ފިނޮޅުފަޅުން ސަރަހައްދެއް ހިމާޔަތްކޮށް، 'އޯއީސީއެމް' އެއްގެ ގޮތުގައި ބަލަހައްޓަން ނިންމައިފި
ކ. ފިނޮޅުފަޅުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިމުގެ ތެރެއިން ކަނޑައަޅާފައިވާ ސަރަހައްދަކީ “އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް” (އޯއީސީއެމް) ގެ ލަގަބު ލިބިފައިވާ ސަރަހައްދެއް ކަމުގައި ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވަނީ ކަމާބެހޭ އިއުލާނު އާންމުކޮށް ޝާއިއުކޮށްފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި ސަރަހައްދަކީ އޯއީސީއެމްގެ ލަގަބު ލިބިފައިވާ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވަނީ އުސޫ...