Skip to main content
Editorial Archives

Explore News Archive

ގަދަ ކަނޑުން 8 މީހުން ސަލާމަތްކުރި ހިތްވަރުގަދަ ފުލުހުންނަށް ''ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް''
Raajje

ގަދަ ކަނޑުން 8 މީހުން ސަލާމަތްކުރި ހިތްވަރުގަދަ ފުލުހުންނަށް ''ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް''

ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި “ހޯކްސް ވޮޔޭޖް” ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް “ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް” މިއަދު އަރުވައިފިއެވެ. ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މެޑަލް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ފުލުހުން ބުނިގޮތުގައި ފުރާނަ ސަލާމަތްކު...

ޕާކިސްތާނުގެ ސްކޫލެއްގެ ފުރާޅު ވެއްޓި 18 ދަރިވަރުންނާއި ޓީޗަރަކު މަރުވެއްޖެ
International

ޕާކިސްތާނުގެ ސްކޫލެއްގެ ފުރާޅު ވެއްޓި 18 ދަރިވަރުންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގެ ޑިރް ކޮލޮނީ ސަރަހައްދުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި، މަދުވެގެން 18 ދަރިވަރުންނާއި އަންހެން ޓީޗަރަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި މަރުވި ހުރިހާ ދަރިވަރުންނަކީ ވެސް އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ. ހާދިސާ ހިނގުމާ އެކު ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް ޓީމުތަކާއި، ފުލުހުން އަދި ރެސްކިއު 1122 ގެ އޮފިޝަލުން އާންމުންނާ ގުޅިގެން ވަނީ […]

ޅ.އަތޮޅުގައި ހިންގި ޑްރަގް ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ޅ.އަތޮޅުގައި ހިންގި ޑްރަގް ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ. ފުލުހުން ވިދާޅުވީ، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި [...

''އެކަށައެޅޭ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނެ މަގުފަހިކޮށްދިނުމަކީ އަމާޒެއް''
Raajje

''އެކަށައެޅޭ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނެ މަގުފަހިކޮށްދިނުމަކީ އަމާޒެއް''

ސަރުކާރުގެ އަމާޒަކީ ވަކި އެކަށައެޅިފައިވާ ބާވަތްތަކުގެ ކާބޯތަކެތި އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކ...

އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި
Raajje

އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް ޢަމާޒުކޮށް، ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މިކަމާގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވަނީ ހ. ކަރޯގެ، 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ. މާލޭގައި ފުޅާދާއިރާއެއްގަ...

ސްޓާލިންކަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަލައި އީރާނުން ފިޔަވަޅުތައް ވަރުގަދަކުރަނީ
International

ސްޓާލިންކަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަލައި އީރާނުން ފިޔަވަޅުތައް ވަރުގަދަކުރަނީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅުގައި، ސެޓެލައިޓް އިންޓަނެޓް ޚިދުމަތްދޭ ސްޓާލިންކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރަށް ހިފެހެއްޓުމަށް ތައްޔާރުވަމުންދާކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އީރާނުގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިލްޓަރިންގއާއި ހުރަސްތަކާ ނުލައި ޚިދުމަތް ލިބޭ އީލޮން މަސްކްގެ ސްޓާލިންކަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ޤައުމުގައި ވަނީ މަނާ...

ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލުން ލާސްކް ބަލިކޮށްފި، ފެޔަނޫޑުން ކޯމޯގެ މައްޗަށް ކުރިހޯދައިފި
Sports

ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލުން ލާސްކް ބަލިކޮށްފި، ފެޔަނޫޑުން ކޯމޯގެ މައްޗަށް ކުރިހޯދައިފި

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބްރެޑްލީ ބާކޯލާ ކާމިޔާބުކުރި ހެޓްރިކާއެކު، 6-3 ގެ ނަތީޖާއަކުން އޮސްޓްރިއާގެ ލާސްކް (LASK) ބަލިކޮށް ލިވަޕޫލުން މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. މިދިޔަ އޯގަސްޓް މަހު ޕީއެސްޖީން 123 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލާ ގުޅުނު ފަހުން އެކަށީގެންވާ ކުޅުމެއް ނުދެއްކި ފާޑުކިޔުންތައް އަމާޒުވެފައިވާ ފްރާންސްގެ ފޯވާޑް ބާކޯލާ، އޭނާ އެ ކްލަބަށް ކުޅެދިން 7 ވަނަ މެޗުގައި މި ހެޓްރިކާއެކު ވަނީ ފުރަތަމަ ފަހަރަށް […]

ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ތިން ބިމެއް ދޫކޮށްފި
Thiladhunmathi News

ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ތިން ބިމެއް ދޫކޮށްފި

ހއ. ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ދޫކުރުމަށް ކަނޑައެޅި 3 ބިމެއް އެކި ފަރާތްތަކާ ޙަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، އެ ބިންތައް ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި ބިންތައް ޙަވާލުކޮށްފައިވަނީ ލޯ އިންވެސްޓްމަންޓް، ބެލަސީ އަދި ސޯޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބިންތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިކުރަން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ބަނދަރު ސަރަޙައްދުން ފަސޭހަކަ...

ފަހަތުން އަރައި ރޯމާ ބަލިކޮށް ރެއާލް މެޑްރިޑުން ހައިރާންކުރަނިވި މޮޅެއް ހޯދައިފި
Sports

ފަހަތުން އަރައި ރޯމާ ބަލިކޮށް ރެއާލް މެޑްރިޑުން ހައިރާންކުރަނިވި މޮޅެއް ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ރޯމާއިން 3-1 ގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހުވަގުތު ޖެހި ތިން ލަނޑާއެކު 4-3 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. ކުރީގެ ކްލަބާ ދެކޮޅަށް ހޯސޭ މޮރީނިއޯ ނުކުތް މި މެޗު ވެގެންދިޔައީ އޭނާއަށް ހަނދާނުން ފޮހެލަން ދަތި ފުރިހަމަ ރެއަކަށެވެ. ރޯމާގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓުގައި 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން މާޓެން […]

މާއުނގޫދޫގައި ސްޕީޗް ތެރަޕީއާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވަނީ
Thiladhunmathi News

މާއުނގޫދޫގައި ސްޕީޗް ތެރަޕީއާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވަނީ

ށ. މާއުނގޫދޫ ކައުންސިލާއި އެ ރަށު ޞިއްޙީ މަރުކަޒު ގުޅިގެން، ސްޕީޗް ތެރަޕީއާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރަށުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި މާއުނގޫދޫ ސްކޫލް ލައިބްރަރީގައެވެ. މީގެއިތުރުން، މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާން “ތިލަދުން” އަށް ވިދާޅުވީ، މިއީ ހެދިބޮޑުވަމުން...

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑުއަހާ އާލާތެއް ހަރުކުރި އިންޖިނިއަރަކަށް ދަޢުވާކޮށްފި
Business

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑުއަހާ އާލާތެއް ހަރުކުރި އިންޖިނިއަރަކަށް ދަޢުވާކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި އޯޕަންއޭއައިގެ ކޮންފަރެންސް ރޫމެއްގައި ސިއްރުން އަޑުއަހާ އާލާތެއް ހަރުކުރި މައްސަލައިގައި، އެ ކުންފުނީގައި މަސައްކަތްކުރި ސައުދީ އަރަބިއްޔާގެ އިންޖިނިއަރަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ޢަބްދުއްރަޙްމާން އަލްފައުޒާން ކިޔާ މީހެއް ކަމަށެވެ. އޭނާ އޯޕަންއޭއައިގައި މަސައްކަތް ކުރަމުން ދިޔައީ ޖުލައި 2025 އިން ފެށިގެންނެވެ. ޕްރޮ...

މެސީގެ އެހީތެރިކަމާއެކު ނިއުޔޯކް ސިޓީ ބަލިކޮށް، އިންޓަ މިއާމީ އެމްއެލްއެސް ޕްލޭއޮފުން ޖާގަ ހޯދައިފި
Sports

މެސީގެ އެހީތެރިކަމާއެކު ނިއުޔޯކް ސިޓީ ބަލިކޮށް، އިންޓަ މިއާމީ އެމްއެލްއެސް ޕްލޭއޮފުން ޖާގަ ހޯދައިފި

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި ބުދަ ދުވަހުގެ ރޭ ނިއުޔޯކް ސިޓީ އެފްސީ އަތުން 0-2 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިއާމީން މި ސީޒަނުގެ ޕްލޭއޮފުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗުގައި މިއާމީގެ ފުރަތަމަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ލުއިސް ސުއަރޭޒް ކަމަށްވާއިރު، ދެވަނަ ލަނޑު ރޮޑްރީގޯ ޑި ޕައުލް ކާމިޔާބުކުރީ ލިއޮނެލް މެސީ ދިން ޕާހަކުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޖާމަން ބާޓަރާމޭ ވަނީ އޭނާގެ […]

ޔޫއާރުއޭ އިން މިލަންދޫގައި ހާއްސަ މައުލޫމާތު ސެޝަނެއް
Thiladhunmathi News

ޔޫއާރުއޭ އިން މިލަންދޫގައި ހާއްސަ މައުލޫމާތު ސެޝަނެއް

އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމާ ގުޅޭގޮތުންނާއި، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ މައުލޫމާތު ސެޝަނެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި ށ. މިލަންދޫ ކައުންސިލްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޔޫއާރުއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންގައި، އާންމު ބޭނުންތަކުގެ ހިދުމަތް...

ޗެމްޕިއަންސް ލީގުގައި ސިޓީ ކަކޫޖައްސުވައި، ޕީއެސްޖީން ވަރުގަދަ މޮޅެއް ހޯދައިފި
Sports

ޗެމްޕިއަންސް ލީގުގައި ސިޓީ ކަކޫޖައްސުވައި، ޕީއެސްޖީން ވަރުގަދަ މޮޅެއް ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން 4-2 އިން ބަލިވެ، މެންޗެސްޓަރ ސިޓީއަށް ހިތްދަތި ކުރިމަތިލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މެޗު ފެށުމުގެ ކުރިން އިއްތިހާދު ސްޓޭޑިއަމްގައި ސަޕޯޓަރުންނަށް ހާއްސަކޮށްގެން ހަވާ އެރުވުމާއި ކްލަބުގެ ތާރީޚީ ކާމިޔާބީތައް ދައްކުވައިދިން ނަމަވެސް، ދަނޑުމަތީގައި ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ސިޓީ ސިއްސުވާލާފައެވެ. ޔޫރަޕުގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޕީއެސްޖީން މެޗުގެ ފުރަތަމަ ހާފ...

ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ
Thiladhunmathi News

ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ

ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ހުށަހެޅި މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ މަޝްވަރާއާއެކު މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް، ށ. ކަނޑިތީމު ކައުންސިލުން ނިންމައިފިއެވެ. ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ “ތިލަދުން”އަށް ވިދާޅުވީ މަގުތައް ހެދުމަށް ސަރުކާރުން މައިގަނޑު ތިން ގޮތެއް ހުށަހެޅިކަމަށެވެ. އެއީ ތާރުއެޅުމާއި، ގާ އެތުރުމުގެ އިތުރުން ވެލިން މަގުތައް ހެދުމެވެ. ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާތަކުގައި ގިނަ ރައްޔިތުން އެދިފަ...