Skip to main content
Editorial Archives

Explore News Archive

ގައުމީ ޔުނިވަރސިޓީން މިއަންނަ އަހަރު ފަށާ ކޯސްތަށް އިޢުލާންކޮށްފި
Raajje

ގައުމީ ޔުނިވަރސިޓީން މިއަންނަ އަހަރު ފަށާ ކޯސްތަށް އިޢުލާންކޮށްފި

2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަށް އިޢުލާން ކޮށްފިއެވެ. މި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ގައުމީ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ. އާޓްސްގެ ދާއިރާއިން ޖުމްލަ 11 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު އެޑިއުކޭޝަންގެ ދާއިރާއިން 16 ކޯހެއް ފަށާނެއެވެ. އިންޖިނީރިން، ސައިންސް އަދި ޓެކްނޮލަޖީގެ ދާއިރާއ...

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ރާއްޖެއަށް
Raajje

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ރާއްޖެއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ހަދިޔާކުރުމަށް ހަމަޖެހިއްޖެއެވެ. މި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނ...

އެސްޓީއޯއިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކަންފަށައިފި
Business

އެސްޓީއޯއިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކަންފަށައިފި

ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ މިދަނޑިވަޅުގައި އެސްޓީއޯ އިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ފިޔާ ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އެގޮތުން އެސްޓީއޯ ސުޕަމާޓުން ކޮންމެ މީހަކަށް ވިއްކަނީ އެއް ކިލޯގެ ފިޔަލެވެ. މިވަގުތު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 50 ރުފިޔާއަށެވެ. ނަމަވެސް ބައެއް ކުދި […]

Thiladhunmathi News

ނޮޅިވަރަމް ކައުންސިލުން ވެސް އެމް.ޑީ.އެން ގެ ރިޕޯޓް ކުށްވެރިކޮށްފި

ހދ.ނޮޅިވަރަމް ކައުންސިލުން “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ނެރުނު ރިޕޯޓް ކުށްވެރިކޮއްފިއެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓްގައި، މާތްވެގެންވާ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށްފައިވާތީ، އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެޢަމަލު އެންމެ ހަރުކަށި ޢިބާ...

Business

ރާއްޖޭގެ އިގްތިސާދު އަންދާޒާކުރި ވަަރަށް ކުރިނާރާ

މި ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު އާންމުކުރާ “ސައުތް އޭޝިއާ އިކޮނޮމިކް ފޯކަސް ރިޕޯޓް” ގައި ކުރިން އަންދާޒާކޮށްފައި ވަރަށް ވެސް ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރި ނާރާނެ ކަމަށް ދައްކައިފި އެވެ. އެ ރިޕޯޓްގެ އެންމެ ފަހުގެ އަދަދު އިއްޔެ އާއްމުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މިދިޔަ އަހަރު ކުރިއަރާފައި ވަނީ 6.7 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، މި އަހަރު އިގްތިސާދީ […]

ސަރަހައްދީ ނެޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ޒުވާން ނެޓުބޯޅަ ޓީމު ފަރިތަކުރުންތައް ފަށައިފި
Sports

ސަރަހައްދީ ނެޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ޒުވާން ނެޓުބޯޅަ ޓީމު ފަރިތަކުރުންތައް ފަށައިފި

މިހިނގާ އޮކްޓޯބަރު މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ، 16 އަހަރުން ދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ. މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު، 19 ވަނަ […]

އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސެޝަންތަކެއް
Thiladhunmathi News

އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސެޝަންތަކެއް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ އިހަވަންދޫ ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންކުރަންވީ ގޮތާއި މިފަދަ ހާދިސާ އެއް ހިނގުމުގެ ކުރިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢު...

ހަނިމާދޫ ސްކޫލްގެ ދެމަސައްކަތެއް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފި
Raajje

ހަނިމާދޫ ސްކޫލްގެ ދެމަސައްކަތެއް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފި

ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރި ޢިއުލާނުތަކަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތި އެދެމަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކޮށްފިއެވެ. ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ  އެމަސައްކަތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ [...

Report

ނުރައްކާތެރި އެކްސިޑެއްޓެއްގައި ފައި ބުރިވި ޒުވާނާ އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއަކަށް!

މިމަހުގެ 8 ވަނަ ދުވަހު ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ލޯންޗެއްގެ ބުރަފަފަތީގައި ޖެހި ފައި ބުރިވި އަބްދުﷲ ހަލީމް އިތުރު ފަރުވާއަށް ޢާންމުންގެ ދީލަތި އެހީއަށް އެދިއްޖެއެވެ. އޭނާގެ ބޭބެ އިބްރާހިމް ޝިހާބް މައުލޫމާތު ދެއްވި ގޮތުގައި ހަލީމްގެ ފައި އަލުން ގުޅުވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުން ޑޮކްޓަރުން ލަފާދީފައިވަނީ ފައި ބުރިކޮށްލުމަށްކަމަށެވެ. ނަމަވެސް 27 އަހަރުގެ ހަލީމްއަށް މަސްނޫއީ ފައެއް ޖަހައިގެން ހިނގައި އުޅެވޭނެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދެއްވާފައިވުމުން އާއިލާއިނ...

Thiladhunmathi News

ތިލަދުންމަތިން މާލެ އަށް "އުފާ އެކްސްޕްރެސް" އިން ސްޕީޑް ލޯންޗު ދަތުރުތައް ފަށަނީ

ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް “އުފާ އެކްސްޕްރެސް” ތައްޔާރު ވެއްޖެއެވެ. އުފާ އެކްސްޕްރެސް ލޯންޗު ހއ އަތޮޅުން ދާނެ ރަށްތަކަކީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ އަދި މާރަންދޫ އެވެ. ހދ އަތޮޅުން ދަތުރު ކުރާނެ ރަށް ތަކަކީ ނައިވާދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށެވެ. ށ އަތޮޅުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އަށް އެކަންޏެވެ. […]

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުން ހއ ގެ ރަށްތަކުގައި ފަރުވާ ދެނީ
Thiladhunmathi News

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުން ހއ ގެ ރަށްތަކުގައި ފަރުވާ ދެނީ

ހދ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން އޮކްޓޫބަރ 13 ވަނަ ދުވަހުން ފެށިގެން މި އޮކްޓޫބަރ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހއ އަތޮޅުގެ ބައެއް ރަށްތަކުގެ ސިއްޚީ މަރުކަޒު ތަކުގައި ބަލިމީހުން ފަރުވާ ދެއްވުމުގެ ޕްރޮގްރާމެއް ފައްޓަވައިފިއެވެ. ހއ އަތޮޅު ހޮސްޕިޓަލްގައި ހަމުގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކާއި މެންޓަލް އިލްނަސް އަށް ފަރުވާ ދެއްވުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ކުރައްވާފައެވެ. އޮކްޓޫބަރ 15 ވަނަ ދުވަހު ހއ ހޯރަފުށީ […]

ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ ދިއްދޫ އަދި ނ ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު އިޢުލާން ކޮށްފިއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 20 ވާ އާދިއްތަ ދުވަހު 12:00 ގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައަޅަން ޖެހޭނީ 2019 އޮކްޓޫބަރ 27 ވާ […]

އެމް.ޑީ.އެން ގެ ރިޕޯޓް ކުޅުދުއްފުށި ކައުންސިލުން ވެސް ކުށްވެރިކޮށްފި
Thiladhunmathi News

އެމް.ޑީ.އެން ގެ ރިޕޯޓް ކުޅުދުއްފުށި ކައުންސިލުން ވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލުން އެ ޢަމަލު ކުއްވެރިކޮއްފިއެވެ.ް އެމް.ޑީ.އެން އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ވަރަށް ހުތުރު ގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން އެރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލަކީ އެ ޖަމިއްޔާއިން...

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފި
Raajje

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފިއެވެ. މިޙިދުމަތް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އެކަމަނާ އިފްތިތާޙު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯ...

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ބިލު މަޖިލީހަށް ހުށަހަޅުއްވައިފި
Parliament

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ބިލު މަޖިލީހަށް ހުށަހަޅުއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަ...