ފޮޓޯގްރަފީގެ ހުރިހާ ވަނައެއް ސާމިޔާއަށް: އުފެއްދުންތެރިކަމުގެ މައުރަޒުން ކުޅުދުއްފުށީގެ ތިން ފަންނުވެރިއަކަށް ގިނަ އެވޯޑްތަކެއް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ކުޅުދުއްފުށި ސިޓީއިން ވާދަކުރި ތިން ފަރާތަކުން މައުރަޒުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކޮށް އެވޯޑު ހޯދައިފިއެވެ. ކުޅުދުއްފުށި ސިޓީން މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވަނަތަކެއް ހާސިލުކޮށްފައިވަނީ އެ ރަށު ރެޑިއަމްގޭ ސާމިޔާ އާދަމްއެވެ. ސާމިޔާ ވަނީ މައުރަޒުގެ ފޮޓޯގްރަފީ ދާއިރާއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދައި، އެ ދާއިރާގެ ހުރިހާ ވަނައެއް ފުރިހަމަކޮށްފައެވެ. މ...