Skip to main content
Editorial Archives

Explore News Archive

ށ.އަތޮޅު ހޮސްޕިޓަލްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ޅައިމަގާއި ނަރުދޫއަށް
Thiladhunmathi News

ށ.އަތޮޅު ހޮސްޕިޓަލްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ޅައިމަގާއި ނަރުދޫއަށް

ށ. އަތޮޅު ހޮސްޕިޓަލުން ކުރިއަށްގެންދާ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، ށ. ޅައިމަގު އަދި ށ. ނަރުދޫގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ. 1 އޮކްޓޫބަރު 2026 (މާދަމާ) ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްޞަދަކީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމުގައި ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވެއެވެ. މި އައުޓްރީޗް ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްތައް ލިބިގެންދާ...

ފިނޭއިން ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ތިން ބިމެއް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ފިނޭއިން ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ތިން ބިމެއް ކުއްޔަށް ދޫކުރަނީ

ހދ. ފިނޭގައި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. ފިނޭ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބުރުގައި ޖުމްލަ 3 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށު އާމަގުންނާއި ޒިޔާރަތްމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 100,000 (އެއްލައްކަ) އަކަފޫޓުގެ 2 ބިމާއި، 80,000 (އަށްޑިހަ ހާސް) އަކަފޫޓުގެ 1 ބިމެވެ. މި ދަނޑުބިންތަކަށް ކުރިމަތިލުމުގެ ފުރ...

މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މިލަންދޫ ކައުންސިލް ރައީސް އިބްރާހީމް ނިހާދް “ތިލަދުން”އަށް ވިދާޅުވީ މިލަންދޫއަކީ ބެޑްމިންޓަންގެ ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް ދެވޭ އަހައްމިއް...

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް
Thiladhunmathi News

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް

ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، “ކެޓަނެޓް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވ...

''ފްލައި ޑުބާއީ ހާދިސާ: ކޮކްޕިޓުގައި ހުސް ލޭ، ނުރައްކަލުގެ ސިގްނަލް ފޮނުވީ ޕައިލެޓަށް ހަމަލާދިނުމުން''
International

''ފްލައި ޑުބާއީ ހާދިސާ: ކޮކްޕިޓުގައި ހުސް ލޭ، ނުރައްކަލުގެ ސިގްނަލް ފޮނުވީ ޕައިލެޓަށް ހަމަލާދިނުމުން''

ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިޑުބާއީގެ ފްލައިޓް އެފްޒެޑް1073 އިން ހައިޖެކް ކުރުމުގެ ސިގްނަލް ފޮނުވީ ބޯޓުގެ ކޮކްޕިޓްތެރޭގައި ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ޕައިލެޓަށް ވަޅިއަކުން ހަމަލާދިނުމުން ވަނީ ބޯޓު ހައިޖެކްކުރި ކަމުގެ ސިގްނަލް ފޮނުވާފައެވެ. އަދި އެއަށްފަހު ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައިވާކަމަށް ރިޕޯޓްތައް...

ބޮޑު ތިލަދުންމަތީ ބޮޑުބާޒާރާއި އައިލެންޑް ކާނިވަލް މިއަދު ފަށަނީ، ބޮޑު ތިލަދުންމައްޗަށް ދަޢުވަތު
Thiladhunmathi News

ބޮޑު ތިލަދުންމަތީ ބޮޑުބާޒާރާއި އައިލެންޑް ކާނިވަލް މިއަދު ފަށަނީ، ބޮޑު ތިލަދުންމައްޗަށް ދަޢުވަތު

ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބޮޑުތިލަދުންމަތި ބޮޑުބާޒާރާއި އައިލެންޑް ކާރނިވަލްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. މި ، ރަސްމިއްޔާތުގައި އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ސިޓީކައުންސިލުން ދަޢުވަތު އަރުވާފައިވެއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2026 ވާ މިއަދު ހަވީރު 16:15 ގައި ކުޅުދުއްފުށި ސިޓީ، ބީޗް ހޭންޑްބޯލް އެރީނާ ގައ...

ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް އުލިގަމަށް، ރައްޔިތުންގެ ފަރާތުން ސަގާފީ ހޫނު މަރުޙަބާއެއް
Thiladhunmathi News

ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް އުލިގަމަށް، ރައްޔިތުންގެ ފަރާތުން ސަގާފީ ހޫނު މަރުޙަބާއެއް

ކޯސްޓްގާޑް ޝިޕް (ސީޖީއެސް) އިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުލިގަމަށް ބަނދަރުކޮށް، އެ ރަށަށް ތާރީޚީ ޕޯޓް ކޯލެއް ކޮށްފިއެވެ. އުލިގަމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެންމެ އުތުރުގެ ސްޓޭޝަން އަދި އެ ކޮމާންޑުގެ އެންމެ ދުވަސްވީ އެއް ކޯސްޓްގާޑް ސްޓޭޝަން ގާއިމުވެފައިވާ ރަށެވެ. ސީޖީއެސް އިމާދުއްދީން އެ ރަށަށް ކައިރިކުރުމުން، އުލިގަމު ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުންގެ ފަރާތުން ވަނީ އުޅަނދުގެ ފަޅުވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އުލިގަމުގެ ޒަމާންވީ ސަގާފަތާ އެއްގޮތްވާ...

ފްލައި ޑުބާއީގެ ފްލައިޓަކުން ހައިޖެކް ސިގްނަލެއް ފޮނުވުމުން ކުއްލި ގޮތަކަށް ޖެއްސުމުގެ މަސައްކަތް ފަށައިފި
International

ފްލައި ޑުބާއީގެ ފްލައިޓަކުން ހައިޖެކް ސިގްނަލެއް ފޮނުވުމުން ކުއްލި ގޮތަކަށް ޖެއްސުމުގެ މަސައްކަތް ފަށައިފި

ދުބާއީން ފުރައިގެން އިޒްރޭލުގެ ޓެލް އަވީވަށް ދަތުރުކުރި ފްލައިޑުބާއީގެ މަތިންދާބޯޓަކުން ހައިޖެކް ކުރިކަމުގެ ސިގްނަލެއް ފޮނުވުމާ ގުޅިގެން، އެ ބޯޓު މިސްރާބު ބަދަލުކޮށް ސައޫދީ އަރަބިއްޔާއަށް ކުއްލި ގޮތަކަށް ޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ. މެދުއިރުމަތީގެ ބައެއް މީޑިއާތަކުން މިކަން ރިޕޯޓްކޮށްފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އިޒްރޭލުން ވަނީ އެ ބޯޓަށް ފާރަވެރިވުމަށް އަސްކަރީ ޖެޓްތައް ވައިގެ ތެރެއަށް ނެރެފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 27 ކުޑަކުދިންނާއެކު ޖުމްލަ 174...

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (28)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (28)

27 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ދާ ތަނަކަށް މަންމަ ވެސް ގެންދައްޗޭ. ” ޖަމީލާގެ ޖުމްލައިން މާޔާގެ އިތުރުން އާއިޒް ވެސް ދިޔައީ ސިހިގެންނެވެ. ކައިވެންޏަށްފަހު ދެމަފިރިން އެކަނި ދާ ހަނީމޫން ދަތުރުގައި ބައިވެރިވާން މަންމަ އެދިދާނެ ކަމަކަށް، ފަހަރެއްގައި ވެސް އާއިޒް ހިތަކަށް ނާރައެވެ. ” މަންމަގެ ރައްޓެހިން ވަރަށް ގިނައިން ދާނެ އެ މީހުންގެ ދަރިންނާއެކު ތަންތަނަށް. ދަތުރު ވެސް ދާނެ. ޗުއްޓީތަކުގައި ބޭރު ޤައުމުތަކަށް ވެސް ދާނެ. އޭރު ވެސް މަންމަ […]

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު
Sports

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ އަންގާރަ ދުވަހުގެ މެޗުތަކުގައި ހަނިމާދޫ އަތުން އިހަވަންދޫ މޮޅުވިއިރު، ކަނޑިތީމާއި ފިއްލަދޫގެ މެޗު އެއްވަރުވެއްޖެއެވެ. އަންގާރަ ދުވަހު ފުރަތަމަ މެޗުގައި ހަނިމާދޫ އާއި އިހަވަންދޫގެ ކުރިމަތިލުމުގައި އިހަވަންދޫ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުގައި ހަނިމާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު ތިލްހާމްއެވެ. އިހަވަންދޫ އަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހާމިދު އަދި އަހްމަދު ޒައިން ހުސައިންއ...

އިސްރާއީލާ ކުޅެން އެންމެންވެސް ތިބީ ނުރުހުމުގައި، ދެން އޮތް މެޗާމެދު އަދި ގޮތެއް ނުނިންމަން: އަޔަލެންޑްގެ ކޯޗު
Sports

އިސްރާއީލާ ކުޅެން އެންމެންވެސް ތިބީ ނުރުހުމުގައި، ދެން އޮތް މެޗާމެދު އަދި ގޮތެއް ނުނިންމަން: އަޔަލެންޑްގެ ކޯޗު

ޔޫއީއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި އަމަލުކުރާނެ ގޮތަކާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، ނަމަވެސް ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައާ ހެދި ޓީމުގެ އެންމެންވެސް ތިބީ ނުރުހުމުގައި ކަމަށް އަޔަލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހެއިމިރް ހާލްގްރިމްސަން ބުނެފިއެވެ. އައިސްލޭންޑަށް ނިސްބަތްވާ ކޯޗު މިހެން ބުނީ އިސްރާއީލާ ދެކޮޅަށް ކުރިއަށްއޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން އައިރިޝް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައެވެ. ހަންގޭރީގައި ކ...

އެމެރިކާގެ ފިޔަވަޅުތަކާއެކު ހުއްޓުނު އިރާގު-އީރާން ދަތުރުތައް އަލުން ފަށަނީ
Raajje

އެމެރިކާގެ ފިޔަވަޅުތަކާއެކު ހުއްޓުނު އިރާގު-އީރާން ދަތުރުތައް އަލުން ފަށަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ޚާއްސަ އިސްތިސްނާއެއް ލިބުމާ ގުޅިގެން، އިރާގާއި އީރާނާ ދެމެދު ބާއްވާ ދަތުރުތައް އޮކްޓޯބަރު 2026 ގައި އަލުން ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުންދަނީ އިރާގުގެ ގައުމީ އެއާލައިން، އިރާގީ އެއާވޭސްއިންނެވެ. އިރާގުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އައިއެންއޭ) އިން އަންގާރަ ދުވަހު އާންމުކުރި އިރާގީ އެއާވޭސްގެ ބަޔާނެއްގައި ބުނީ، އެމެރިކާގެ ފިޔަވަޅުތަކުން އިސްތިސްނާއެއް ހޯދިފައިވަނީ އިރާގު ސަރުކާރާއ...

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި
Raajje

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ “ބޮގޯޓާ ކޯލް ޓު އެކްޝަން” ޤަރާރުގައި ދިވެހިރާއްޖެއިން އިއްޔެ ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ ދިވެހިރާއްޖޭގެ ފަރާތުން މި ޤަރާރުގައި ސޮއިކުރެއްވީ މިނިސްޓަ...

ޔަމާލްގެ ދެ ލަނޑާއެކު ސްޕެއިން ބަލިނުވެ 40 މެޗު ހަމަކޮށް ރެކޯޑް އާކޮށްފި
Sports

ޔަމާލްގެ ދެ ލަނޑާއެކު ސްޕެއިން ބަލިނުވެ 40 މެޗު ހަމަކޮށް ރެކޯޑް އާކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ގައި އަންގާރަ ދުވަހު ކުޅުނު މެޗުގައި ލަމީން ޔަމާލް ކާމިޔާބުކުރި ދެ ލަނޑާއެކު، 4-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިންއިން ބަލިނުވެ 40 މެޗު ހަމަކޮށް ވިލާތުގެ ރެކޯޑް އިތުރަށް އާކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު ސްޕެއިންއިން ވަނީ ގްރޫޕުގެ އެއްވަނައިގައި ފުރިހަމަ ފެށުމެއް ދަމަހައްޓާފައެވެ. ސެވިއްޔާގައި ކުޅުނު މި މެޗަކީ ފާއިތުވި ޖުލައި މަހު ސްޕެއިންއިން ވޯލްޑް ކަޕް […]

ޕްރިމިއާ ލީގުން ކަޓައިގެން ދިޔުމުގެ ބިރު: މެން ސިޓީގެ މާލީ މައްސަލަތައް ސާބިތުވެއްޖެ
Sports

ޕްރިމިއާ ލީގުން ކަޓައިގެން ދިޔުމުގެ ބިރު: މެން ސިޓީގެ މާލީ މައްސަލަތައް ސާބިތުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ތުހުމަތުކުރެވުނު މައްސަލަތަކުގައި މެންޗެސްޓާ ސިޓީ ކުށްވެރިވާ ކަމަށް އެ މައްސަލަ ބެލި މިނިވަން ކޮމިޝަނުން ނިންމައިފިއެވެ. ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2009-10 ވަނަ އަހަރުގެ ސީޒަނުން ފެށިގެން 2017-18 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ސިޓީން މާލީ ގަވާއިދުތަކާ ސީރިއަސްކޮށް ހިލާފުވެފައިވާ ކަން ސާބިތުވެފައިވާ ކަމަށެވެ. މިއާއެކު، އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތިން އެ ކްލަބު ވަކިކޮށްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ...