ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރު ކޭއާރއެޗްގައި ހުޅުވައިފި
މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ހިދުމަތާއި ސީ.ޓީ.ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މިރޭ ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެކަމަށް ހެލްތު މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ ސީޓީ...