ރަށްރަށުގެ މަގުތައް ދިއްލާލަން ޗައިނާއިން 880 ސޯލާ މަގުބައްތި ދީފި
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ. މި މަގުބައްތިތައް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ޗައިނާ ސަރުކާރުން ހަދިޔާކުރި މި މަގުބައްތިތަކާ ހަވާލުވުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑ...