Skip to main content
Editorial Archives

Explore News Archive

ރާއްޖެއާއި ލަންކާ ބައްދަލުކުރި ވޮލީމެޗު ލަންކާއިން ކާމިޔާބުކޮށްފި
Sports

ރާއްޖެއާއި ލަންކާ ބައްދަލުކުރި ވޮލީމެޗު ލަންކާއިން ކާމިޔާބުކޮށްފި

ދިވެހިރާއްޖެއާއި އަވަށްޓެރި ސްރީލަންކާ ބައްދަލުކުރި އެކުވެރިކަމުގެ ވޮލީމެޗު ލަންކާއިން ކާމިޔާބުކޮށްފިއެވެ. ލަންކާއިން މިމެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. އިޖުތިމާޢީ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު 25، 20ން ރާއްޖެ ގެންދިޔައިރު، އަނެއް 3 ސެޓު ގެންދިޔައީ ލަންކާއިންނެވެ. ފުރަތަމަ ސެޓުގައި ރާއްޖެއިން ވަރުގަދަ ކުޅުމެއް ދެއްކުނުނަމަވެސް، ޖެހިގެން އައި ދެސެޓުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެގޮތުން އެ ދެސެޓު 15، 25 އަދި 16، 25ން ލަންކާއިން ގެންދިޔައެވެ. ހަތަރުވަނަ […]

އަހަރެމެންނީ މަޖުބޫރީ ހިޖުރަވެރީންތަ؟
Column

އަހަރެމެންނީ މަޖުބޫރީ ހިޖުރަވެރީންތަ؟

1921 ވަނަ އަހަރު މާލޭގައި އުޅެނީ ރާއްޖޭގެ އާބާދީގެ %8.7 ކަމަށް އެޗްސީޕީ ބެލް ރާއްޖެއާ ބެހޭގޮތުން ލިއުއްވާފައިވާ ފޮތުގައި ވެއެވެ. މިފޮތުގައި މާލެ ފިޔަވާ ވަކިވަކި ރަށްރަށުގެ އާބާދީ ނެތުމާއެކު ދެން ބަލާލެވެނީ އަތޮޅުތަކުގެ އާބާދީއަށެވެ. 1921 ވަނަ އަހަރު އަތޮޅުތަކުން ރާއްޖޭގެ އާބާދީގެ %14 އާއެކު އެންމެ ގިނަ ބަޔަކު އުޅެނީ ތިލަދުންމަތީގައެވެ. އެއަށްފަހު މާޅޮސްމަޑުލުގައި (%11)، އަދި މިލަދުންމަޑުލާއި ހުވަދޫގައި (%10) އެވެ. އޭގެ 94 ވަރަކަށް އަހަރުފަހުން އާބާދީގެ އަދަދުތަކަށް ބަލާލާއިރު މާލޭގެ ރަޖިސްޓްރީ [...

ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުން
Religion

ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުން

ޙަޤީޤީ ބުއްދިވެރިޔަކީ ތިމާއަށް ލިބިފައިވާ ބުއްދިން ރަނގަޅުގޮތް ވިސްނާ އެގޮތް އިޚްތިޔާރުކުރާ މީހާއެވެ. ތިމާ ހެއްދެވިފައިވަނީ ހިތު ހުރިހައި ގޮތަކަށް އުޅުމަށް ނޫންކަމާއި، ކޮންމެއެއްޗެއްވެސް ވުޖޫދަށް ގެނެވުމުގައި މަޤްޞަދެއް ވާކަން ދެނެގަންނަ މީހާއެވެ. ﷲ ތަޢާލާ އަޅަމެން ހައްދަވާފައިވަނީ ބޭކާރު ގޮތުގައެއް ނޫނެވެ. ވަރަށްވެސް ބޮޑު މަޤްޞަދަކަށްޓަކައެވެ. އެއީ އެކަލާނގެ އެއްކައުވަންތަކުރުމަށެވެ. ޚާލިޞްގޮތުގައި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ނަމަވެސް ހިތާމައަކީ ކާފިރުން އެއްފަރާތްކޮށް މިއަދު މުސްލިމުންގ...

Religion

ލޯބިވުން ސަލާންކުރުމާ ގުޅިފައި

ލޯތްބަކީ އިންސާނީވަންތަކަމުގެ ކުރިބޯއްޓެވެ. އެއީ އިންސާނާ ހެއްދެވި ފަރާތުން އިންސާނާގައި ލައްވާފައިވާ ވަރުގަދަ ޖަޒްބާތެކެވެ. ލޯބިވުމަކީ އިންސާނެއްގެ ހައިސިއްޔަތުން އޭނާގެ ތަބީޢީކަމެކެވެ. ލޯތްބަކީ ވަރަށް މާތް ސިފައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުން ދެކެ އިންތިހާއަށް ލޯބިވެވޮޑިގަންނަވައެވެ. އެއީ ކިރުމަޔަކު އޭނާގެ ކިރުބޯ ދަރިފުޅު ދެކެ ވާ ލޯތްބަށްވުރެ ބޮޑު ލޯތްބެކެވެ. އެހެންކަމުން ދެމީހެއްގެ ދެމެދުގައި އޮންނަ ލޯތްބަކީ ވަރަށް ހަރުދަނާވާންޖެހޭ އެއްޗެކެވެ. ލޯތްބަކީ ހަމައެކަނީ ޖިސްމާނީ އ...

Religion

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް

  ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ. ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް 1- الاِسْتِغْفَارُ والتَّوْبَةُ (އިސްތިޣްފާރު ކުރުމާއި ތައުބާވުން) ދަލީލު: فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އ...

Religion

ފިކުރީ ހަނގުރާމަ އާއި މެދު ސަމާލުވެ ލައްވާށެވެ!

ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށި ކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ. ފިކުރީ ހަނގުރާމަ ކުރެވެނީ ރޭވިފައިވާ ޕްލޭންތަކަކާ އެއްގޮތަށެވެ. މިކަމަށް ޚާއްޞަ ޢިލްމުވެރިންނާ ސްޕެޝަލައިޒް ވެފައިވާ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ޚާއްޞަ ބަޔަކު ތައްޔާރުކޮށް ދުލާއި ޤަލަމާއި މީޑިއާގެ ތަފާތު ވަސީލަތްތަކުގެ އެހީއާއެކު މިރޭވުންތަކަށް ޢަމަލީ ސިފަ ގ...

ބާއްޖަވެރިކަމަކީ ކޮބާ؟
Religion

ބާއްޖަވެރިކަމަކީ ކޮބާ؟

ހުރިހާ އިންސާނުން ވެސް އިއްތިފާޤުވެ އެ އެއްޗެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރާ އެއްޗެކީ ބާއްޖަވެރިކަމެވެ. އެހެންކަމުން މި ބާއްޖަވެރިކަމަކީ ކޮބާތޯއެވެ؟ ބާއްޖަވެރިކަމަކީ އިންސާނާ އަތުގައި މުދަލާއި ފައިސާ ފުރިގެން އިތުރުވާ ވަރަށް ހުރުން ތޯއެވެ؟ ބާއްޖަވެރިކަމަކީ އަޅާ އެހެންމީހުންގެ މައްޗަށް މޮޅުވެ، އޭނާގެ ވަށައިގެން، އޭނާގެ އިޝާރާތެއްގެ އިންތިޒާރުގައި ޚާދިމުން ތިބުންތޯއެވެ؟ ނުވަތަ ބާއްޖަވެރިކަމަކީ އިންސާނާ އަތުގައި މަޝްހޫރުކަމާއި ރީތިކަމާއި ބަނގުލާ ގާޅީހުރުންތޯއެވެ؟ ނުވަތަ ބާއްޖަވެރިކަމަކީ ވެރިކ...

Religion

ކެތްތެރިވުމުގެ ތިން ވައްތަރު

1- ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ދިރިއުޅުމުގައި ކުރައްވާ އިމްތިޙާނުތައް: މިސާލަކަށް ލޯބިވާ ނުވަތަ ޢާއިލާގެ މީހަކު މަރުވުން، ދެރަކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވުން، މުޞީބާތެއް ކުރިމަތިވުން، ބަލިވުން ފަދަ ކަންކަމެވެ. 2- ﷲ އަށް ކިޔަމަންގަތުމުގައި ކެތްތެރިވުން: މިސާލަކަށް ނަމާދު ޤާއިމްކުރުމަށާއި، ނަމާދު ޤާއިމްކުރުން މަތީގައި ދެމިހުރުމަށް ކެތްތެރިވުން، ރޯދަހިފުމަށް ކެތްތެރިވުން، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ކެތްތެރިވުން ފަދަ ކަންކަމެވެ. 3- ފާފަތަކުން ދުރުހެލިވުމުގައި ކެތްތެރިވުން: މިސާލަކަށް ޒިނޭކު...

ބޮޑު ތަކުރުފާނުގެ ރަސްކަން
History

ބޮޑު ތަކުރުފާނުގެ ރަސްކަން

ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ. ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާ...

ބޭރުން ފެންނަ ކަންކަމަށް ރޭރުވެ، އާލާކޮށް ދިރުވުން.
Column

ބޭރުން ފެންނަ ކަންކަމަށް ރޭރުވެ، އާލާކޮށް ދިރުވުން.

ޢީދުދުވަހު ފެނުނު މަންޒަރެކެވެ. އެއީ، ރަށެއްގައި ތުއްތު ކުދިންތަކެއް ފެންބަޑިން އެއްކުއްޖަކު އަނެއް ކުއްޖާގަޔަށް ފެންކުލަ ޖަހައި އުޅުނު އުފާވެރި މަންޒަރެކެވެ. އުފާވެރި މަންޒަރަކަށް ވީ އެކުދިން އުފަލުން މަޖަލުގައި ކުޅޭތަން ފެނުމުންނެވެ. އެކުޅިވަރުގެ އަނެއްފަރާތް….. ފެންކުލަ ޖެހުމަކީ ދިވެހި ޘަޤާފީ ޢީދު ކުޅިވަރެއް ގޮތުގައި މާދަމާގެ ޖީލަށް ޔަޤީންވާނެ ސަބަބަކީ އެކުދިން ކުޑައިރުންސުރެ ކުޅެމުން އަންނަ ކަމެއްގޮތުގައި ދެކުމެވެ. މިއަދުގެ ޒުވާން ޖީލު ކުރާ ބަހުސަކީ ފެންކުލަ ޖެހުމަކީ ދިވެހި ޘަޤާފަތެއް ނޫންތޯ...

ކާމިޔާބު މީހުންގެ ކަލިމަ
Religion

ކާމިޔާބު މީހުންގެ ކަލިމަ

އިންސާނާ ދުނެޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިިބަމުން ދެއެވެ. އަހަރެންނަކީ ކާކުހެއްޔެވެ؟ އަހެރެން އައީ ކޮންތާކުންހެއްޔެވެ؟ އަހަރެންނާ އަހަރެންގެ ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުންހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން ތާކަށްހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއްހެއްޔެވ...

ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް
Thiladhunmathi News

ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް

ހދ ނޮޅިވަރަންފަރުގެ އަމިއްލަ ކްލަބެއް ކަމަށްވާ ބީއެގާރައި ގެ ފަރާތުން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އީދު ހަދިޔާ ބަހައިފި އެވެ. ނޮޅިވަރަންފަރުގައި އަލަށް އުފައްދާފައިވާ ކްލަބެއް ކަމަށްވާ ބީއެގާރައިން އޮންލައިން ނޫސް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން އެ ކަލްބުގެ މެންބަރެއްކަމަށްވާ ޝަހީމް އަހުމަދު ބުނީ މި ހަރަކާތަކީ އެ ކްލަބު އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ކްލަބުން އިސްނަގައިގެން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް […]

ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި
Sports

ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި

ހދ.ނައިވާދޫގައި އަޟްހާ އީދުގެ މުނާސަބަތާއި ދިމާކޮށް، ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. އެރަށު ޓްރެއިނާސް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އަންހެނުންގެ މި ފުޓްސަލް މުބާރާތަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ. ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓްރެއިނާސްެގެ އޮފިޝަލަކު ވިދާޅުވީ ޓްރެއިނާސް ވިމެން ފުޓްސަލް ޓޯނަމެންޓަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްކޮށް ހަދާފައިވާ ކަމަށެވެ. އަދި މިމުބާރާތް ދެން އަންނަ އީދުގައި މުޅި އަތޮޅަށް ހުޅުވާލުމަށް މަސައް...

ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން
Thiladhunmathi News

ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން

އެއްވެސް މީހަކަށް އެއްވެސް ޒާތަކަށް ބުލީކުރެވިގެން ނުވާނެކަމަށްް ވިދާޅުވެ ކުޅުދުއްފުށީ މާލި ޕެރޭޑަށް ރައްދުވާ ގޮތަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީގެ މަށި މާލެ ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުހެން ޝިދާތާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. “(އޭގެ ތެރޭގައި) އަޅުގަނޑާ އަދި ތިބާއަށް ކުރެވޭ (ބުލީވެސް) ހިމެނޭ،”ޝިދާތާ […]

އިސްލާމް ދީނުގައި އިންސާނާގެ މަޤާމު
Religion

އިސްލާމް ދީނުގައި އިންސާނާގެ މަޤާމު

އިސްލާމްދީނަކީ އިންސާނާއަށް އެންމެ އިސް އަދި އެންމެ ޤަދަރުވެރި މަޤާމުދީފައިވާ ދީނެވެ. މިމަޤާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ޤަބީލާއަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއްނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަޤުވާވެރިކަމުންނެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުން އެކަން ވަރަށް ރަނގަ...