Skip to main content
Editorial Archives

Explore News Archive

News

ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން “ނޭވާ” ގެ ނަމުގައި މިއަދު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ޢަމަލީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ. ފްރީޑައިވިންގް ރެކޯޑް ޤާއިމު ކުރުމަށް ބޭއްވި މި ޙަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ. ރާއްޖެއިން ފްރީޑައިވިންގް ރެކޯޑް ހެދުމުގައި ރައީ...

Raajje

”ފްރީ ޑައިވް“ ދުނިޔޭގެ ރެކޯޑް ރާއްޖެއިން މުގުރާލައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ފްރީ ޑައިވް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޯލްޑް ރެކޯޑެއް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ”ފްރީ ޑައިވް“ ހަރަކާތް “ނޭވާ” ކުރިއަށްގެންގޮސްފައިވަނީ ބަރޮސް މޯލްޑިވްސް ފަޅުތެރޭގައެވެ. It's official! With 521 participants, #Maldives has broken the #GuinnessWorldRecord for most people freediving simultaneously today!#NEYVAA @GWR#WTD20...

ފީވަކު މަގު ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފީވަކު މަގު ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފީވަކު މަގު ބައްތިތައް މަރާމާތުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށް ގެޒެޓް ކޮށްފިއެވެ. ފީވަކު ކައުންސިލް އިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަށުގެ ބަނދަރާއި، މަގުތަކާއި އަދި އިޖުތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ ބައްތިތައް، ކޮންޓްރެކްޓް އުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 06 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ށ. ފީވަކު ކައުންސ...

ކުރިނބިގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

ކުރިނބިގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފި

ހދ.ކުރިނބިގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ އާއި މިއަދު ހަވާލުކޮށްފި އެވެ. ކުރިނބީ ފެނާ ނަރުދަމާގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއަދު ހަވާލުކުރެވުނު މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 19,757,340.00 ރުފިޔާއަށެވެ. މިރަސްމިއްޔާތުގައި ރ.އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ އެއްބަސްވުމުގައިވެސް އެފަރާތުން ވަނީ ސޮއިކ...

ދިރާގުގެ 31 އަހަރުގެ "ގަދަ ދަތުރު" ދިވެހިންނަށް ލުޔެއް!
Report

ދިރާގުގެ 31 އަހަރުގެ "ގަދަ ދަތުރު" ދިވެހިންނަށް ލުޔެއް!

ދުނިޔޭގެ ޗާޓުގައި ތިކިތަކެއް ފަދައިން ބަބުޅާ ވިދަމުންދާ މިކުޑަ ކުޑަ ދިވެހިރާއްޖެއަކީވެސް މުވާސަލަތީގޮތުން ދުނިޔޭގެ އެހެން ގައުމުތަކާއި އެއް ހަމައަކަށް ދަތުރު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން ރައްޔިތުންގެ އިތުބަރާއި ޔަގީންކަން ލިބިފައިވާ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އަށް މިއަދު 31 އަހަރު ވެފައިވާއިރު ދިރާގަކީ 1 އޮކްޓޫބަރ 1988 ގައި ޤާއިމް ކުރެވުނު ދިވެހިރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ފަރާތެވެ. މިއަދުވެސް ދިރާގަކީކުރިއެކޭ އެއްފަދައިން އެޚިދުމަތްތައް ދިވެހިރާ...

މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް!
Column

މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް!

އާބާދީގެ ނިސްބަތުން ހދ އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅެނީ ވައިކަރަދޫގައެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެބައިކޮށްފައި އެއްބައި މީހުންނެވެ. އެހެންކަމުން ރަނގަޅު ވިޔަފާރިއެއް ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އާބާދީ ނެތްތަނެއްގައި، ކަމެއް ކުރެވިދާނެކަމަށް ހަމަ ޤަބޫލުނުކުރެވެނީއެވެ. ނަމަވެސް ބުލޫ އޯޝެނިކް މޯލްޑިވްސްއިން މިވަނީ އެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. އެ ކުންފުނީގެ މަސްފެކްޓްރީއާއެކު މިއަދު ވައިކަރަދޫއަށް ވަނީ ބޮޑު އުންމީދެއް ގެނެސްދީފައެވެ. ޒުވާނުންނަށް ފުރުޞަތުތަކ...

ބިދޭސީން ރަޖިސްޓަރީކުރުން ގަލޮޅު ދަނޑަށް ބަދަލުކުރަނީ
Raajje

ބިދޭސީން ރަޖިސްޓަރީކުރުން ގަލޮޅު ދަނޑަށް ބަދަލުކުރަނީ

ޤާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި، ރަޖިސްޓަރީވުމަށް އެދޭ ބިދޭސީން ރަޖިސްޓަރީކުރުން ގަލޮޅުދަނޑަށް ބަދަލުކުރުމަށް މިއަދު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލާއިއެކު މަޝްވަރާކުރެވިއްޖެ ކަމަށާއި، ވީއެންމެ އަވަހަކަށް ގަލޮޅުދަނޑަށް އެމަސައްކަތް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. ގަލޮޅުދަނޑުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލާއިއެކު ނަންގަވާފައިވާ ފޮޓޯތަކަކާއެކު ފޭސްބުކްގައި މިނިސްޓ...

އޮގަސްޓް މަހު އިމްޕޯޓް ދަށަށް!
Raajje

އޮގަސްޓް މަހު އިމްޕޯޓް ދަށަށް!

މިދިޔަ އަހަރުގެ އޯގަސްޓު މަހާއި އަޅާ ބަލާއިރު، ނިމިދިޔަ އޯގަސްޓް މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 22 އިންސައްތަ ދަށްވެއްޖެއެވެ. މިދިޔަ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ރާއްޖެއިން 4.2 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފައެވެ. އެހެންނަމަވެސް މި އަހަރުގެ އޯގަސްޓު މަހުގައި ރާއްޖެއިން އިމްޕޯޓް ކޮށްފައިވަނީ 3.3 މިލިއަން ރުފިޔާގެ މުދަލެވެ. އިމްޕޯޓް ދައްވުމާއި އެކު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީވެސް ވަނީ ދައްވެފައެވެ. އެގޮތުން […]

ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި
Thiladhunmathi News

ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި

މިއަދު ފަތިހުގެ ވަގުތެއްގައި ވަށަފަރުން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު މޫދުގައި އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ. ވަށަފަރު ކައުންސިލްގެ ނައިބްރައީސް ރައޫފް ތިދަލުންއަށް މަޢުލޫމާތުދެއްވިގޮތުގައި މިމީހާއަކީ އުމުރުން 70 އަހަރަށް ވުރެމަތީ މީހެއްކަމަށާއި ރޭގަފަތިހުގެ ވަގުތެއްގައި އެރަށުމީހެއް ގެއްލިގެން އާއިލާއިން އެކައުންސިލަށް 6:10 ހާއިރު ރިޕޯޓް ކުރުމުން ކައުންސިލުން ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. ރައްޔިތުންނިކުމެ ރަށުގެ އެކި ސަރަޙައްދާއި މޫދު ސަރަޙައްދު ބަލަމުން ދަނިކޮށް...

ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ވޯޓުގައި ކޯލިިޝަން މެމްބަރުން ބައިވެރިނުވުމަކީ ސީރިޔަސް މައްސަލައެއް: ސަލީމް
Parliament

ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ވޯޓުގައި ކޯލިިޝަން މެމްބަރުން ބައިވެރިނުވުމަކީ ސީރިޔަސް މައްސަލައެއް: ސަލީމް

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ވޯޓުގައި ކޯލިިޝަން ގައި ހިމެނޭ ޕާޓީ ތަކުގެ މެމްބަރުން ބައިވެރިނުވުމަކީ ވިސްނަންޖެހޭ ސީރިޔަސް މައްސަލައެއްކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުން ހުށަހަޅާ މުހިންމު ބިލްތަކަށް ސަރުކާރު ކޯލިޝަންގައި ތިބި މެމްބަރުން، މަޖިލިސް ކުރާ ގެޔަށް ވަޑައިގެން ވޯޓުގައި ބައިވެރިނުވުމަކީ ވިސްނަންޖެހޭ ސީރަޔަސް މައްސަލައެއް ކަމަށެވެ. Sarukaarun hushahalhaa muhinmu bill thakah sarukaaru co...

Thiladhunmathi News

ފީވަކު ފުޓްސަލް ދަނޑު ނިންމާދޭނެ ފަރާތެއް ހޯދަނީ

ށ.ފީވަކުގައި ސަރުކާރުން އަޅުއްވާ ދެއްވާ ފުޓްސަލް ދަނޑުގައި މިހާރު ޖަހާފައިހުރި ފެންސް ނެގުމަށްފަހު، އަލުން ފެންސް ޖަހާ އަދި މިހާތަނަށް ނުނިމިހުރި މަސައްކަތްތައް ނިންމާ ދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރަންޖެހޭނީ އެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައިކަމަށްވެސް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ. އެގޮތުން މި މަސައްކަތްކޮށް ދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް އެއިދާރާއަށ...

Raajje

ދަރިން ބެލެހެއްޓުމަށް ދޭ ހަޟާނާތުގެ ހަރަދު ބޮޑުކުރުމަށް ހުށައަޅައިފި

ދަރިން ބެލެހެއްޓުމަށް ދޭ ހަޟާނާތުގެ ހަރަދު ބޮޑުކުރުމަށް ހުށައަޅައިފިއެވެ. މިގޮތަށް ހުށައަޅާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ “ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް” ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. މިހާރު ހަޟާނާތުގެ ގޮތުގައި ދޭންޖެހެނީ 2000 ރުފިޔާއެވެ. އޭޖީ އޮފީހުން ހުށައަޅާފައިވަނީ ޝަރީއަތުން ނަގައިދެވޭ ޚަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައެޅުމަށެވެ. އަދި މިފަދަ މައްސަލަތައް އަވަސް މުއްދަތެއްގައި ނިންމުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ....

ނެޓުބޯލް ޗެމްޕިއަންކަން ކުޅުދުއްފުށި ކޭ.ވައި.އާރު.ސީ ހޯދައިފި
Sports

ނެޓުބޯލް ޗެމްޕިއަންކަން ކުޅުދުއްފުށި ކޭ.ވައި.އާރު.ސީ ހޯދައިފި

ފައިނަލްގައި ޒެނިތު ސްޕޯރޓްސް ކްލަބް ބަލިކޮށް، ނެޓުބޯލް އެސޯސިއެޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށީ، ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭ.ވައި.އާރު.ސީ) ހޯދައިފިއެވެ. މިމުބާރާތް ކުރިއަށް ގޮސްފައިވަނީ ނިމުނު ސެޕްޓެމްބަރ 18 އިން 30 އަށް، މާލޭ ސޯސަލް ސެންޓަރގެ އިންޑޯ ކޯޓުގައެވެ. މުޅި މުބާރާތުގެ ފަޚުރުވެރި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭ.ވައި.އާރު.ސީގެ ރާޝިދާ މޫސާ އެވެ. ރާޝިދާއާއި، ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން ހޯދި މި ބޮޑު ކާމިޔާބީއަކީ، މުޅ...

Column

ހައްލަކީ ތަރައްޤީ އެއްތަނަކަށް ޖަމާކުރާކުރުން ހުއްޓާލައި، ތަރައްޤީ ބަހާލުން

ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ އަދި ދިމާވަމުންދާ އެންމެ ބޮޑު މައްސަލަތަކުގެ އަސްލަކީ ތަރައްޤީ އެއްތަނަކަށް ޖަމާކޮށްފައި އޮންނަ އޮތުމެވެ. ޒަމާނުއްސުރެ ޕްލޭން ކުރެވިފައިއޮތީ މާލެއާއި މާލެ ވަށައިގެން ތަރައްޤީކޮށް ރަށްފުށު ރައްޔިތުން މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވާގޮތަށެވެ. މާލޭގެ އިމާރާތްތައް އުސްވެ، އެއިމާރާތްތަކުގެ ވެރިން އިންޑިއާއި، ސްރީލަންކާ ފަދަ ޤައުމުތައް ފަހަނައަޅައި މެލޭޝިއާއާއި، އޮސްޓްރޭލިއާއި، ނިއުޒެލެންޑާއި އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށް ގެންގޮސްދީފައިވަނީ މިދެންނެވި...

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު އަދި ދެނެގަނެވޭ ވަރެއް ނުވޭ: ނާސާ
International

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު އަދި ދެނެގަނެވޭ ވަރެއް ނުވޭ: ނާސާ

ހަނދުގެ ދިރާސާތަކެއް ހެދުމަށް މި މަހު ކުރީކޮޅު އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން(އައިއެސްއާރުއޯ) އިން ހަނދަށް ފޮނުވާލި “ވިކްރަމް” ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރަން ދަތިވެފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ. ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، […]