ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވާން ހުޅުވާލައިފި
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސްއާއި ގުޅިގެންބާއްވާ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއަދު އެފްއޭއެމްއިން ކުރި ޢިއުލާނެއްގައިވަނީ ޔޫތު މިނިސްޓްރީއާއި، އެފްއޭއެމް އާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު ” ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ” ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފާވާކަމ...