މި މުބާރާތުގައި ހއ. އަތޮޅު ބުރުގައި ބައިވެރިވީ […]

''މާއުނގޫދޫގެ ކަނބަލުންނަކީ ވަރަށް ހުނަރުވެރި، ކެރޭ ބައެއް'' ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި
Thiladhunmathi News

''މާއުނގޫދޫގެ ކަނބަލުންނަކީ ވަރަށް ހުނަރުވެރި، ކެރޭ ބައެއް'' ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި

ށ. މާއުނގޫދޫގައި ކުރިއަށް ގެންދިޔަ “ވިމެން އެންރިޗްމަންޓް ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީއެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރަށުގެ ކަނބަލުންގެ އިޖްތިމާޢީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ކަނބަލުން އިޖްތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިޔާސީގޮތުން  ބާރުވެރިކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 15 ކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕ...

ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!
Raajje

ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!

މާލޭ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 1.5 ލައްކަ (150،000) ރުފިޔާ ވަގަށް ނެގި މީހާ ފުލުހުންގެ ތަހުގީގަށް އިއުތިރާފުވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި، މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ވަނީ ބަލައި ދިރާސާކޮށްފައެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (27)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (27)

22 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” އެކަމަކު އަހަރެން ކައިރީ އަހައިވެސް ނުލާ، ތިވަރުގެ ބޮޑު ނިންމުމެއް ކީއްވެ ތި ނިންމީ؟” މާޔާ ސުވާލުކުރީ ވަރަށް ރުޅި ގަދަވެގެންނެވެ. ޙަޤީޤަތުގައި އާއިޒަށް އެ ގުޅުނީ އެންމެ ނުބައި ވަގުތެވެ. މާޔާގެ ހިތާއި ސިކުނޑިއަށް ކުރަމުންދާ އަސަރުތައް ޚުދު މާޔާއަށް ވެސް ކޮންޓްރޯލް ނުކުރެވެއެވެ. ” މަންމަ އެ ގޮތް ބޭނުންވާތީ، މާޔާ ވެސް ހުރީ އެ ރޭ ހިޔާލު ބަދަލުވެފައެއްނު. އަދި މިއަދު ވެސް ބުނީމެއްނު ކައިވެނި […]

އާޓިފިޝަލް ޓާފުގެ ނުރައްކާ ބޮޑުވުމުން މިސްރުން ސަލާހަށް ރެސްޓެއް ދީފި
Sports

އާޓިފިޝަލް ޓާފުގެ ނުރައްކާ ބޮޑުވުމުން މިސްރުން ސަލާހަށް ރެސްޓެއް ދީފި

އެފްރިކަން ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) ގެ ކޮއަލިފައިންގްގައި ސައުތު ސޫދާނާ ދެކޮޅަށް މިސްރުން ކުޅޭ މެޗުގައި ކެޕްޓަން މުހައްމަދު ސަލާހު ނުކުޅޭނެ ކަމަށާއި، އޭނާއަށް ރެސްޓު ދޭން ނިންމާފައިވާ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ. މިސްރުން މިގޮތަށް ނިންމީ އެ މެޗު ކުޅޭ ދަނޑުގައި އާޓިފިޝަލް ޓާފު އަޅާފައިވުމުން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވުމާ ގުޅިގެންނެވެ. އީއެފްއޭ އިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ، ކޯޗު ހުސާމް […]

ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: މެންޗެސްޓާ ސިޓީ
Sports

ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: މެންޗެސްޓާ ސިޓީ

އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި 114 މައްސަލައެއްގައި މެންޗެސްޓާ ސިޓީ ކުށްވެރިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، އެ ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މެންޗެސްޓާ ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެއެވެ. ސިޓީގެ ސަޕޯޓަރުންނަށް ފޮނުއްވި އާމު ސިޓީއެއްގައި މުބާރަކް ވަނީ މައްސަލައިގެ ގާނޫނީ މަރުހަލާތައް އަދި ނުނިމޭކަން ފާހަގަކުރައްވައި، ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ކުރާ މަސައްކަތް ކު...

އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޗައިނާއާއި ރަޝިޔާއިން ގޮވާލައިފި
International

އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޗައިނާއާއި ރަޝިޔާއިން ގޮވާލައިފި

އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަންދުކުރުންތައް ވަގުތުން އުވާލުމަށް ޗައިނާއާއި ރަޝިޔާއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފިއެވެ. ހޮނިހިރު ދުވަހު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޗައިނާގެ ނައިބު ރައީސް ހާން ޖެންގް އާއި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވަނީ ގަލްފު ސަރަހައްދުގެ ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކިއުބާއަށް ބިރުދެއްކުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. ޗައިނާގެ ނައިބު ރައީސް ހާން ޖެން...

ގެވެށި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ދޭން ތިން ސަރަހައްދެއްގައި ތިން މަރުކަޒެއް ތަރައްޤީކުރަނީ
Raajje

ގެވެށި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ދޭން ތިން ސަރަހައްދެއްގައި ތިން މަރުކަޒެއް ތަރައްޤީކުރަނީ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަންދީ، އެމީހުން އާއްމު ދިރިއުޅުމަށް ދިއުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި މަރުކަޒުތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު ޤީލާ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި...

ޔަމާލްގެ ގޯލާއެކު ފެށި ފޯރިގަދަ މެޗުން ސްޕެއިނުން އިނގިރޭސިންގެ މައްޗަށް ކުރިހޯދައިފި
Sports

ޔަމާލްގެ ގޯލާއެކު ފެށި ފޯރިގަދަ މެޗުން ސްޕެއިނުން އިނގިރޭސިންގެ މައްޗަށް ކުރިހޯދައިފި

ޔޫއޭއީއެފްއޭ ނޭޝަންސް ލީގުގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 3-2 އިން އިނގިރޭސިން ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ނަތީޖާ ނެރެފިއެވެ. ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ސްޕެއިން ޓީމުން ހޯދި މި މޮޅާއެކު، ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށް، ޔޫރަޕުގެ ޓީމަކުން ގާއިމުކުރި އެންމެ ދިގު ނޮޓްބީޓެން ރެކޯޑު އެޓީމުން ވަނީ އިތުރަށް ފުޅާކޮށްފައެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި […]

ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި
Thiladhunmathi News

ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަށް ކުރަމުންދާ ފުރަތަމަ ދަތުރުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުތީމަށް ބަނދަރުކުރުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ކަންތައްތަކެއް އިންތި...

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މިރޭ ހާމަކުރެއްވި ގޮތުގައި، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅަށްފަހު އެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ކިހާތާކުކަމެއް ރައީސް އޮފީހުން ހާމައެެއް ނުކުރެއެވެ.

ޚާމަނާއީ އަވަހާރަކޮށްލުން ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް: ރަޝިޔާ
International

ޚާމަނާއީ އަވަހާރަކޮށްލުން ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް: ރަޝިޔާ

އީރާނުގެ އިސްލާމީ އިންޤިލާބުގެ ރޫޙީ ލީޑަރު އާޔަތުއްލާ ސައްޔިދު އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން އަވަހާރަކޮށްލި ހާދިސާ ކުށްވެރިކުރައްވައި، އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރޫސީވިލާތުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ. ލަވްރޯވް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ. އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ އިތުރުން އީރާނުގެ ޢަސްކަރިއްޔާގ...